Roadha Mihaaru
ވެރިފައިޑް އެކައުންޓަކުން 8 ޑޮލަރު ނަގާނަން: މަސްކް

ޝަކުވާ ކުރިޔަސް، ވެރިފައިޑް އެކައުންޓަކުން މަހަކު 8 ޑޮލަރު ނަގާނަން: މަސްކް

02 ނޮވެމްބަރ 2022

ޓްވިޓާގައި ވެރިފައިކުރާ އެކައުންޓްތަކުން މަހަކު 8 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ކުންފުނީގެ އާ ވެރިޔާ މަހުޖަނު އީލޮން މަސްކް ބުނެފި އެވެ.

ޓްވިޓާގައި ވެރިފައިކުރާ އެކައުންޓްތަކުން މަހަކު 8 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށް ކުންފުނީގެ އާ ވެރިޔާ މަހުޖަނު އީލޮން މަސްކް ބުނެފި އެވެ.

އެންމެ ނުފޫޒު ގަދަ އެއް ސޯޝަލް މީޑިއާ ނެޓްވޯކް 44 ބިލިއަން ޑޮލަރަށް ގަތުމަށް ފަހު ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި އެންމެ ބޮޑު ބަހުސަކަށް މިހާރު ވެފައި އޮތީ ވެރިފައިޑް އެކައުންޓްތަކުން ފީ ނެގުމުގެ މައްސަލަ އެވެ.

މިކަމުގައި ޝަކުވާ ބޮޑުވެ އެކި ވާހަތަކައް ދައްކަނިކޮށް މަސްކް ކުރި ޓްވީޓެއްގައި ބުނީ "ޝަކުވާކުރާ މީހުން ޝަކުވާކުރަންވީ" ކަމަށާއި އެކަމަކު ވެރިފައިޑް އެކައުންޓަކުން 8 ޑޮލަރުގެ ފީއެއް ނަގާނެ ކަމަށެވެ. މަސްކް ވަނީ ޓްވިޓާގައި ވެރިފައި ނުކުރާ، ނޫކުލައިގެ ފާހަގަ ނެތް އެންމެންނަކީ "ބައެއް ނޫން" ކަމަށް ސިފަކޮށް މަސްކްގެ ޓްވީޓްގައި ބުނެފައި ވަނީ ބާރު ލިބޭނީ ވެރިފައިކުރާ މީހުންނަށް ކަމަށެވެ.

މަސްކް ބުނެފައިވާ ގޮތުގައި 8 ޑޮލަރުގެ ފީއެއް ނެގި ނަމަވެސް ގައުމުތަކުގެ ނިސްބަތަށް ބަލައި އެކި ގައުމުތަކުގައި އަގު ބަދަލުވެދާނެ ކަމަށެވެ. އަދި ވެރިފައިކުރާ މީހުންނަށް، ރިޕްލައި ކުރުމާއި ސާޗުކުރުމާއި ދިގު ވީޑިއޯ/އޯޑިއޯ ލެވޭނެ ގޮތް ވެސް ހަދާނެ ކަމަށް ބުންޏެވެ.

ފާޑުކިޔާ މީހުން ގެންދަނީ ވެރިފައިކުރުމުގައި ޓްވިޓާއިން ގެންނަން އުޅޭ ބަދަލުތަކާއި އަގުގެ މައްސަލާގައި ދެކޮޅަށް ވާހަކަ ދައްކަމުންނެވެ.