އީލޮން މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރާ ބައެއް ޕޯސްޓުތައް ނަގަން އަމުރުކުރާ މައްސަލައިގައި، އިންޑިއާ ސަރުކާރުގެ މައްޗަށް އެކްސް އިން ދައުވާކޮށްފި އެވެ.
އީލޮން މަސްކުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރާ ބައެއް ޕޯސްޓުތައް ނަގަން އަމުރުކުރާ މައްސަލައިގައި، އިންޑިއާ ސަރުކާރުގެ މައްޗަށް އެކްސް އިން ދައުވާކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާއަކީ، ސޯޝަލް މީޑިއާގެ ކޮންޓެންޓް ނަގަން އެދި އެންމެ ގިނައިން އެދޭ ފަސް ގައުމުގެ ތެރޭގައި އާންމުކޮށް ހިމެނޭ ގައުމެކެވެ.
މީގެ ކުރިން ވެސް އިންޑިއާ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފައިވާ އެކްސް އިން އަލަށް ކުރި މި ދައުވާ ހިމެނެނީ، އިންޑިއާ ސަރުކާރުގެ ސެންސަޝިޕްގެ ބާރުތަކާ ދެކޮޅަށް މި ޕްލެޓްފޯމުން ކުރާ ދައުވާތަކުގެ ތެރޭގަ އެވެ.
މި ދައުވާކޮށްފައި މި ވަނީ މަސްކްގެ ސްޓާލިންކް އަދި ޓެސްލާ، ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގްތިސާދު ކަމަށްވާ އިންޑިއާގެ މާކެޓަށް ވަނުމަށް ތައްޔާރުވަމުންދާ ވަގުތާ ދިމާކޮށެވެ.
މި މައްސަލައިގެ މައިގަނޑު ނުކުތާއަކީ، ކޮންޓެންޓް ބްލޮކްކުރުމުގެ އަމުރުތައް ނެރުމަށް ސަރުކާރުން ބޭނުންކުރާ ގާނޫނީ މާއްދާއެކެވެ. އެކްސް ދައުވާގައު ބުނަނީ، މި މާއްދާ ބޭނުންކުރަނީ މިހާރު ހުރި ރައްކާތެރިކަމުގެ ފިިޔަވަޅުތަކުގެ ބާރު ކެނޑޭ ގޮތަށް، ނާޖާއިޒް ގޮތުގައި ކަމަށެވެ.
"އެކްސް އިން ބުނަނީ، މި މާއްދާ... ބޭނުންކުރަނީ މައުލޫމާތު ބްލޮކްކުރުމަށް ގާނޫނާ ހިލާފަށް ކަމަށް،" އިންޑިއާގެ ގާނޫނީ ހަބަރުތަކުގެ ވެބްސައިޓް ބާ އެންޑް ބެންޗް އިން ބުރާސްފަތި ދުވަހު ބުނެފައިވެ އެވެ.
މި މައްސަލައިގެ އަޑުއެހުމެއް އިންޑިއާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ ކޯޓެއްގައި މި މަހުގެ 27 އަށް ވަނީ ތާވަލްކޮށްފަ އެވެ. މީގެ ހަފްތާއެއް ކުރިން ވެސް އަޑުއެހުމެއް ބޭއްވި އެވެ. އެކަމަކު ވަރަށް ކުރު އެ މަޖިލިސް ނިންމާލީ އެއްބަސްވުމަކަށް ނާދެވި އެވެ.
މަސްކްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމަށް އިންޑިއާގައި ކޮންޓެންޓް ރެގިއުލޭޓްކުރުމާ ގުޅޭ ގާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖެހުމަކީ އަލަށް ދިމާވި ކަމެއް ނޫނެވެ. އިންޑިއާގެ ކޯޓަކުން 2023 ވަނަ އަހަރު ވަނީ މި ޕްލެޓްފޯމް 61،000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. މި ޖޫރިމަނާ ކޮށްފައިވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ފާޑުކިޔާ ޓްވީޓްތައް ޑިލީޓްކުރުމަށާއި އެފަދަ އެކައުންޓްތައް ބަންދުކުރަން ނެރެފައިވާ އަމުރުތަކާ ދެކޮޅަށް ހުށަހަޅާފައިވާ އިލްތިމާސް ބާތިލްކުރުމަށް ފަހުގަ އެވެ.
ގާތްގަނޑަކަށް އެއް އަހަރު ފަހުން، އެކްސްއިން ބުނެފައިވަނީ "ވަކި އެކައުންޓްތަކާއި ޕޯސްޓްތަކާ" ގުޅޭގޮތުން ސަރުކާރުން ނެރެފައިވާ ބްލޮކްކުރުމުގެ އަމުރުތަކާ ދެކޮޅަށް ހުށަހަޅާފައިވާ އިސްތިއުނާފު އަދިވެސް ކުރިއަށް ނުދާ ކަމަށެވެ.
އިންޑިއާގެ "ކޫ" ޓުވިޓާ ފަހަތަށް ޖައްސާލަން ނުކުމެއްޖެ
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި
އިޒްރޭލުން ފަލަސްތީނަށް ހަދާ ގޮތް ރަނގަޅު: ކަންގަނާ
ޓްވިޓާގެ ވެރިޔާ އާއި ޖޭ-ޒީގެ ބިޓްކޮއިން ފަންޑެއް
ވޮލްމާޓުން ވެސް ޓިކްޓޮކް ގަންނަން ނުކުމެއްޖެ
ފަރާ ބުނަނީ އޭނާއަށް ޖެމީ ލީވާ ޖެހި ޖޯކް މަޖާ ކަމަށް
މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތައް އަންހެނުންނަށް
ތުރުކީން އެކްސްގެ 700 އެކައުންޓް ބްލޮކްކުރަން އެދެފި