އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް އިންޑިއާއިން ރޭ ވެސް ޕާކިސްތާނަށް އިތުރު ހަމަލާތަކެއް ދިނުމާ އެކު ޕާކިސްތާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން މަސްރަހު އިތުރަށް ނާމާންވެއްޖެ އެވެ.
އިންޑިއާއިން ޕާކިސްތާނަށް ދިން ހަމަލާތަކުގެ ބަދަލުހިފާނެ ކަމުގެ އިންޒާރު ދެމުން ދަނިކޮށް އިންޑިއާއިން ރޭ ވެސް ޕާކިސްތާނަށް އިތުރު ހަމަލާތަކެއް ދިނުމާ އެކު ޕާކިސްތާނުން ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދިނުމުން މަސްރަހު އިތުރަށް ނާމާންވެއްޖެ އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ އާންމުންގެ ބަޔަކު މަރާލި ހާދިސާގެ ޒިންމާ ޕާކިސްތާނުން ނަގަންޖެހޭނެ ކަމަށް ބުނެ އިންޑިއާއިން އިސްވެ ޕާކިސްތާނާއި ކަޝްމީރުގެ ނުވަ ތަނަކަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދިނެވެ. އެއީ ޓެރަރިސްޓުންގެ މަރުކަޒުތަކަށް ދިން ހަމަލާތަކެއް ކަމަށް އިންޑިއާއިން ބުނި ނަމަވެސް ޕާކިސްތާނުން ބުނަމުންދަނީ ހަމަލާތަކުގައި މަރުވީ ކުށެއް ނެތް އާންމުން ކަމަށެވެ.
އެހެންވެ އެކަމުގެ ބަދަލު ހިފާނީ އިންޑިއާގެ އަސްކަރީ މަގާމުތަކަށް ހަމަލާދީގެން ކަމަށް ބުނެފައި ވަނިކޮށް ޕާކިސްތާނުގެ ވައިގެ ސިފައިންގެ ތިން މަރުކަޒަކަށް އިންޑިއާއިން ރޭ ވަނީ ހަމަލާދީފަ އެވެ. އޭގެ ތެރެއިން އެއް ހަމަލާ، ވެރިރަށް އިސްލާމްއާބާދީ އެންމެ ދިހަ ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ރާވަލްޕިންޑީގެ މަރުކަޒަކަށް ވެސް ދިނެވެ.
އިންޑިއާގެ ޖަލަންދަރަށް ވެއްޓިފައިވާ ގޮވާއެއްޗެއްގެ ބައިތައް ކައިރީ އިންޑިއާ ފުލުހުން. -- ފޮޓޯ: އޭއެފްޕީ
ޕާކިސްތާނުން ރައްދު ދިނީ އޭގެ އިރުކޮޅެއް ފަހުން ޕާކިސްތާނުގެ ދައުލަތުގެ ޓީވީން ރޭ ގެ ވަގުތެއްގައި ދެއްކި ލައިވް ބްރޯޑްކާސްޓެއްގައި ޕާކިސްތާނުގެ އަސްކަރިއްޔާގެ ތަރުޖަމާނު އަހުމަދު ޝަރީފް އިންޑިއާއަށް އިންޒާރު ދެއްވުމަށް ފަހުގަ އެވެ.
އިންޑިއާގެ ވިންގް ކޮމާންޑަރު ވްޔޯމިކާ ސިންގް މިއަދު ޕްރެސް ބްރީފިންއެއްގައި ވިދާޅުވީ ޕާކިސްތާނުން އިންޑިއާގެ ވައިގެ ސިފައިންގެ މަރުކަޒުތަކަށް ހަމަލާ ދިނުމަށް ބާރު ސްޕީޑްގައި ދަތުރުކުރާ މިސައިލް ބޭނުންކުރި ކަމަށެވެ. އެކަމަކު ހަމަލާތަކުގައި އިކުއިޕްމަންޓަށް މާބޮޑު ގެއްލުމެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ކަޝްމީރުން ޕާކިސްތާނުގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން ރޭގަނޑު ދިން ހަމަލާތަކުގައި އާންމުންގެ 11 މީހަކު ވަނީ މަރުވެފަ އެވެ.
ހަމަލާތަކަށް ފަހު ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި ވިދާޅުވީ "އިންޑިއާއަށް އެކަށީގެންވާ ޖަވާބެއް ދީ، ކުށެއް ނެތް ރައްޔިތުންގެ ލޭގެ ބަދަލު ހިފިއްޖެ" ކަމަށެވެ.
ޕާކިސްތާނުން ރޭ އިންޑިއާއަށް ހަމަލާދިން ވަގުތު ޖައްމޫގެ މަތިން އިންޑިއާގެ ވައިގެ ދިފާއީ ނިޒާމުގެ ރައްދު ހަމަލާތައް ދޭ މަންޒަރު. -- ފޮޓޯ: އޭއެފްޕީ
ހަނގުރާމަމަތީ ޖެޓުތަކާއި މިސައިލާއި ޑްރޯން އަދި އާޓިލަރީ ފަދަ ހަތިޔާރުން ދެމުންދާ ހަމަލާތަކަކީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މި ދެ ގައުމުގެ މެދުގައި ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. އެ ހަމަލާތަކުގައި އިންޑިއާ އާއި ޕާކިސްތާނުން އާންމުންގެ 60 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.
ނިއުކްލިއާ ދެ ބާރުގެ ހަނގުރާމައަކާ ދިމާލަށް ދާއިރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ދެ ގައުމުގެ އޮފިޝަލުންނަށް އެތައް ފަހަރަކު ގުޅުއްވައި، ދެ ގައުމުން ސީދާ ވާހަކަ ދައްކައިގެން މި ހަމަލާތަކުގެ ގެއްލުން ކުޑަކުރުމަށް ގޮވާލައްވައިފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓެމީ ބްރޫސް ވިދާޅުވި ގޮތުގައި ރޫބިއޯ ވަނީ ދެ ފަރާތުން ވެސް ނުތަނަވަސްކަން ކުޑަކުރެވޭނެ ގޮތްތަކެއް ހޯދުމަށާއި ސީދާ މުއާމަލާތްތައް އަލުން ފަށަންޖެހޭކަން ފާހަގަކުރައްވައިފަ އެވެ.
ހަމަނުޖެހުންތައް ފެށުނު ފަހުން ފުރަތަމަ ފަހަރަށް ރުބިއޯ ވަނީ ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާއާ ވެސް ވާހަކަ ދައްކަވައިފަ އެވެ. އަދި ސިނާއީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު ބައިވެރިވާ ޖީ7 ސަމިޓު ފެށުމާ ދިމާކޮށް ޗައިނާއިން ވެސް ވަނީ ދެ ގައުމުން މަސްރަހު އިތުރަށް ގޯސްވާނެ ގޮތަކަށް އަމަލު ނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.
ދުވަސްތަކެއް ފަހުން ކަޝްމީރުގައި ހަމަލާނުދޭ ރެއެއް
އިންޑިއާ އާއި ޕާކިސްތާނުން ހަމަލާތައް ހުއްޓާލައިފި
ޕާކިސްތާނުން އިންޑިއާއަށް ހަމަލާދޭން ފަށައިފި
އެކްސްގެ 8،000 އެކައުންޓް އިންޑިއާގައި ބްލޮކްކުރަނީ
އިންޑިއާގެ 77 ޑްރޯން ވައްޓާލައިފިން: ޕާކިސްތާން
އިންޑިއާގެ 25 ޑްރޯން ވައްޓާލިން: ޕާކިސްތާން
ހަމަލާގައި ޕާކިސްތާނުން 31، އިންޑިއާއިން 12 މަރު
ޕާކިސްތާނުން ބުނަނީ އިންޑިއާގެ 5 ޖެޓް ވައްޓާލި ކަމަށް
އިންޑިއާގެ ދެ ޖެޓް ވައްޓާލިން: ޕާކިސްތާން
އިންޑިއާއިން ޕާކިސްތާނަށް ހަމަލާދީ ބަޔަކު މަރާލައިފި