Roadha Mihaaru
ޕިއްޒާ ބޯނާގެ "ހެޕީ އަވާ ޕްރޮމޯޝަން" ފަށައިފި

ޕިއްޒާ ބޯނާގެ "ހެޕީ އަވާ ޕްރޮމޯޝަން" ފަށައިފި

22 ޖެނުއަރީ 2019

ޕިއްޒާ ބޯނާ އިން ހެޕީ އަވާ ޕްރޮމޯޝަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޕިއްޒާ ބޯނާ އިން ހެޕީ އަވާ ޕްރޮމޯޝަން ފަށައިފި އެވެ.

މި ޕްރޮމޯޝަން ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ ތެރެއިން ސްކޮއާ ޕިއްޒާއެއް 99ރ. އަށް ލިބޭނެ ކަމަށް ޕިއްޒާ ބޯނާ އިން ބުނެ އެވެ.

ޑެލިވެރީ ކުރުމަށާއި ރެސްޓޯރެންޓްގައި ކެޔުމުގެ އިތުރުން ޓޭކްއަވޭ އަށް ވެސް މި އަގުގައި ޕިއްޒާ ލިބިގެންދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން މެނޫގައި ހިމެނޭ ހުރިހާ ޕިއްޒާއެއް ވެސް މި އަގުގައި ލިބޭނެ އެވެ.

ޕިއްޒާ ހެޔޮ އަގުގައި ލިބޭނީ ގުޅައިގެން ޕިއްޒާ އޯޑަރު ކުރާ ފަރާތްތަކަށެވެ. ޑެލިވަރީ ކުރުމަށް ހުޅުމާލެ ނަމަ ގުޅާނީ 3359779 އަށެވެ. މާލެ ނަމަ 3009779 ގުޅައިގެން ޕިއްޒާ އޯޑާ ކޮށްލެވޭނެ އެވެ.

ޕިއްޒާ ބޯނާގެ ހުރިހާ އައުޓްލެޓަކުން ހެޔޮ އަގުގައި މި ޕިއްޒާ ލިބިގެންދާ އިރު ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 28 ފެބްރުއަރީގެ ނިޔަލަށެވެ.

އެތަނުގެ ޕިއްޒާގެ ރަހަޔަށް އާންމުންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ އިރު މިހާރު 35 އަށް ވުރެ ގިނަ ބާވަތުގެ ޕިއްޒާ ލިބެން ހުރެ އެވެ.