04 މެއި 2022
ޓްވިޓާ އަށް ތައާރަފުކުރަން އުޅޭ އެޑިޓް ބަޓަން ފީޗާ މަސައްކަތް ކުރާ ގޮތް ދައްކާލައިފި އެވެ.
ޓްވިޓާ އަށް ތައާރަފުކުރަން އުޅޭ އެޑިޓް ބަޓަން ފީޗާ މަސައްކަތް ކުރާ ގޮތް ދައްކާލައިފި އެވެ.
އެ ފީޗާ މަސައްކަތް ކުރާނެ ގޮތް އާންމުންނަށް ދައްކާލީ، އެކި ކުންފުނިތަކުގެ ސިއްރު ފީޗާތައް އާންމުންނާ ހަމަ އަށް ތިލަކޮށްދިނުމުގައި އުޅޭ މީހެއް ކަމަށްވާ ޖޭން މެޝުން ވޮންގް އެވެ. އޭނާ ބުނި ގޮތުގައި އެއީ ވަރަށް ސިމްޕަލް ފީޗާއެކެވެ.
ކުރާ ޓްވީޓެއްގެ އޮޕަޝަން މެނޫ އަށް ދިއުމުން އެޑިޓް ބަޓަން ފެނެ އެވެ. އޭނާ ފާހަގަކުރ އެހެން ކަންކަމަކީ؛
- ޓްވީޓެއް އެޑިޓް ކުރެވެނީ އެ ޓްވީޓްކުރި ފަހުން 30 މިނެޓް ވަންދެން.
- އެ ބަޓަނަށް ފިތުމުން އާ ވިންޑޯއެއް ހުޅުވި، ޓްވީޓް އެޑިޓްކުރަން ތަފާތު އޮޕަޝަންތައް ލިބޭ.
- ޓްވީޓްގައި ހުރި ޓެކްސްޓް، ފޮޓޯ، ޖިފްސް އަދި ވީޑިއޯ ވެސް ބަދަލުކުރެވޭ.
- ޓްވީޓް އެޑިޓްކުރިކަން އެނގެން އިންނާނެ.
- އެ ޓްވީޓްގެ އެޑިޓިން ހިސްޓްރީ ވެސް ފެންނާނެ.
the current unreleased version of Edit Tweet reuploads media (images, videos, GIFs, etc) instead of reusing them. an inefficient use of the bandwidth and media processing power, might be lossy too. plus it turns my video into an image (mishandling media type) pic.twitter.com/HjoIA0CZhO
— Jane Manchun Wong (@wongmjane) May 2, 2022
އެޑިޓް ބަޓަނެއްގެ މަސައްކަތް ކުރަމުން އަންނަކަން ޓްވިޓާއިން ރަސްމީކޮށް އިއުލާންކުރީ މިދިޔަ މަހު އެވެ.
ޓުވިޓާ ބޭނުންކުރާ މީހުން، އެޑިޓް ބަޓަންއެއް ދިނުމަށް އެދޭތާ މިހާރު ކިތައްމެ އަހަރެއްވެއްޖެ އެވެ. އެއީ ކޮންމެ ދުވަހަކުހެން ދެކެވޭ ވާހަކައެކެވެ.
ޓުވިޓާއިން ބުނި ގޮތުގައި ވަރަށް އަވަހަށް އެ ފީޗާ ޓެސްޓްކުރަން ފަށާނެ އެވެ. އެންމެ ފުރަތަމަ އެ ފީޗާ ބޭނުންކުރެވޭ ގޮތް ހަދާނީ، މަހު ފީ ދައްކާ ގޮތަށް ޓްވިޓާ އަށް ސަބްސްކްރައިބް ކުރާ ފަރާތްތަކަށް އެކަންޏެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް
އެޑިޓް ބަޓަންގެ މަސައްކަތް ޓުވިޓާއިން ފަށައިފި
ދެ މީހަކަށް އެކުގައި އެއް ޓުވީޓްކުރެވޭ ގޮތް ހަދަނީ
ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ" ޓެސްޓް ކުރަން ފަށައިފި
އިންޑިއާގެ "ކޫ" ޓުވިޓާ ފަހަތަށް ޖައްސާލަން ނުކުމެއްޖެ
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ