25 ޑިސެމްބަރ 2023
ހަމައެކަނި ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތުގެ ދަށުން، އިމާރާތްކުރުމުގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފި އެވެ.
ހަމައެކަނި ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ސަރުކާރުން ފަށާފައިވާ ސިޔާސަތުގެ ދަށުން، އިމާރާތްކުރުމުގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަކުރަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހާމަކުރައްވައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ހޮޓެލް ޖެންގައި ބޭއްވި ބިލްޑާ އެވޯޑްސް ހަފުލާގައި ރައީސް ވިދާޅުވީ، ދިވެހިންނަށް ހާއްސަ ދާއިރާތަކެއް ކަނޑައެޅުމަށް ކެބިނެޓުގެ މަޝްވަރާއާ އެކު ނިންމާފައިވާ ކަމަށެވެ.
އޭގެ ތެރެއިން އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ ތިން ވަޒީފާއެއް، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ވަޒީފާގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
"އެއީ ބިލްޑިން އިންސްޕެކްޓަރުންގެ ދާއިރާ އާއި ސައިޓް ސުޕަވައިޒަރުންގެ ދާއިރާ އާއި ސާވޭޔަރުންގެ ދާއިރާ. މި ތިން ދާއިރާއަކީ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި ހަމައެކަނި ދިވެހިން މަސައްކަތް ކުރާނެ ތިން ދާއިރާއަށް ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.
ރޭގެ ހަފުލާގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ ބޭނުމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހިންގެ އަތްމައްޗަށް ހުރިހާ ކަމެއް ގެނައުމެވެ.
އިމާރާތްކުރުމަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު ސިނާއަތް ކަން ފާހަގަކުރައްވައި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސިވިލް އިންޖިނިއަރުންނާއި އާކިޓެކްޓުން ފަދަ ވަޒީފާތަކަކީ ވެސް ދިވެހިން އެކަނި މަސައްކަތް ކުރާނެ ދާއިރާތަކަށް ވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ 20 އަހަރުގެ މާސްޓާ ޕްލޭން ތެރޭގައި، އަޅުގަނޑުމެންގެ ވިސްނުމަކީ، މުޅި އިންޑަސްޓްރީއަކީ ވެސް ހަމަ ދިވެހިން އެކަނި މަސައްކަތްކުރާ އިންޑަސްޓްރީއަކަށް ބަދަލުވެގެން ދިއުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
މަސީގެ އެންމެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒަށް
މަޝްރޫއުތައް ދިވެހި ކުންފުނިތަކަށް ދޭން ރައީސް ތައްޔާރު
އެޒްއީޒެޑްގެ ފުރަތަމަ ޕްރޮޖެކްޓަކީ ސޯލާ ޕްރޮޖެކްޓެއް
ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ ގޮތް ހުސްވެފައި
ސައިޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރޭ:މަސީ
ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތްކުރަން ހުއްދަދެނީ
އިމާރާތް ކުރުމުގެ މަސައްކަތް ފެށީ ބޮޑު ބަދަލަކާ އެކު
ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ދެނެގަތުމަށް ސާވޭއެއް
އަންނަ އަހަރުގެ ބަޖެޓުން އުންމީދު އާވެއްޖެ: ޖަނާ
މަސީގެ ތިން ވަނަ ކޮންސްޓްރަކްޝަން ކޮންފަރެންސް ފަށައިފި