Roadha Mihaaru
މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތައް އަންހެނުންނަށް

އަންހެނުންގެ ދުވަހު ނަރެންދުރަ މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތައް އަންހެނުންނަށް

04 މާޗް 2020

މި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދިރަ މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ކޮންޓްރޯލް އަންހެނުންނަށް ދެއްވަން ނިންމަވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 8 ވަނަ ދުވަހު ފާހަގަކުރާ މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދިރަ މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ކޮންޓްރޯލް އަންހެނުންނަށް ދެއްވަން ނިންމަވައިފި އެވެ.

މޯދީ އަކީ ވަކިން ހާއްސަކޮށް ޓްވިޓާގައި ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން މި މަހުގެ 8 ވަނަ ދުވަހު މޯދީގެ ޓްވިޓާ އާއި އިންސްޓަގްރާމާއި ފޭސްބުކް އެކައުންޓްގެ ހުރިހާ ކޮންޓްރޯލެއް އޮންނާނީ އަންހެނުންނަށެވެ.

މިކަން ޓްވިޓާގައި އިއުލާންކުރައްވަމުން މޯދީ ވިދާޅުވީ މިކަމަކީ އެތައް މިލިއަން އަންހެނުންނަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށާއި މީގެ ބޭނުމަކީ އަންހެނުންނަށް އެ މީހުންގެ ވާހަކަތައް ހިއްސާކުރަން ފުރުސަތު ދެއްވުން ކަމަށެވެ. މިކަމަށް ވަނީ ހާއްސަ ހޭޝްޓެގެއް ވެސް ތައާރަފުކޮށްފަ އެވެ. އެއީ #ޝީއިންސްޕަޔާސް އެވެ. އެ ހޭޝްޓެގާ އަކީ އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންނަށް އެ މީހުންގެ ވާހަކަތައް މޯދީގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ހިއްސާކުރެވޭނެ އެވެ.

މޯދީ އަކީ ޓްވިޓާގައި 53.3، އިންސްޓަގްރާމްގައި 35.2 އަދި ފޭސްބުކްގައި 44 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ބޭފުޅެކެވެ.