Roadha Mihaaru
އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި

އެކްސްގައި ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި

14 ޖޫން 2024

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ޕޯސްޓުތަކަށް ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގެ ޕޯސްޓުތަކަށް ލައިކް ދޭ މީހުން ނުފެންނަ ގޮތް ހަދައިފި އެވެ.

މި ފީޗާ އަކީ މީގެ ކުރިން އެކްސްގެ ޕްރިމިއަމް ޔޫޒާސް އަށް ދީފައި އޮތް އިހުތިޔާރެކެވެ.

އެކްސްގެ ވެރިޔާ އަދި މަހުޖަނު އީލޮން މަސްކް ވިދާޅުވީ އެ މީހަކު ބޭނުން އެއްޗަކަށް ލައިކް ދިނުމުގެ މިނިވަންކަން އޮންނަ ޖެހޭ ކަމަށެވެ. އަދި އެ މީހަކު ލައިކް ދޭ އެއްޗެއް، އަނެއް މީހާ އަށް ނޭނގޭ ގޮތަށް އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މި ގެނައި ބަދަލާ އެކު ޕޯސްޓަކަށް ލައިކް ދޭ މީހުން، އެ ޕޯސްޓުކުރި މީހާ ފިޔަވާ އެއްވެސް ބަޔަކަށް ނުފެންނާނެ އެވެ. ހަމައެކަނި ފެންނާނީ ލައިކް ދީފައި ހުރި އަދަދެވެ.

އީލޮކް އެކްސް ގަތް ފަހުން ވަނީ މި ޕްލެޓްފޯމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މި ޕްލެޓްފޯމްގެ ނަން ޓުވިޓާ އިން އެކްސް އަށް ބަދަލުކޮށް، މުޅި އެޕް ރީބްރޭންޑް ކުރި އެވެ. އަދި ޓުވީޓްގެ ނަން ޕޯސްޓަށް ބަދަލުކޮށް، ރިޓުވީޓްގެ ނަން ރީޕޯސްޓަށް ބަދަލުކުރި އެވެ. އަދި ސަބްސްކްރިބްޝަން އުސޫލުން ފީއެއް ނަގައިން އިތުރު ފީޗާތައް ބޭނުންކުރެވޭނެ ގޮތް ވަނީ ހަދައިފަ އެވެ.