Roadha Mihaaru
ޕިއްޒާ ބޯނާގެ ދެވަނަ ރެސްޓޯރަންޓް ހުޅުވައިފި

ޕިއްޒާ ބޯނާގެ ދެވަނަ ރެސްޓޯރަންޓް ހުޅުވައިފި

26 ޑިސެމްބަރ 2016

ރާއްޖޭގެ މަޝްހޫރު ޕިއްޒާ ބްރޭންޑް، ޕިއްޒާ ބޯނާގެ ދެވަނަ ރެސްޓޯރަންޓް ރޭ ހުޅުވައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގެ މަޝްހޫރު ޕިއްޒާ ބްރޭންޑް، ޕިއްޒާ ބޯނާގެ ދެވަނަ ރެސްޓޯރަންޓް ރޭ ހުޅުވައިފި އެވެ.

ސަބުދެލި މަގުގައި ހުންނަ މ. ކަޅުމުރަކަ ގޭގައި ހަދާފައިވާ މި ރެސްޓޯރަންޓް ހުޅުވައި ދިނީ މަޝްހޫރު ގޯލްކީޕަރު އިމްރާން މުހައްމަދެވެ.

ޕިއްޒާ ބޯނާގެ ރެސްޓޯރަންޓް ރޭ ހުޅުވައިދިނުމަށް ފަހު އިމްރާން އެ ތަނަށް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕިއްޒާ ބޯނާގެ ރެސްޓޯރަންޓް ރޭ ހުޅުވައިދިނުމަށް ފަހު އިމްރާން އެ ތަނަށް ވަންނަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޯޑަރު ކުރުމުން ގޭގެ އަށް ގެންގޮސްދޭ ގޮތަށް 2010 ގައި ފެށި ޕިއްޒާ ބޯނާގެ ވިޔަފާރި ފުޅާކޮށް، ފުރަތަމަ އައުޓްލެޓް ވަނީ މި އަހަރުގެ ކުރީކޮޅު ހުޅުވައިފަ އެވެ. އެ ތަން ހުންނަނީ މަޖީދީ މަގުން، ތެލެސީމިއާ ސެންޓަރު ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށެވެ.

ރޭ ހުޅުވި ޕިއްޒާ ބޯނާގެ ރެސްޓޯރަންޓް: މިއީ ޕިއްޒާ ބޯނާގެ ދެވަނަ އައުޓްލެޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރޭ ހުޅުވި ޕިއްޒާ ބޯނާގެ ރެސްޓޯރަންޓް: މިއީ ޕިއްޒާ ބޯނާގެ ދެވަނަ އައުޓްލެޓް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަލަށް ހުޅުވި ރެސްޓޯރަންޓުން ވެސް، ދިވެހިންގެ މަގުބޫލުކަން ހޯދާފައިވާ ޕިއްޒާ ބޯނާގެ ތަފާތު ވައްތަރުތަކުގެ ޕިއްޒާ އާއި އެކި ކަހަލަ ބުއިންތައް ލިބޭނެ އެވެ. އަދި މި ތަނުން ވެސް ޑެލިވަރީގެ ހިދުމަތް ދެ އެވެ.

ދިވެހިންގެ ތެރޭގައި އެންމެ މަޝްހޫރު އެއް ޕިއްޒާ ބްރޭންޑް ކަމަށްވާ ޕިއްޒާ ބޯނާ އިން އަންނަނީ ތަފާތު ޕްރޮމޯޝަންތައް ވެސް ހިންގަމުންނެވެ. އެ ގޮތުން، ކޮންމެ މަހަކު ކަހަލަ ގޮތަކަށް، ހިލޭ ޕިއްޒާ އާއި އެ ނޫން ވެސް ތަފާތު ހަދިޔާތައް ލިބޭ ޕްރޮމޯޝަންތައް ކުރިއަށް ގެންދެ އެވެ.