Roadha Mihaaru
އައިކެއާގެ އެހީތެރިކަން ފިޔަވައްޗަށް

އައި ކެއާ އަށް 20 އަހަރު: ހާއްސަ އެހީތެރިކަން ފިޔަވައްޗަށް

24 މެއި 2023

ކުޑަކުދިންގެ ހިޔާގެ ދަށުން ހުޅުމާލޭގައި ހިންގާ "ފިޔަވަތި" އަށް ބޭނުންވާ މުހިންމު ފަރުނީޗަރުތަކެއް، އައިކެއާގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހަދިޔާކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުޑަކުދިންގެ ހިޔާގެ ދަށުން ހުޅުމާލޭގައި ހިންގާ "ފިޔަވަތި" އަށް ބޭނުންވާ މުހިންމު ފަރުނީޗަރުތަކެއް، އައިކެއާގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ހަދިޔާކޮށްފި އެވެ.

އެ ތަކެތި ހަދިޔާކުރީ ފިޔަވަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމާ އެ ތަކެތި ހަވާލު ކޮށްދެއްވީ އައިކެއާގެ އެޑްމިނިސްޓްރޭޓަރު އައިމިނަތު އީނާސް އެވެ.

އައި ކެއާގެ އެހީގެ ރަމްޒީ ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ތަނުގެ ބައެއް މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އައި ކެއާގެ އެހީގެ ރަމްޒީ ލިޔުން ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ދެ ތަނުގެ ބައެއް މުވައްޒަފުން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ރަސްމިއްޔާތުގައި ޒީނާ ވަނީ ފިޔަވަތީގައި އުޅޭ ކުދިންނަށް އެ ފަރުނީޗަރުތަކުގެ ބޭނުންތެރިކަން ބޮޑުކަން ފާހަގަކުރައްވައި އައި ކެއާ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކުރިމަގުގައި ވެސް އައިކެއާގެ އެ ފަދަ އިތުރު އެހީތައް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އައިކެއާ އިން ބުނި ގޮތުގައި، މުޖުތަމައަށް އެހީތެރިވުމުގެ ހަރަކާތްތަކެއް ކޮންމެ އަހަރަކު ވެސް އެ ކުންފުނިން ހިންގަ އެވެ. މިދިޔަ އަހަރު ވެސް އައި ކެއާ އިން ވަނީ 'މަމްސް' ޖަމިއްޔާ އިން އެހީތެރިކަން ދޭ މީހުންނަށް އަމާޒު ކޮށްގެން ބައެއް ސާމާނު ހަދިޔާ ކޮށްފަ އެވެ.