Roadha Mihaaru
އޯޑަރުކުރި ޕިއްޒާގައި ސައިޒު ހަމަނުވާތީ ޝަކުވާކޮށްފި

އޯޑަރުކުރި ޕިއްޒާގައި ސައިޒު ހަމަނުވާތީ ޝަކުވާކޮށްފި

14 އެޕްރީލް 2023

އޯޑަރުކުރާ ޕިއްޒާއެއްގެ ފެންވަރު ބަލާނީ، އެ އެއްޗެއްގެ ރަހަ ބަލައިގެންނެވެ. އެކަމަކު، މި އަންހެން މީހާގެ ޝަކުވާއަކަށްވީ އެހެން ކަމެކެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އޯޑަރުކުރާ ޕިއްޒާއެއްގެ ފެންވަރު ބަލާނީ، އެ އެއްޗެއްގެ ރަހަ ބަލައިގެންނެވެ. އެކަމަކު، މި އަންހެން މީހާގެ ޝަކުވާއަކަށްވީ އެހެން ކަމެކެވެ.

"އަހަރެން އޯޑަރުކުރީ 10 އިންޗި އެކަމަކު ލިބުނީ އަށް އިންޗީގެ ޕިއްޒާއެއް" ކަމަށް ބުނެ ޝަކުވާކުރީ "ބިގް ޕަރާތާ" ނަމުގައި ޓްވީޓްކުރި މީހެކެވެ. އަދި އެ ޓްވީޓާ އެކު ފޫޓުފީތާއަކުން އޭނާ ޕިއްޒާގައި މިން އަޅާ ފޮޓޯއެއް ވަނީ ޝެއާކޮށްފަ އެވެ.

އެ ޓްވީޓު ކުރުމާ އެކު ގިނަ ބަޔަކަށް އެކަން މަޖާވެގެން އެ ވާހަކަ އަންނަނީ ދައްކަމުންނެވެ.

"ތިޔައި ކާކު ބަލާ އެއްޗެއް؟" ޓްވީޓަށް ރިޕްލައި ކުރަމުން މީހަކު ބުންޏެވެ.

އެހެން އެކައުންޓަކުން ކުރި ރިޕްލައިއެއްގައި ބުނީ، އޭނާ އޮޑިޓުކުރާއިރު ވެސް މިހާ ވަރަށް އެއްޗެއް މިންނުކުރާ ކަމަށެވެ.

ޕިއްޒާގެ ސައިޒުގެ މައްސަލާގައި ކުރި ޓްވީޓަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. އެ ޓްވީޓަށް މިހާތަނަށް 90،000 ވިއުސް ލިބިފާވައިރު، 1000 އާ ގާތްކުރާ އަދަދަކަށް ލައިކްސް ލިބިފައިވެ އެވެ.