އިންޑިއާގައި އެކްސްގެ 8،000 އަށް ވުރެ ގިނަ އެކައުންޓް ބްލޮކް ކުރަން ސަރުކާރުން އަންގާފައިވާ ކަމަށް އެކްސް އިން ބުނެފި އެވެ.
އިންޑިއާގައި އެކްސްގެ 8،000 އަށް ވުރެ ގިނަ އެކައުންޓް ބްލޮކް ކުރަން ސަރުކާރުން އަންގާފައިވާ ކަމަށް އެކްސް އިން ބުނެފި އެވެ.
އެކްސް އިން ބުނީ މިއީ ސަރުކާރުން "ސެންސަރުކުރުން" ކަމަށާއި މިކަން ކުރަން އެކްސް އިން ކުރަން ބޭނުން ނުވިޔަސް ސަރުކާރުގެ އެންގުން ތަންފީޒުކުރަމުން އަންނަ ކަމަށެވެ.
މިއީ ޕާކިސްތާނާ އެކު އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެ، ހަމަނުޖެހުންތައް އިތުރުވަމުންދާތީ ޕާކިސްތާނުގެ ސިޔާސީ ފަރާތްތަކާއި ސެލެބްރިޓީންނާއި މީޑިއާތަކުގެ ސޯޝަލް މީޑިއާ އެކައުންޓްތައް ހުއްޓުވުމަށް އިންޑިއާއިން ކުރަމުންދާ ފުޅާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
އެކްސް އިން ބުނީ އެ އަމުރުގައި ބައިނަލްއަގުވާމީ ނިއުސް އޯގަނައިޒޭޝަންތަކާއި މަޝްހޫރު ބައެއް މީހުންގެ އެކައުންޓުތައް ބްލޮކްކުރަން ބުނެފައިވާ ކަމަށެވެ. އެކްސް އަށް މި އަމުރު އައިސްފައި މި ވަނީ އިންސްޓަގްރާމްގައި ހިންގާ އިންޑިއާގެ މުސްލިމުންގެ މުހިންމު ނިއުސް ޕޭޖެއް ބްލޮކް ކުރަން އިންޑިއާ ސަރުކާރުން މެޓަ ކުންފުންޏަށް އަންގައިގެން އެ އަމުރު ތަންފީޒުކުރިތާ އެއް ދުވަސް ފަހުންނެވެ.
"އިންޑިއާގައި 8،000 އަށް ވުރެ ގިނަ އެކައުންޓް ބްލޮކް ކުރުމަށް ސަރުކާރުން އަމުރުކޮށްފައި ވާއިރު އެއާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ ބޮޑެތި އަދަބުތައް ދޭނެ ކަމަށް ބުނެފައިވޭ. އޭގެ ތެރޭގައި ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިވުމާއި އެކްސްގެ އިންޑިއާ މުވައްޒަފުން ޖަލަށް ލުން ވެސް ހިމެނޭ،" އެކްސްގެ ގްލޯބަލް އެފެއާޒުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ބްލޮކްކުރަން އަންގާފައިވާ ގިނަ އެކައުންޓްތަކުން އިންޑިއާގެ ގާނޫނުތަކާ ހިލާފުވީ ކޮން ޕޯސްޓުތަކެއްކަން ބަޔާންކޮށްފައި ނުވާ ކަމަށާއި ގިނައީ އެއްވެސް ހެއްކެއް އަދި ސަބަބެއް ވެސް ހުށަހަޅާފައި ނުވާ އެކައުންޓުތައް ކަމަށް އެ ބަޔާނުގައިވެ އެވެ.
އީލޮން މަސްކްގެ ޕްލެޓްފޯމުން ބުނީ އެ ޑިމާންޑަށް އެކްސް އިން އެއްބަސް ނުވާ ކަމަށާއި ނަމަވެސް އެކައުންޓްތައް ބްލޮކް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އެކައުންޓެއް އެއްކޮށް ބްލޮކްކުރުމަކީ ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ މިހާރު ހުރި ކޮންޓެންޓާއި ދެން އަންނަ ހުރި ކޮންޓެންޓު ވެސް ސެންސަރުކުރުމެވެ. އަދި މިއީ ހިޔާލު ފާޅުކުރުމުގެ އެންމެ އަސާސީ އުސޫލުތަކާ ހިލާފުވުމެވެ." ބަޔާނުގައިވެ އެވެ.
އެކްސް އިން ބުނީ މިއީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެކްސް އަށް އިންޑިއާގައި އެކްސެސް ވެވޭނެ ގޮތަކަށް ބޭއްވުމަކީ ގައުމުގެ އެންމެންނަށް މައުލޫމާތު ފެތުރުމުގައި މުހިންމު ކަމަކަށް ވާނެ ކަމަށެވެ.
އެކްސް އިން ބުނީ އިންޑިއާގެ އެގްޒެކެޓިވް އަމުރުތައް އާންމުކުރެވެން ނެތީ ގާނޫނީ ގޮތުން ހުރި ހުރަސްތަކުގެ ސަބަބުން ކަމަށާއި ނަމަވެސް މި އަމުރުތަކުގެ އަސަރުކުރި މީހުންނަށް ކޯޓުތަކުން ކޮންމެވެސް ހައްލެއް ހޯދިދާނެ ކަމަށެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ 26 މީހަކު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން އުފުލަން ޖެހޭނެ ކަމަށް ބުނެ އިންޑިއާއިން ވަނީ ޕާކިސްތާނަށް މިސައިލުން ހަމަލާތައް ދީފަ އެވެ. އަދި ދެ ގައުމުން ޑްރޯނުން ހަމަލާދެމުން ދާއިރު މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެ ހަނގުރާމައެއްގެ ބިރު ބޮޑުވެފަ އެވެ. މި ދަނޑިވަޅު މީޑިއާގައި މައުލޫމާތު ކޮންޓްރޯލްކުރުމަށް އިންޑިއާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި
އިންޑިއާގެ 77 ޑްރޯން ވައްޓާލައިފިން: ޕާކިސްތާން
އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން
ހަމަލާގައި ޕާކިސްތާނުން 31، އިންޑިއާއިން 12 މަރު
ޕާކިސްތާނުން ބުނަނީ އިންޑިއާގެ 5 ޖެޓް ވައްޓާލި ކަމަށް
އިންޑިއާގެ ދެ ޖެޓް ވައްޓާލިން: ޕާކިސްތާން
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީ ބަޔަކު މަރާލައިފި