02 އެޕްރީލް 2022
ދެ މީހަކަށް އެކުގައި އެއް ޓުވީޓެއް ކުރެވޭނެ "ކޯ އޯދާ" ފީޗާއެއް ތައާރަފުކުރުމަށް ޓުވިޓާ އިން ޓެސްޓްތައް ހަދަން ފަށައިފި އެވެ.
ދެ މީހަކަށް އެކުގައި އެއް ޓުވީޓެއް ކުރެވޭނެ "ކޯ އޯދާ" ފީޗާއެއް ތައާރަފުކުރުމަށް ޓުވިޓާ އިން ޓެސްޓްތައް ހަދަން ފަށައިފި އެވެ.
ޓެކްނޮލޮޖީގެ ޚަބަރުތައް ގެނެސްދޭ ޓެކް ކްރަންޗް އިން ރިޕޯޓްކުރި ގޮތުގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފަށައިގެން ޓުވިޓާ އިން އަންނަނީ އެ ފީޗާ ޓެސްޓްކުރަމުންނެވެ.
ހަމަ އެ ކަހަލަ ފީޗާއެއް އިންސްޓަގްރާމުން ވެސް މިދިޔަ އަހަރު ތައާރަފުކޮށްފައިވެ އެވެ.
#Twitter continues to work on the Collabs feature ?
— Alessandro Paluzzi (@alex193a) March 29, 2022
Let's see how it works ?? pic.twitter.com/Co7uOUVxzN
ރިޕޯޓްތައް ބުނާ ގޮތުގައި، ދެ މީހަކަށް އެކުގައި އެއް ޓުވީޓް ކުރެވޭނީ ދެމީހުން އެކައުންޓް ވެސް ނަމަ އެވެ. އަދި ދެ މީހުން އެކަކު، އަނެކަކަށް ފޮލޯކުރަން ވެސް ޖެހެ އެވެ. އަދި އެކުގައި ޓުވީޓެއް ކުރުމަށް ފުރަތަމަ ޖެހޭނީ، ދެވަނަ މީހާ އަށް ދައުވަތު ދޭށެވެ. ޓުވީޓް ކުރެވޭނީ އޭނާ އެ ދައުވަތު ގަބޫލުކުރުމުންނެވެ.
އެ ޓުވީޓް ކުރުމުން ދެ މީހުންގެ ޕްރޮފައިލް ފޮޓޯ އާއި އައިޑީއާ އެކު ފެންނާނެ އެވެ.
އެ ފީޗާ އާންމުކޮށް ދޫކޮށްލާނެ ތާރީހެއް އަދި އިއުލާންނުކުރެ އެވެ.
އެކްސް ބޭނުންކުރާ ނަމަ އެއް ޑޮލަރު ނަގަން ފަށަނީ
ޓުވިޓާގެ ނަން "އެކްސް" އަށް ބަދަލުކޮށްފި
ޓުވިޓާގައި ޑޭޓިން އެޕެއްގެ ފީޗާތައް ހިމަނަން ވިސްނަނީ
ޓުވިޓާގައި ކުރު އާޓިކަލް ލިޔެވޭ ފީޗާއެއް
ޓްވިޓާގެ އެޑިޓް ބަޓަން މަސައްކަތްކުރާނެ ގޮތް!
އެޑިޓް ބަޓަންގެ މަސައްކަތް ޓުވިޓާއިން ފަށައިފި
ޓްރަމްޕްގެ އަމިއްލަ "ޓުވިޓާ" ޓެސްޓް ކުރަން ފަށައިފި
އިންޑިއާގެ "ކޫ" ޓުވިޓާ ފަހަތަށް ޖައްސާލަން ނުކުމެއްޖެ
ޓިކްޓޮކަށް ވެސް "ސްޓޯރީސް" އަންނަނީ
ޝާހުއަށް މަލާމަތްކުރުމުން މައްސަލަ ހޫނުވެއްޖެ