27 އޮކްޓޯބަރ 2023
ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސް ދޫކުރާއިރު ބޭސް ގަންނަ މީހާގެ ފޯނަށް ފޮނުވާ ޑިސްޕެންސިން ކޯޑު ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތް ހަދަން ހަމަޖައްސައިފި އެވެ.
ފާމަސީތަކުން އާސަންދައިގެ ދަށުން ބޭސް ދޫކުރާއިރު ބޭސް ގަންނަ މީހާގެ ފޯނަށް ފޮނުވާ ޑިސްޕެންސިން ކޯޑު ޖަހައިގެން ނޫނީ ބޭސް ނުނެގޭ ގޮތް ހަދަން ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލު، އާޝިޔާ ސޯލިހު އިއްޔެ ވިދާޅުވީ ބޭސް ނަގަން ދާ މީހާގެ އައިޑީކާޑު ނަމްބަރާއި ފޯނު ނަމްބަރުގެ ތަފްސީލު ހޯދައި، ޑިސްޕެންސިން ކޯޑު ދިނުމުން ނޫނީ ޓްރާންސެކްޝަން ފުރިހަމަ ނުވާ ގޮތަށް ނިންމީ އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކަކާ ގުޅިގެން ކަމަށެވެ.
ކްލިނިކަށް ދެއްކުމުން، އެ ކްލިނިކްގެ ތެރޭގައި ހިންގާ ކްލިނިކްގެ ބޭސް ފިހާރައިން ބޭސް ނުނަގައި، އެހެން ފާމަސީއަކުން ބޭސް ނަގަން ދާއިރު، ކްލިނިކްގެ ފާމަސީން ބޭސް ނެގި ކަމަށް ދައްކާކަމުގެ ކަންބޮޑުވުންތަކެއް ލިބިފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.
ބޭސް ފިހާރަތަކުން މީގެ ކުރިން ބޭސް ދޫކުރުމުގައި އިތުރު އެއްވެސް މައުލޫމާތެއް ނުހޯދަ އެވެ. ހަމައެކަނި ބޭނުންވަނީ ޑޮކްޓަރުގެ ބޭސް ސިޓީ އެވެ.
"އެކަމަކު، ބޭސް ނަގަން ދާ މީހާގެ ފޯނަށް ލިބޭ ކޯޑު، ފާމަސިސްޓަށް ދިނުމުން ނޫނީ އާސަންދަ ޓްރާންސެކްޝަން ދެން ފުރިހަމައެއް ނުވާނެ. އެފަދަ ޝަކުވާތައް ލިބެމުންދާތީ އެޅި ފިޔަވަޅެއް މިއީ." އޭނާ ވިދާޅުވި އެވެ.
އާޝިޔާ ވިދާޅުވި ގޮތުގައި، މާލޭގެ ބައެއް ފާމަސީތަކުގައި އެ ފިޔަވަޅު އަޅަން ފެށިތާ ދެތިން ހަފުތާ ވެއްޖެ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި، އާސަންދަ ލިބޭ ހުރިހާ ފާމަސީއެއްގައި އެކަން ތަންފީޒުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެލްތު މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2020 ނިމުނުއިރު 400 އަށް ވުރެ ގިނަ ފާމަސީއަށް ވަނީ ހުއްދަދީފަ އެވެ. އެކަމަކު، އޭގެ ތެރެއިން އާސަންދަ ބަލައިގަންނަ ތަންތަނެއް ނޭނގެ އެވެ.
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ބޭހުގައި މައްސަލައެއް އުޅޭ ނަމަ ރިޕޯޓްކުރަން އެދެފި
ބޭހަށް އާސަންދައިން ދޭ އަގުތައް މުރާޖައާކުރަން ފަށައިފި
ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވި މުއްދަތު ފަހަނައަޅައިފި
ފާމަސީތަކުގެ ދެކޮޅު ހެދުން؛ އަގު ކޮންޓްރޯލެއް ނުވި!
އާސަންދަ މެދުވެރިކޮށް މަކަރާއި ހީލަތް
އައިޑީކާޑު ނެތަސް މިދުވަސްވަރު އާސަންދަ ލިބޭނެ