އިންޑިއާ އާއި ޕާކިސްތާނު ސިފައިން މިފަހަރު ކުރިމަތިލުމަކަށް ދިއުމުގެ ކުރިން ތިބި ހިސާބަށް މި މަސް ނިމުމުގެ ކުރިން ފަހަތަށް ޖެހެން އެއްބަސްވެއްޖެ އެވެ.
އިންޑިއާ އާއި ޕާކިސްތާނު ސިފައިން މިފަހަރު ކުރިމަތިލުމަކަށް ދިއުމުގެ ކުރިން ތިބި ހިސާބަށް މި މަސް ނިމުމުގެ ކުރިން ފަހަތަށް ޖެހެން އެއްބަސްވެއްޖެ އެވެ.
ކަޝްމީރުގެ އިންޑިއާ ސަަރަހައްދުގައި އާންމުންގެ 26 މީހަކު މަރާލި ހާދިސާއާ ގުޅުވައި އިންޑިއާއިން ޕާކިސްތާނަށް ހަމަލާ ދިނުމުން ފެށުނު ކުރިމަތިލުމާ އެކު ދެ ގައުމުގެ ބޯޑަރު ކައިރިއަށް ސިފައިން ވަނީ ޖަމާކޮށްފަ އެވެ. ވައިގެ މަގުން އަދި ބޯޑަރު ހުރަސްކޮށް ދިން ހަަމަލާތަކުގައި ދެ ގައުމުން 70 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން ކުއްލި ގޮތަކަށް ދެ ގައުމު އެއްބަސްވުމަކަށް އައިސް ހަމަލާތައް ހުއްޓުމަކަށް ގެނައީ އެވެ.
"ހަނގުރާމައިގެ ކުރިން ސިފައިން ތިބި ހިސާބަށް މެއި މަސް ނިމުމުގެ ކުރިން އަނބުރާ ގެންދާނެ،" މީޑިއާއާ ވާހަކަ ދެއްކުމުގެ ހުއްދަ ނެތުމުން، ނަން ނުޖެހުމަށް ޝަރުތުކޮށް ސެކިއުރިޓީ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ ކަޝްމީރުގެ ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ގެ ނަން ދީފައިވާ، ކަޝްމީރުގެ ޑި ފެކްޓޯ ބޯޑަރު ސަރަހައްދަށް ފޮނުވި އިތުރު ސިފައިންނާއި އަސްކަރީ އާލާތްތައް މަޑުމަޑުން ފަހަތަށް ޖެއްސުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ ކަމަށެވެ.
ޕާކިސްތާނުން މި ވާހަކަ ދެއްކީ، ބޯޑަރުތަކާއި ފޯވާޑް ޕޮޒިޝަންތަކުގައި ތިބި ސިފައިން މަދުކުރުމަށް މަގުފަހިކުރުމަށް ވަގުތުން ފިޔަވަޅުތައް އަޅަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާކަން މިދިޔަ ހަފުތާގައި އިންޑިއާގެ އަސްކަރިއްޔާއިން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
"މި ހުރިހާ ކަމެއް ދިހަ ދުވަސް ތެރޭ ފުރިހަމަކުރަން އެއްބަސްވީ. އެކަމަކު ދިމާވި ބައެއް ކަންކަމާ ހެދި ލަސްތަކެއް ކުރިމަތިވީ،" ޕާކިސްތާނުގެ އޮފިޝަލް ވިދާޅުވި އެވެ.
ކަޝްމީރަކީ އިންޑިއާ އާއި ޕާކިސްތާނަށް 1947 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ދެ ގައުމުން ވެސް މިލްކުވެރިކަމަށް ދައުވާކުރާ ސަރަހައްދެކެވެ.
ޕާކިސްތާނުން އިންޑިއާގެ ޖެޓެއް ވައްޓާލިކަމަށް ބުނެވިއްޖެ
ޕާކިސްތާނުގެ ނިއުކްލިއާ އދ އިން ބަލަންޖެހޭ: އިންޑިއާ
ނިއުކްލިއާ ބްލެކްމެއިލްއަކަށް އިންޑިއާ ނުސިހޭނެ: މޯދީ
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
އިންޑިއާ އާއި ޕާކިސްތާނުގެ ހަމަލާތައް ވަރުގަދަ ދުވަހެއް
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި
އެކްސްގެ 8،000 އެކައުންޓް އިންޑިއާގައި ބްލޮކްކުރަނީ
އިންޑިއާގެ 77 ޑްރޯން ވައްޓާލައިފިން: ޕާކިސްތާން
އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން