Roadha Mihaaru

އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް

އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު ބިރު ދައްކައިގެން ފޭރުނު މައްސަލައެއްގައި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

52 ފަހަރު ހައްޔަރުކުރި މީހަކު ހަތް މަހަށް ޖަލަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

31 ޖުލައި 2025

އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރު ކޮށްފައިވާ މީހަކު ބިރު ދައްކައިގެން ފޭރުނު މައްސަލައެއްގައި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މިދިޔަ މޭ މަހުގެ ފުރަތަމަ ދުވަހު މާލޭގެ ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން، އެ ފިހާރައިގެ ވަތްގަނޑުގައި ހުރި 700ރ. ފޭރުނު މައްސަލާގައި ދައުލަތުން ދައުވާކުރީ އެކި މައްސަލަތަކުގައި 52 ފަހަރު ހައްޔަރުކުރި ހ. ރެދަން، ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ.

އެ މައްސަލާގައި ފަވާޒުގެ މައްޗަށް ކުރީ ފޭރުމުގެ ދައުވާ އާއި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ.

އެ މައްސަލާގައި ދެ ދައުވާއަށް ވެސް އޭނާ އިއުތިރާފްވުމުން ފޭރުމުގެ ކުށުގައި ކްރިމިނަލް ކޯޓުން އޭނާއަށް އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އަދި ތޫނު ހަތިޔާރު ގެންގުޅުނު ކުށުގައި އޭނާއަށް ހަ މަސް ދުވަހުގެ ހުކުމެއް އިއްވި ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ދެން ތަންފީޒު ކުރަން ޖެހެނީ ތިން މަހުގެ ޖަލު ހުކުމެކެވެ.

ފަވާޒަކީ ކުރިން ސައިކަލެއްގައި ރޯކޮށްލި މައްސަލައެއްގައި 15 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވާފައި އޮތް މީހެކެވެ.