Roadha Mihaaru
ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި

އިންތިހާބުތަކާ ބެހޭ ދޮގު ޚަބަރު ރިޕޯޓްކުރެވޭ ފީޗާ އެކްސް އިން ނަގައިފި

03 އޮކްޓޯބަރ 2023

އިންތިހާބުތަކާ ގުޅޭ ގޮތުން އެކްސް [ޓްވިޓާ] ގައި ފަތުރާ ދޮގު ވާހަކަތައް ރިޕޯޓްކުރެވޭ ފީޗާ އެ ޕްލެޓްފޯމުން ނަގައިފި އެވެ.

އިންތިހާބުތަކާ ގުޅޭ ގޮތުން އެކްސް [ޓްވިޓާ] ގައި ފަތުރާ ދޮގު ވާހަކަތައް ރިޕޯޓްކުރެވޭ ފީޗާ އެ ޕްލެޓްފޯމުން ނަގައިފި އެވެ.

އޮސްޓްރޭލިއާގެ "ރިސެޓް.ޓެކް" އިން ބުނީ މި ފީޗާ މިހާރު ލިބެނީ ހަމައެކަނި ޔޫރަފިއަން ޔުނިއަންގެ ގައުމުތަކަށް ކަމަށެވެ.

މަހުޖަނު އީލޮން މަސްކުގެ އެކްސް އިން މި ފީޗާ ނެގީ އޮސްޓްރޭލިއާގެ އަސްލު ރަށްވެހިންނަށް އިތުރު ހައްގުތައް ދިނުމާ ގުޅޭ ގޮތުން ފެންނަނުފެންނަ ވޯޓެއް ނެގުމާއި އަންނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބު ވެސް ކުރިމަތީގައި އޮއްވަ އެވެ. އެހެންވެ އެކްސްގެ މި ނިންމުމާ މެދު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އޮސްޓްރޭލިއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި މިއީ މުޅި ތާރީހުގައި ވެސް އިންތިހާބަކާ ބެހޭ ގޮތުން އެ ގައުމުގައި އެންމެ ގިނަ ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރާ ފަހަރު ކަމަށެވެ.

އެކްސް އިން މި ފީޗާ އެމެރިކާ، އޮސްޓްރޭލިއާ، ދެކުނު ކޮރެއާ އަށް ވެސް 2021 ވަނަ އަހަރުން ފެށިގެން މި ފީޗާ ދީފައިވެ އެވެ. އޭގެ ފަހުން މިދިޔަ އަހަރު އޮސްޓްރޭލިއާ، ފިލިޕިންސް އަދި ސްޕެއިނަށް ވެސް މި ފީޗާ ދިނެވެ.