އިންޑިއާގައި ރޮއިޓާސް ނިއުސް އެޖެންސީގެ ދެ އެކައުންޓެއް ވެސް ހިމެނޭ ގޮތަށް ދެ ހާހަށް ވުރެ ގިނަ އެކައުންޓް ބްލޮކް ކުރުމަށް ސަރުކާރުން އަމުރުކުރި މައްސަލައިގައި އެކްސް އިން ފާޑުކިޔައިފި އެވެ.
އިންޑިއާގައި ރޮއިޓާސް ނިއުސް އެޖެންސީގެ ދެ އެކައުންޓެއް ވެސް ހިމެނޭ ގޮތަށް ދެ ހާހަށް ވުރެ ގިނަ އެކައުންޓް ބްލޮކް ކުރުމަށް ސަރުކާރުން އަމުރުކުރި މައްސަލައިގައި އެކްސް އިން ފާޑުކިޔައިފި އެވެ.
މި އެކައުންޓްތައް ބްލޮކް ކުރުމަށް ސަރުކާރުން އެންގިކަން އަންގާރަ ދުވަހު އެކްސް އިން ހާމަކޮށް، އިންޑިއާ ސަރުކާރުން ގެންގުޅޭ ސެންސަޝިޕްގެ ސިޔާސަތާ މެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އޭގެ ފަހުން ވަނީ ބްލޮކް ކުރި ގިނަ އެކައުންޓްތަކެއް އަލުން ދޫކޮށްފަ އެވެ. އަދި އިންޑިއާ ސަރުކާރުން ވަނީ އެ އެކައުންޓްތަކަށް ނުވަދެވޭ ގޮތް ހެދުމުގައި ސަރުކާރުގެ ދައުރެއް ނެތް ކަމަށް ބުނެފަ އެވެ.
އިންޑިއާ އަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށް ވާއިރު އެ ގައުމު ހިމެނެނީ ސޯޝަލް މީޑިއާ ކޮންޓެންޓް ބްލޮކް ކުރުމަށް އެންމެ ގިނައިން އަންގާ ފަސް ގައުމުގެ ތެރޭގަ އެވެ.
"ޖުލައި 3، 2025 ގައި އިންޑިއާ ސަރުކާރުން އެކްސް އަށް ވަނީ 2،355 އެކައުންޓެއް އިންޑިއާގައި ބްލޮކް ކުރުމަށް އަންގާފައި. މީގެ ތެރޭގައި ރޮއިޓާސް އަދި ރޮއިޓާސް ވޯލްޑްގެ އެކައުންޓް ވެސް ހިމެނޭ،" އެކްސްގެ ގްލޯބަލް ގަވަމެންޓް އެފެއާޒް ޓީމުން ނެރުނު ބަޔާނުގައި ބުންޏެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އިން، ވަކި ސަބަބެއް ދެއްކުމަކައި ނުލައި ވަނީ އެއް ގަޑިއިރުގެ ތެރޭގައި އެކައުންޓްތައް ބްލޮކް ކުރުމަށާއި ވަކި ގޮތެއް އަންގަންދެން އެކައުންޓްތައް ބްލޮކް ކޮށްފައި ބެހެއްޓުމަށް އެންގި ކަމަށް އެ ބަޔާނުގައިވެ އެވެ.
އިންޑިއާގެ ކަމާބެހޭ މިނިސްޓްރީގެ ތަރުޖަމާނަކު ވަނީ މިފަދަ އަމުރެއް ނެރުނު ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އަދި ވިދާޅުވީ ބައިނަލްއަގުވާމީ މަޝްހޫރު ނިއުސް ޗެނަލެއް ބްލޮކް ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ތަރުޖަމާނު ވިދާޅުވީ ރޮއިޓާސްގެ ދެ އެކައުންޓެއް އިންޑިއާގައި ބްލޮކްކޮށްފައިވާކަން އެނގުމާ އެކު އަންބްލޮކް ކުރުމަށް ސަރުކާރުން އެކްސްގައި އެދުނު ކަމަށެވެ.
މި އެކައުންޓްތައް ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ބްލޮކް ކުރުމަށް ފަހު ވަދެވެން ފެށީ އޭގެ އަނެއް ދުވަހު އެވެ.
އެކްސްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވީ ސަރުކާރުގެ އަމުރަށް ތަބާނުވެއްޖެ ނަމަ ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭތީ އެކައުންޓްތައް ބްލޮކްކުރީ ކަމަށާއި އެކަމަކު އާންމުންގެ ޝަކުވާ ބޮޑުވުމުން ރޮއިޓާސްގެ އެކައުންޓްތައް އަންބްލޮކް ކުރަން އެންގުމުން އަންބްލޮކް ކުރީ ކަމަށެވެ.
ބޮޑުވަޒީރުކަމާ ނަރެންދުރަ މޯދީގެ ވެރިކަމުގައި އިންޑިއާގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރަމުން ގެންދާ ކަމަށް ބުނެ، ހައްގުތަކަށް ވަކާލާތުކުރާ މީހުން ކަންބޮޑުވުން ފާޅުކުރެ އެވެ.
މިދިޔަ އޭޕްރީލް މަހު އިންޑިއާއިން ވަނީ ކަޝްމީރުގައި ދިން ހަމަލާއަށް ފަހު ޕާކިސްތާނުގެ ޔޫޓިއުބް ޗެނަލްތަކުން "ހަރުކަށި" ކޮންޓެންޓް ފަތުރާ ކަމަށް ބުނެ އެ ޗެނަލްތައް ވެސް މަނާކޮށްފަ އެވެ. އެކަމަކު ފަހުން އޭގެ ގިނަ ޗެނަލްތައް ވަނީ ދޫކޮށްލައިފަ އެވެ.
ބޮލީވުޑްގެ ތަރިންތަކެއް ހައްޔަރުކުރަން އެދި ކޯޓަށް
"އިންޑިއަން ވޭރިއަންޓް" ސޯޝަލް މީޑިއާގައި މަނާކޮށްފި
އިޒްރޭލުން ފަލަސްތީނަށް ހަދާ ގޮތް ރަނގަޅު: ކަންގަނާ
އެކްސްގެ 8،000 އެކައުންޓް އިންޑިއާގައި ބްލޮކްކުރަނީ
އެކްސްގެ ޕޯސްޓުތައް ނަގަން އިންޑިއާއިން އަންގާތީ ކޯޓަށް
އިންޑިއާގައި ހުރި ޓްވިޓާގެ ދެ އޮފީހެއް ބަންދުކޮށްފި
ރައީސްގެ ގަރާރަކުން ހިޔާލުފާޅުކުރުން ހަންޏެއްނުކުރެވޭނެ
އިންޑިއާގެ "ކޫ" ޓުވިޓާ ފަހަތަށް ޖައްސާލަން ނުކުމެއްޖެ
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
ޓްވިޓާގެ އިތުރު ވެރިންތަކެއް ކުންފުންޏާ ދުރަށް