04 އެޕްރީލް 2020
ކޮވިޑް-19އާ ގުޅިގެން މި ދުވަސްވަރު އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް މެދުކަނޑާލާފައި ވާތީ، އައިޑީކާޑު ނެތަސް އެފަދަ އެހެން ލިޔެކިޔުމެއް އޮތް ނަމަ އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން މި ދުވަސްވަރު އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް މެދުކަނޑާލާފައި ވާތީ، އައިޑީކާޑު ނެތަސް އެފަދަ އެހެން ލިޔެކިޔުމެއް އޮތް ނަމަ އާސަންދަ ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ ކޮވިޑް19އާ ގުޅިގެން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އާސަންދަ ހިދުމަތް ދޭ ހުރިހާ މަރުކަޒަކުން ވެސް، ބަލި މީހާގެ އައިޑީ ކާޑު އަތުގައި ނެތިއްޖެ ހާލަތެއްގައި، އެފަދަ އެހެން ލިޔެކިޔުމަކުން ހިދުމަތްދޭނެ ކަމަށެވެ. އެގޮތުން އައިޑީ ކާޑުގެ ކޮޕީ ނުވަތަ ލައިސަންސް ކާޑާއި ޕާސްޕޯޓު ފަދަ އައިޑީ ކާޑު ނަންބަރު ފެންނަން އޮންނަ ލިޔުމެއް ނުވަތަ އެފަދަ ލިޔުމެއްގެ ފޮޓޯ ހުށަހަޅައިގެން، އާސަންދަ ޕޯޓަލްއިން ޗެކްކޮށް ވެރިފައި ކުރުމަށްފަހު އާސަންދަ ހިދުމަތް އެ މީހަކަށް ލިބިދެވޭނެ އިންތިޒާމް އެ ކުންފުނިން ހަމަޖައްސާފައިވާނެ ކަމަށް ބުނެފައިވެ އެވެ.
އާސަންދަ ކުންފުނިން މިގޮތަށް ނިންމާފައި މިވަނީ، އައިޑީ ކާޑު މެދުވެރިކޮށް ހިދުމަތް ދޭ ހުރިހާ ފަރާތްތަކުން ވެސް މިގޮތަށް އަމަލު ކުރުމަށް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން އެދިފައިވަނިކޮށެވެ.
ޑީއެންއާރްއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅަމުންދާ އެކި ފިޔަވަޅުތަކާ އެކު އައިޑީ ކާޑު ހެދުމުގެ ހިދުމަތް ވެސް މެދުކަނޑާލާފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އައިޑީ ކާޑު މެދުވެރިކޮށް ދެވޭ އެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް އެތަނުން ބުނެ އެވެ.
އެހެންވެ މިކަން ހައްލުކުރުމުގެ ގޮތުން އައިޑީކާޑު ނަމްބަރު ފެންނަ ލިޔުމެއް ދިނުމުން، އަލަށް އުފަންވާ ކުދިންނާއި، އައިޑީކާޑު ގެއްލިފައިވާ މީހުންނާއި، އައިޑީކާޑުގެ މުއްދަތު ހަމަވެފައި ތިބި މީހުންނަށް ހިދުމަތް ދޭން ޑީއެންއާރްއިން ވަނީ އެދިފަ އެވެ.
މިގޮތަށް ހިދުމަތް ދޭނީ ޖޫން 30ގެ ނިޔަލަށް ކަމަށް ވެސް ޑީއެންއާރުން ބުނެފައި ވެއެވެ.
ކޮވިޑް-19އިން ރައްކާތެރިވުމުގެ ގޮތުް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ސަރުކާރު ބަންދުކޮށްފައި ވާތާ މިއީ ތިން ވަނަ ހަފުތާ އެވެ.
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭ ގޮތް ހަދައިފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ސްކޭމްކޯލް ހުއްޓުވަން ޑީއެންއާރާއިި ދިރާގުން ސޮއިކޮށްފި
އައިޑީ ހަދައިދޭނީ ވޯޓު ނުލެވުނަސް އިއުތިރާޒު ނުކުރާނަމަ
ޑިސްޕެންސިން ކޯޑު ނެތި ބޭސް ނުނެގޭގޮތް ހަދަނީ
އައިޑީކާޑު ދޫކުރަން ފަށާ ގަޑި އަވަސްކޮށްފި
އައިޑީ ކާޑު ލަސްވަނީ ޕޯޓަލް މެދުވެރިކޮށް ފޯމު ނުލާތީ!