Roadha Mihaaru
މަސީގެ އެންމެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒަށް

އިމާރާތްކުރުމުގެ ދާއިރާ އަށް ކުރެއްވި ހިދުމަތަށް މަސީގެ އެންމެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒަށް

25 ޑިސެމްބަރ 2023

އިމާރާތްކުރުމުގެ ދާއިރާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ދޭ އެންމެ ފަހުރުވެރި ލަގަބު "ބޮޑު ރަސްގެފާނު ލަގަބު" އެ މަނިކުފާނަށް ރޭ އަރުވައިފި އެވެ.

އިމާރާތްކުރުމުގެ ދާއިރާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ދޭ އެންމެ ފަހުރުވެރި ލަގަބު "ބޮޑު ރަސްގެފާނު ލަގަބު" އެ މަނިކުފާނަށް ރޭ އަރުވައިފި އެވެ.

ފުރަތަމަ ފަހަރަށް މަސީން ދިން އެ ލަގަބު ރައީސަށް އެރުވީ ހޮޓެލް ޖެންގައި ބޭއްވި ބިލްޑާ އެވޯޑްސް ހަފުލާގަ އެވެ.

އެ ލަގަބު ރައީސަށް އެރުވީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެ މަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ހިދުމަތުގެ އަގުވަޒަންކޮށް، އެކަން ފާހަގަކުރެއްވުމުގެ ގޮތުން ކަމަށް މަސީން ބުންޏެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގަ އާއި މާލޭގެ މޭޔަރުގެ މަގާމުގައި ހުންނަވައިގެން އެ މަނިކުފާނު ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީން ވަނީ ރޭގެ ހަފްލާގައި ފާހަގަކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ހެދި އެންމެ އުސް އިމާރާތްތައް ބިނާކުރީ ރައީސް ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި ހިޔާ މަޝްރޫއުގެ އިތުރުން ރާއްޖޭގެ ތާރީޚުގައި ހެދި ފުރަތަމަ ބުރިޖު "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު" އަކީ ވެސް އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރި ކަމެއް ކަން މަސީން ފާހަގަކުރި އެވެ.

ރައީސް ޑރ. މުއިއްޒުގެ އިތުރުން މަސީން ފުރަތަމަ ފަހަރަށް ދިން ބިލްޑާ އެވޯޑު އިމާރާތް ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހަ ފަރާތަކަށް ރޭގެ ހަފްލާގައި ދިނެވެ.

އަހަރުގެ އެންމެ މޮޅު ކޮންޓްރެކްޓަރުގެ އެވޯޑު ހާސިލުކުރީ އެލިއާ ކޮންސްޓްރަކްޝަން އަދި އަމިން ކޮންސްޓްރަކްޝަނެވެ.

ސިމެންޓް ސަޕްލަޔާ އޮފް ދަ އިޔާ ވިލާ ހަކަތައަށް ލިބިފައިވާ އިރު، ޕްރޮޖެކްޓް ޑެލިވަރީ އެވޯޑް އޮފް ދި އިޔާ ހޯދީ ބައިސަން މޯލްޑިވްސް އިންނެވެ.

އިމާރާތްކުރުމުގެ ދާއިރާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ދެ ބޭފުޅަކަށް ރޭ ދިނެވެ.

މި އެވޯޑް އަރުވާފައިވަނީ އަމިން ގްރޫޕް އޮފް ކޮންޕެނީސްގެ ޗެއާމަން އަބްދުﷲ މުހައްމަދުގެ އިތުރުން ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ ޗެއާމަން އަދި މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް އަށެވެ.