23 ޖޫން 2022
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ "ޓެކް ކްރަންޗް" އިން ބުނީ "ޓުވިޓާ ނޯޓްސް" ކިޔާ އެ ފީޗާ ވަރަށް އަވަހަށް ތައާރަފުކުރުމުގެ މަސައްކަތް ޓުވިޓާއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެ ކަހަލަ ފީޗާއެއް ތައާރަފުކުރަން އުޅޭ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ދެކެވޭތާ ވެސް މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެ.
Twitter Article looks pretty polished at this stage pic.twitter.com/oAc6LXCKOy
— jane (@wongmjane) May 4, 2022
އެޕް ރިސާޗަރެއް ކަމަށްވާ ޖޭން މަންޗުން ވޮންގް މިދިޔަ މަހު ވަނީ އެ ފީޗާ ކަމަށް ބެލެވޭ ސްކްރީންޝޮޓްތަކެއް ޓުވިޓާގައި އާންމުކޮށްފަ އެވެ. އޭގެން އެނގުނު ގޮތުގައި، އެ ފީޗާ ފަރުމާކޮށްފައި ވަނީ ބްލޮގް ޕޯސްޓް ކުރާ ގޮތަށް ދިގުކޮށް އާޓިކަލް ލިޔެ، ފޮޓޯ އަޕްލޯޑްކޮށް، ލިންކް އަދި ޓުވީޓް ވެސް އެމްބެޑް ކުރެވޭ ގޮތަށެވެ.
ޓެކް ކްރަންޗް އިން ބުނި ގޮތުގައި އެ ފީޗާ އަށް ކިޔަން ނިންމާފައި ނަމަކީ "ނޯޓްސް" އެވެ. ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށް ބެލެވޭ އެ ފީޗާގެ އިތުރު ޓެސްޓުތައް ހަދަމުން އަންނަ ކަމަށް ބުންޏެވެ.
ކުރު އާޓިކަލް ލިޔެވޭ ފީޗާ ވާނީ ޓުވިޓާ އަށް އަންނަ ވަރަށް ބޮޑު ބަދަލަކަށެވެ. އެއީ މިހާރު ޓުވީޓެއް ލިޔަން ގިނަވެގެން ބޭނުންކުރެވެނީ އެންމެ 280 އަކުރަށްވެފައި، އެއަށް ވުރެ ދިގުކޮށް ލިޔަން ބޭނުންވާ ނަމަ ޖެހެނީ ޓުވިޓާ ތުރެޑެއް ހަދާށެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ޓްވިޓާގެ އެޑިޓް ބަޓަން މަސައްކަތްކުރާނެ ގޮތް!
އެޑިޓް ބަޓަންގެ މަސައްކަތް ޓުވިޓާއިން ފަށައިފި
ދެ މީހަކަށް އެކުގައި އެއް ޓުވީޓްކުރެވޭ ގޮތް ހަދަނީ
ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ" ޓެސްޓް ކުރަން ފަށައިފި
އިންޑިއާގެ "ކޫ" ޓުވިޓާ ފަހަތަށް ޖައްސާލަން ނުކުމެއްޖެ
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ