05 ފެބުރުއަރީ 2022
ޓުވިޓާގެ ބަދަލުގައި ބޭނުންކުރަން އިންޑިއާގެ ބަޔަކު ހަދާފައިވާ "ކޫ" އެޕުން ޓުވިޓާ ފަހަތަށް ޖައްސާލާނެ ކަމަށް އެ އެޕްގެ ވެރިން ބުނެފި އެވެ.
ޓުވިޓާގެ ބަދަލުގައި ބޭނުންކުރަން އިންޑިއާގެ ބަޔަކު ހަދާފައިވާ "ކޫ" އެޕުން ޓުވިޓާ ފަހަތަށް ޖައްސާލާނެ ކަމަށް އެ އެޕްގެ ވެރިން ބުނެފި އެވެ.
އެ އެޕްގެ ކޯ ފައުންޑާ މަޔަންކް ބިދަވަތުކާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެމީހުންގެ އަމާޒަކީ ވެސް ޓުވިޓާގައި މިހާރު ތިބޭ 25 މިލިއަނަށް ވުރެ ގިނަ ޔޫސަރުން މިއަހަރުގެ ތެރޭގައި ހޯދައި، ޓުވިޓާ ފަހަތަށް ޖައްސާލުމެވެ.
މިދިޔަ އަހަރު އިންޑިއާގައި 20 މިލިއަން ފަހަރު "ކޫ" އެޕް ޑައުންލޯޑްކޮށްފައިވެ އެވެ. އެހެންވެ، އެއީ މާ ދުރުގައި އޮތް ކާމިޔާބީއެއް ކަމަކަށް އޭނާ ނުދެކެ އެވެ.
"މިހާރު މި އެޕްގައި 10 ބަސް ބޭނުންކުރެވޭ. މިއަހަރު ނިމޭއިރު މުޅި އިންޑިއާގެ ރަސްމީ 22 ބަހުން މި އެޕް ބޭނުންކުރެވޭނެ،" މަޔަންކް ބުންޏެވެ.
ޓުވިޓާއާ ދާދި އެއްގޮތް ފީޗާތަކެއް ހުންނަ "ކޫ" ލޯންޗުކުރީ، މިދިޔަ އަހަރު އިންޑިއާގެ ސަރުކާރާއި ޓުވިޓާ މެދު ހޫނު ބަހުސްތައް ހިނގި ދުވަސްވަރެވެ.
އެ ދެބަސްވުންތައް ހިނގީ، މިދިޔަ އަހަރު ދިގު މުއްދަތަކަށް ދެމިގެން ދިޔަ އިންޑިއާގެ ދަނޑުވެރިންގެ މުޒާހަރާގެ ތެރެއިން ސަރުކާރާ ދެކޮޅަށް މައުލޫމާތު ފަތުރާ އެކައުންޓްތަކެއް ބްލޮކް ކުރަން އެންގުމުންނެވެ. އެކަމަކު ޓުވިޓާއިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް
ޓްވިޓާގެ އެޑިޓް ބަޓަން މަސައްކަތްކުރާނެ ގޮތް!
އެޑިޓް ބަޓަންގެ މަސައްކަތް ޓުވިޓާއިން ފަށައިފި
ދެ މީހަކަށް އެކުގައި އެއް ޓުވީޓްކުރެވޭ ގޮތް ހަދަނީ
ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ" ޓެސްޓް ކުރަން ފަށައިފި
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް