Roadha Mihaaru
"ހެޕީ އަވާ" މި ފަހަރު ހުޅުމާލެ ޕިއްޒާ ބޯނާއަށް

"ހެޕީ އަވާ" މިފަހަރު ހުޅުމާލެ ޕިއްޒާ ބޯނާއަށް

10 ނޮވެމްބަރ 2019

ޕިއްޒާ ބޯނާއިން ހެޔޮ އަގުގައި ޕިއްޒާ ވިއްކުމަށް ފެށި "ހެޕީ އަވާ" ހުޅުމާލޭގެ އައުޓްލެޓުގައި ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޕިއްޒާ ބޯނާއިން ހެޔޮ އަގުގައި ޕިއްޒާ ވިއްކުމަށް ފެށި "ހެޕީ އަވާ" ހުޅުމާލޭގެ އައުޓްލެޓުގައި ފަށައިފި އެވެ.

މި ޕްރޮމޯޝަންގައި، ހުޅުމާލޭގެ ޕިއްޒާ ބޯނާއިން ވިއްކާ ރެގިއުލާ ޕިއްޒާއެއް 99ރ. އަށް ލިބޭނެ އެވެ. މި މަހުގެ 10-30 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 2:00އާ ހަމައަށް މި ޕްރޮމޯޝަން ކުރިއަށްދާނެ އެވެ.

މި ޕްރޮމޯޝަންގައި ޑެލިވަރީގެ ހިދުމަތާއި ޓޭކް އަވޭގެ ހިދުމަތް ވެސް މި އަގުގައި ލިބޭނެ އެވެ. އަދި ގަންނަ ކޮންމެ ޕިއްޒާއަކާ އެކު ހިލޭ ކޮކާ ކޯލާ ފުޅިއެއް ވެސް ލިބޭނެ އެވެ.

ޕިއްޒާ ބޯނާއިން ބުނީ އެ ކުންފުނިން ހުޅުމާލޭގައި މި ޕްރޮމޯޝަން ފަށަން ނިންމީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ހެޔޮ އަގުގައި އެ ކުންފުނީގެ ޕިއްޒާތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އަދި މިއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތިން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ޕިއްޒާ ބޯނާއިން ވަނީ މާލޭގެ އައުޓްލެޓްތަކުގައި ވެސް މީގެ ކުރިން މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފަ އެވެ. މި ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު ކަމަށް ވެސް ޕިއްޒާ ބޯނާއިން ބުންޏެވެ.

ޕިއްޒާ ބޯނާއިން 35 ބާވަތަށް ވުރެ ގިނަ ޕިއްޒާ ލިބެން ހުރެ އެވެ.