29 އޮކްޓޯބަރ 2017
ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް، ރާއްޖޭގައި ހިންގާ ބޭންކުތަކުން ފައިސާ ނުލިބުމަކީ މައްސަލައެއް ކަމަށާއި ބޭންކިން ދާއިރާ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރަންޖެހޭ ކަމަށް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް، ރާއްޖޭގައި ހިންގާ ބޭންކުތަކުން ފައިސާ ނުލިބުމަކީ މައްސަލައެއް ކަމަށާއި ބޭންކިން ދާއިރާ މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރަންޖެހޭ ކަމަށް ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ކުރީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް ދާއިރާގެ ޚަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް މައިގަނޑު ގޮތެއްގައި މިހާރު ފައިސާ ހޯދަނީ ބޭރު ގައުމުތަކުން ކަމަށެވެ. އެހެންވެ ބޮޑެތި މަޝްރޫއުތަކަށް ފަންޑް ހޯދަން ބޭރުގެ ބޭންކްތަކަށް ބަރޯސާވާން ޖެހުމަކީ ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ބޭންކިން ދާއިރާގައި ރާއްޖޭގައި މި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ފަންޑް ދެވޭނެ ގާބިލްކަން ނެތުމަކީ ވަރަށް ކަންބޮޑުވާ ކަމެއް. އެއީ ވަރަށް ބޮޑު ގޮންޖެހުމެއް ވެސް މެ،" ކޮސްޓްރަކްޝަން ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ޖަނާހް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަބަބާ ހުރެ ރާއްޖޭގެ ބޭންކިން ނިޒާމް ތަރައްގީކޮށް، ކުރިއަރުވަން ޖެހޭ ކަމަށާއި އެއީ ތަރައްގީގެ މަގުގައި ކުރިއަށް ދާއިރު ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
ޖަނާހް ވިދާޅުވި ގޮތުގައި ބޮޑެތި މަޝްރޫއުތަކަށް ފަންޑް ކުރެވޭ ވަރުގެ ގާބިލްކަން ރާއްޖޭގެ ބޭންކިން ދާއިރާ އިން ފެންނަ ނަމަ، އިސްވެސްޓް ކުރަން ބޭނުންވާ ދިވެހި ވިޔަފާވެރިންނާއި ރިސޯޓް ހިންގާ މީހުން ވެސް އިތުރުވެގެން ދާނެ އެވެ.
"ބޭންކްތަކުން ލިބޭ ސަޕޯޓާ އެކު ޒުވާން ވިޔަފާވެރިން ވެސް އިންވެސްޓްމަންޓްތައް ކުރަން ކުރިމަތިލާނެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާގައި. އަޅުގަނޑަށް ހީވަނީ އެބައިހެން މިހާރު މިއޮތް ގޮންޖެހުންތަކުގެ ސަބަބުން ބޮޑަށް މަދުވެގެން މި އުޅެނީ،" އޭނާ ވިދާޅުވި އެވެ.
"އެހެންވެ ޓޫރިޒަމް ދާއިރާ އަށް ބޭންކްތަކުގެ ފޯކަސް ވެސް އެބަ ޖެހޭ ގެންނަން."
ކޫއްޑޫ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަނާހް (ކ) ރައީސް ޔާމީނާ އެކު.
ބޮޑެތި އިންވެސްމަންޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގާބިލްކަން ރާއްޖޭގައި ބޭންކްތަކުގައި ނެތް ނަމަވެސް، ހައުސިން ސްކީމް ފަދަ މަޝްރޫއުތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ކަން ޖަނާހް ފާހަގަ ކުރެއްވި އެވެ.
"އަދި ބައެއް އެހެން ބޭންކްތަކުން އެ މީހުންގެ ގާބިލިއްޔަތު ހުރި މިންވަރަކުން ޓޫރިޒަމް ދާއިރާ އަށް ވެސް އެބަ އެހީތެރިކަން ފޯރުކޮށް ދޭ،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެއީ ވަރަށް ކުޑަ ނިސްބަތަކުން."
މަސީގެ އެންމެ މަތީ ޝަރަފު ރައީސް ޑރ. މުއިއްޒަށް
އިމާރާތް ކުރުމުގެ މަސައްކަތް ފެށީ ބޮޑު ބަދަލަކާ އެކު
ކޮންސްޓްރަކްޝަން ދާއިރާގެ ހާލަތު ދެނެގަތުމަށް ސާވޭއެއް
އަންނަ އަހަރުގެ ބަޖެޓުން އުންމީދު އާވެއްޖެ: ޖަނާ
މަސީގެ ތިން ވަނަ ކޮންސްޓްރަކްޝަން ކޮންފަރެންސް ފަށައިފި
އިފޮޕްކާގެ 45 ވަނަ އަހަރީ ބައްދަލުވުން ރާއްޖޭގައި
ޓޫރިޒަމް ވިޔަފާރިވެރިން ރަޖިސްޓަރީވާން ހުޅުވާލައިފި
އަވަސް ފިޔަވަޅުތަކަކުން ހައްލު ހޯދަންޖެހޭ މައްސަލައެއް!
އދ. ގެ ޓޫރިޒަމް ޖަމިއްޔާގެ އެޑްވައިޒަރަކަށް ޖަނާ
އިމާރާތްކުރުމުގެ ތިން ވަޒީފާއެއް ދިވެހިންނަށް ހާއްސަކުރަނީ