Roadha Mihaaru
ޕިއްޒާ ބޯނާއިން ދޭނީ ޓޭކްއަވޭ އާއި ޑެލިވަރީ އެކަނި

ކޮވިޑް-19: ޕިއްޒާ ބޯނާގެ ތަންތަނުން ހަމައެކަނި ޑެލިވަރީ އާއި ޓެކްއަވޭ

18 މާޗް 2020

ކޮވިޑް-19 އާ ގުޅިގެން، ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތްތައް އެކަނި ދޭން ޕިއްޒާ ބޯނާއިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން، ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތްތައް އެކަނި ދޭން ޕިއްޒާ ބޯނާއިން ނިންމައިފި އެވެ.

ޕިއްޒާ ބޯނާއިން ބުނީ މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމާ ގުޅިގެން އެ ކުންފުނިން ވީހާ ވެސް މަދު ސްޓާފުން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ރެސްޓޯރެންޓްގެ ހިދުމަތްތަކުގެ ބަދަލުގައި ހަމައެކަނި ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން އޯޑަރުކޮށް، ފައިސާ ދެއްކުމުގައި އޮންލައިން ހިދުމަތްތައް ވީހާ ވެސް ގިނައިން ބޭނުން ކުރުމަށް ޕިއްޒާ ބޯނާ އެދެ އެވެ.

ޕިއްޒާ ބޯނާ އިން ބުނީ، އޯޑަރުތައް ދޭއިރު ޕިއްޒާ ބޯނާގެ އެޕް ބޭނުންކުރެވޭނެ ކަމަށެވެ. ޕިއްޒާ ބޯނާ އިން ބުނީ އޮންލައިންކޮށް ދޭ ހިދުމަތްތައް ބޭނުންކުރުމުން، ޕިއްޒާ އޯޑަރު ކުރާ އިރު ކަސްޓަމަރުންނާ ދިމާވާނެ ވަގުތު ކުޑަކުރެވި، އެކަކު އަނެކަކު ކޮންޓެކްޓް ވާ ވަރު މަދު ކުރެވޭނެ ކަމަށެވެ.

ޕިއްޒާ ބޯނާގެ ޓްވީޓް

ކޮވިޑް-19 އަށް ރާއްޖެ އިން 13 މީހަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު ކަސްޓަމަރުންނާ ގާތުން ހިދުމަތް ދޭ ގިނަ ކުންފުނިތަކުން ވަނީ ކަސްޓަމަރުންނާ ދިމާނުވެ، އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތްތައް ދޭން ފަށައިފަ އެވެ. ޕިއްޒާ ބޯނާގެ އެޕްލިކޭޝަނާއި އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމުތައް ތައާރަފްކޮށްފައިވަނީ 2018 ވަނަ އަހަރު އެވެ.

މީގެ އިތުރުން ފޯނުން ގުޅައިގެން ޕިއްޒާ އަށް އޯޑަރު ދިނުމަށް ފަހު ވެސް، ބީއެމްއެލް މޯބައިލް ޓްރާންސްފާ މެދުވެރިކޮށް ފައިސާ ޖަމާކުރެވޭނެ ކަމަށް ޕިއްޒާ ބޯނާއިން ބުންޏެވެ. ޑެލިވަރީ ކުރުމަށް ހުޅުމާލެ އިން ނަމަ ގުޅާނީ 3359779 އަށެވެ. މާލެ ނަމަ 3009779 ގުޅައިގެން ޕިއްޒާ އޯޑާ ކޮށްލެވޭނެ އެވެ.

ކުރިއަރާފައިވާ މަޝްހޫރު ބޮޑެތި ޕިއްޒާ ކުންފުނިތަކެކޭ އެއްފަދައިން ޕިއްޒާ ބޯނާ އެޕް މެދުވެރިކޮށް، ބޭނުން ވައްތަރެއްގެ ޕިއްޒާއަކަށް އޯޑަރު ކުރެވޭނެ އެވެ. އެޕް މެދުވެރިކޮށް ޗިކަން، ބީފް، ޓޫނާ އަދި ސީފުޑް ޕިއްޒާ ތައްޔާރު ކޮށްލެވޭނެ އެވެ. އަދި ޕިއްޒާ އަށް އަޅަން ބޭނުންވާ އެއްޗެހި ވަކިން ނަގައި، އެ މީހަކު ބޭނުންވާ ޓޮޕިންއެއް ސެލެކްޓް ކޮށްލެވޭނެ އެވެ.

އެންޑްރޮއިޑާއި އައިއޯއެސް ފޯނުތަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ޕިއްޒާ ބޯނާ އެޕް މެދުވެރިކޮށް އޮންލައިން ކޮށް ފައިސާ ދެއްކުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.