ގެ އަކުން އޯޑަރުކުރި ޕިއްޒާތަކެއް ހިފައިގެން ދިޔަ މީހަކަށް ރޭ ހަމަލަދީ އެ ޕިއްޒާތައް ފޭރިގެންފި އެވެ.
16 ޖުލައި 2017
ގެ އަކުން އޯޑަރުކުރި ޕިއްޒާތަކެއް ހިފައިގެން ދިޔަ މީހަކަށް ރޭ ހަމަލަދީ އެ ޕިއްޒާތައް ފޭރިގެންފި އެވެ.
ޕިއްޒާ ބޯނާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ނުވައެއް ޖަހާކަންހާއިރު، ގަލޮޅު އަނޯނާ ގޯޅީގައި ހުންނަ ގެއަކުން އޯޑަރުކުރި ޕިއްޒާތައް ފޭރިގަތީ އެ ހިފައިގެން ދިޔަ ބިދޭސީ މީހާގެ މޫނުމަތީގައި ޖަހާފައި ކަމަށެވެ.
ޕިއްޒާތައް ފޭރިގެން ކަމަށް ވަނީ ޒުވާން ގުރޫޕެކެވެ. ހަމަލާދިނީ ޑެލިވަރީ ސައިކަލުން ފޭބުމަށް ފަހު، ޕިއްޒާތައް ހިފައިން ގެއަށް ވަންނަން އުޅެނިކޮށް ކަމަށް ޕިއްޒާ ބޯނާއިން ބުންޏެވެ.
"ނަސީބަކުން އަޅުގަނޑުމެންގެ މީހާއަކަށް މާބޮޑު އަނިޔާއެއް ނުވޭ." އޮފިޝަލް ވިދާޅުވި އެވެ.
މިއީ ޕިއްޒާ ބޯނާއަށް މި ފަދަ ކަމެއް ކުރިމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ.
އޮފިޝަލް ވިދާޅުވީ މީގެ ކުރިން ވެސް ޕިއްޒާ ހިފައިގެން ދާއިރު، ވަޅިން ބިރު ދައްކައި ޕިއްޒާ ފޭރިގަންނަ ކަމަށެވެ. ގިނަ ފަހަރަށް މިހެން ހަދަނީ ކުދި ގޯޅިތަކުން ދާއިރު، އެތަންތަނުގައި ތިބޭ ގުރޫޕުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އާއްމުކޮށް މިގޮތަށް ޕިއްޒާ ނަގާނީ ޑެލިވަރީ ކުރާއިރު ސައިކަލު ބަހައްޓާފައި ދިޔުމުން، އޭގައި އިންނަ ޕިއްޒާ (ރައްކާކުރާ) ފޮށި ފަޅާލައިގެން. އެކަމަކު ރޭގައި ޕިއްޒާތައް މި ފޭރިގަތީ އެކަން ނުކުރާތާ އަހަރެއްހާ ދުވަސް ފަހުން،" ޕިއްޒާބޯނާގެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަދަ މައްސަލަތައް ފުލުހުންނަށް ހުށަހަޅާ ކަމަށާއި އެކަމަކު މައުލޫމާތު ނެގުމަށް ފަހު ފުލުހުންގެ ހަބަރެއް ފަހުން ނުވާ ކަމަށެވެ.
ބްލެކްމެއިލް ކުރުމުގައި އުޅޭ ދެ މީހަކު ހައްޔަރުކޮށްފި
އޮފިސަރަކަށް ހެދިގެން ފޭރުނު މީހާ އަނެއްކާވެސް ހައްޔަރު
ކަރަންޓު ކޭބަލެއް ބުރިކޮށްލި މައްސަލައެއް ބަލަނީ
އެއް މަހުން 3.4 މިލިއަން ރުފިޔާގެ ސައިކަލު ހޯދައިފި
52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި
އާލިއާގެ ކުރީގެ ޕީއޭ ވައްކަންކޮށްގެން ހައްޔަރުކޮށްފި
ތަކެތި ފެނިއްޖެ، "ސަޓަޑޭ"ގެ ޚަބަރެއް ނެތް!
އަލީ ޚާލިދުގެ ގެއަށް ވަގުން ވަދެ ބޮޑު ވައްކަމެއް
ލައްކައެއްހާ ރުފިޔާ ވަގަށް ނެގި މީހަކު އަތުލައިގެންފި