02 މެއި 2023
މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން، ޕިއްޒާ ބޯނާ އިން ކުޑަކުދިންނަށް އާޓް ޗެލެންޖެއް ފަށަން ނިންމައިފި އެވެ.
މި އަހަރުގެ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން، ޕިއްޒާ ބޯނާ އިން ކުޑަކުދިންނަށް އާޓް ޗެލެންޖެއް ފަށަން ނިންމައިފި އެވެ.
ކޮންމެ އަހަރެއްގެ ވެސް ކުޑަކުދިންގެ ދުވަހަކީ މޭ 10 އެވެ.
"މައި ޕިއްޒާ ބޮކްސް" ގެ ނަމުގައި ޕިއްޒާ ބޯނާ އިން ކުޑަކުދިންނަށް ބާއްވާ ޗެލެންޖުގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އުމުރުން 12 އަހަރު ނުފުރޭ ކުދިންނަށެވެ. އެ ޗެލެންޖަށް އާޓްވޯކް ހުށަހެޅުމުގެ ފަހު ދުވަހަކީ މި މަހުގެ 10 ވަނަ ދުވަހެވެ.
މި ޗެލެންޖުގެ ހުރިހާ ބައިވެރިންނަށް ހިލޭ ޕިއްޒާއެއް ލިބޭނެ އެވެ.
މުބާރާތާ ގުޅޭ ޕޯސްޓެއް.
ޕިއްޒާ ބޯނާ އިން ބުނިގޮތުގައި، ޗެލެންޖުގެ ބޭނުމަކީ ކުޑަކުދިންގެ ހުނަރުތައް ދެއްކުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެ ޗެލެންޖަށް ހުށަހަޅަން ޖެހެނީ އެ ކުއްޖަކު ޕިއްޒާ ފޮއްޓެއް ޑިޒައިން ކުރުމަށް ބޭނުންވާ މަޖާ، ކްރިއޭޓިވް އާޓްވޯކެކެވެ. އެއީ 12 އިންޗި 12 އިންޗީގެ އާޓްވޯކަކަށް ވާން ޖެހޭނެ އެވެ.
ކޮންމެ ކުއްޖަކަށް ވެސް އެ މުބާރާތަށް ހުށަހެޅޭނީ އެންމެ އާޓްވޯކެކެވެ.
އާޓްވޯކްގައި ފެންކުލަ އާއި ކްރެޔޯންސް އަދި ފަންސުރު ކުލަ ބޭނުން ކުރެވޭނެ އެވެ. މުބާރާތުގައި އެއްވެސް ޑިޖިޓަލް އާޓްވޯކެއް ބަލައެއް ނުގަންނާނެ އެވެ.
ޕިއްޒާ ބޯނާއިން ބުނީ އާޓްވޯކަކީ އުމުރާ ނުގުޅޭ މަންޒަރު ހިމެނޭ އެއްޗަކަށް ވާ ނަމަ އެ ޑިސްކޮލިފައި ކުރާނެ ކަމަށެވެ.
މި މުބާރާތުގެ އެންމެ ރަނގަޅު އާޓްވޯކް ޕިއްޒާ ބޯނާގެ އައުޓްލެޓްތަކުގައި އާންމުންނަށް ފެންނަ ގޮތަށް ބަހައްޓައި، ސޯޝަލް މީޑިއާ ޕޭޖަށް ޕޯސްޓް ކުރާނެ އެވެ.
އާޓްވޯކް ހުށަހަޅަން ޖެހޭނީ މާފަންނު އައުޓްލެޓަށް ނުވަތަ ހުޅުމާލެ ހިޔާ ފްލެޓްގައި ހުންނަ އައުޓްލެޓަށެވެ.
"އުޅުންހުރި ޖީލެއް ބިނާކުރުމަކީ އެންމެންގެ ޒިންމާއެއް"
އައިކެއާގެ އެހީތެރިކަން ފިޔަވައްޗަށް
ކުޑަކުދިންގެ ދުވަސް: އެސްޓީއޯގެ ކުރެހުމުގެ މުބާރާތެއް
ޕިއްޒާ ބޯނާއިން ޓޭކްއަވޭ ޕިއްޒާ އަށް ޑިސްކައުންޓް ދެނީ
އަންހެނުންގެ ދުވަސް: ކޮންމެ ޕިއްޒާއެއް 99ރ. އަށް
ޗެމްޕިއަން ޓީމު ދިމާކޮށްގެން އެއް އަހަރުގެ ހިލޭ ޕިއްޒާ
ވޯލްޑް ކަޕަށް ޕިއްޒާ ބޯނާއިން ޕިއްޒާ ގަނެގެން އިނާމުތަކެއް
އެސްޓީއޯގެ މުވައްޒަފުން މަސައްކަތްކުރީ ދަރިންނާ އެކު
އިސްލާމީ ތަރުބިއްޔަތަށް އިސްކަން ދޭންޖެހޭ: ރައީސް
މާދަމާ ޕީއެސްއެމްގެ ޕްރޮގްރާމް ހުށަހަޅައިދޭނީ ކުޑަކުދިން