25 ޖުލައި 2023
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވިޓާ ކުންފުނީގެ ނަމާއި ލޯގޯ އަދި ބްރޭންޑް އެ ކުންފުނިން ބަދަލުކޮށްފި އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓުވިޓާ ކުންފުނީގެ ނަމާއި ލޯގޯ އަދި ބްރޭންޑް އެ ކުންފުނިން ބަދަލުކޮށްފި އެވެ.
ޓުވިޓާގެ ވެރިޔާ، މަހުޖަނު އީލޮން މަސްކް ވަނީ ކުންފުނި ރީބްރޭންޑް ކުރި ކަން އިއުލާން ކުރައްވައިފަ އެވެ.
މި ގެނައި ބަދަލާ އެކު، މިދިޔަ 17 އަހަރު ޓުވިޓާ އިން ބޭނުންކުރަމުން އައި ނޫ ކުލައިގެ ދޫންޏެއް އިންނަ ލޯގޯ، އިނގިރޭސި "އެކްސް" އަކުރަކަށް ވަނީ ބަދަލުކޮށްފަ އެވެ. ނޫ ކުލައިގެ ބަދަލުގައި ބޭނުންކުރަނީ ކަޅާއި ހުދު ކުލަ އެވެ. ޓުވިޓާގެ ޑޮމެއިން x.com އަށް ބަދަލުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
— Elon Musk (@elonmusk) July 23, 2023
މަސްކް ވިދާޅުވި ގޮތުގައި، "ޓުވީޓް"ގެ ބަދަލުގައި އެ ޕްލެޓްފޯމުގައި ކުރާ ޕޯސްޓުތަކަށް ވެސް ދެން ކިޔާނީ "އެކްސް" އެވެ.
ޓުވިޓާ އާ ސީއީއޯ، ލިންޑާ ޔަކަރީނޯ ޔަގީންކަން ދެއްވި ގޮތުގައި، ރީބްރޭންޑް ކުރުމުން ކުންފުންޏަށް އާ ފުރުސަތުތައް ފަހިވާނެ އެވެ.
Our headquarters tonight pic.twitter.com/GO6yY8R7fO
— Elon Musk (@elonmusk) July 24, 2023
އާދައިގެ ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގެ ބަދަލުގައި "ވީ ޗެޓް" އާއި "ޕޭޓީއެމް" ކަހަލަ ތަފާތު އިތުރު ހިދުމަތްތައް ދޭ "ސުޕަ އެޕް"އަކަށް ޓުވިޓާ ބަދަލުކޮށްލުމަކީ ވެސް މަސްކްގެ ވިސްނުމެވެ. އެ ކުންފުނި ރީބްރޭންޑްކުރުމުގެ މައިގަނޑު މަގުސަދުކީ ވެސް އެއީ އެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
އެޑިޓް ބަޓަންގެ މަސައްކަތް ޓުވިޓާއިން ފަށައިފި
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި
"އެކްސް" އިން އެންމެންގެ އަތުން ފީ ނަގަން ފަށަނީ
"ޓްވިޓާ" ގައި ބްލޮކްކުރާ ފީޗާ އުވާލަނީ
ވެރިފައިޑް އެކައުންޓަކުން 8 ޑޮލަރު ނަގާނަން: މަސްކް
ކަންގަނާ ހުރީ ޓްވިޓާ އަލުން ލިބޭނެ ކަމުގެ އުއްމީދުގައި
މަސްކް، ޓްވިޓާ ގަތުމަށް ފަހު އެފުށް މިފުށަށް ޖަހަނީ