12 ނޮވެމްބަރ 2024
ބެލެނިވެރިން ހަވާލު ނުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ވެސް 167 ކުދިން އެބަތިބި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
ބެލެނިވެރިން ހަވާލު ނުވުމުގެ ސަބަބުން ދައުލަތުގެ ބެލުމުގެ ދަށުގައި މި ވަގުތު ވެސް 167 ކުދިން އެބަތިބި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު މައުލޫމާތުގެ ޖަވާބުގައިވާ ގޮތުން، މިހާރު ދައުލަތުން ބަލަމުން އަންނަ ކުދިންގެ އަދަދަކީ 167 އެވެ. އެއީ 76 އަންހެން ކުދިންނާއި 91 ފިރިހެން ކުދިންނެވެ.
އެ ކުދިންގެ ތެރޭގައި އުމުރުން އެއް އަހަރު ވެސް ނުވާ ތިން އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖަކު ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިން މީގެ ކުރިން ބަލަހައްޓަމުން އައީ ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގަ އެވެ. އެ ތަނުގައި މިހާރު ކުދިން ތިބި ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން ވަނީ ރަށްރަށުގައި އަމާންވެށިތައް ގާއިމުކޮށް، އެ ރަށްތަކަށް ބައެއް ކުދިން ވަނީ ބަދަލު ކޮށްފަ އެވެ.
1. ށ. ފުނަދޫ: 13 އަންހެން ކުދިން
2. ނ. މަނަދޫ: 16 އަންހެން ކުދިން
3. ބ. އޭދަފުށި: 18 ފިރިހެން ކުދިން
4. ދ. ކުޑަހުވަދޫ: 11 ފިރިހެން ކުދިން
5. ލ. ފޮނަދޫ: ނުވަ ފިރިހެން ކުދިން
7. ފުވައްމުލައް: ދެ އަންހެން ކުދިންނާއި 8 ފިރިހެން ކުދިން
މިނިސްޓްރީން ބުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށަށް އަލަށް 49 ކުދިން ނަގާފައިވާ ކަމަށެވެ. އެއީ 29 އަންހެން ކުދިންނާއި 20 ފިރިހެން ކުދިންނެވެ.
އެ މުއްދަތުގައި 40 ކުދިން އަނބުރާ އާއިލާއާ ހަވާލު ކޮށްފައިވާ ކަމަށާއި ހަ ކުއްޖަކު މުޖުތަމައަށް ނެރެ އެއް ކުއްޖަކަށް މިނިސްޓްރީން ވަނީ ވަޒީފާ ވެސް ހޯދައިދީފަ އެވެ.
މިދިޔަ ފަސް އަހަރުގެ ތަފާސްހިސާބަށް ބަލާއިރު 2018 އިން 2023 އަށް 299 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިއްބެވެ. އެއީ 128 އަންހެން ކުދިންނާއި 101 ފިރިހެން ކުދިންނެވެ. އެ މުއްދަތުގައި 142 ކުދިން އަނބުރާ އާއިލާއާ ހަވާލު ކުރި އެވެ. އަދި އުމުރުން 18 އަހަރު ވުމުން 19 ކުދިން މުޖުތަމައަށް ނެރެ ތިން ކުއްޖަކަށް ވަޒީފާ ހޯދައިދީފައިވެ އެވެ.
މިނިސްޓްރީގެ ކޮންމެ މަހެއްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ކޮންމެވެސް ސަބަބަކާ ހުރެ ކޮންމެ މަހަކު ވެސް ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނަގަ އެވެ. އާއިލީ މައްސަލަތަކުގައި ނަގާ ބައެއް ކުދިން ވަގުތީ ގޮތުން ނެގުމަށް ފަހު، އަލުން އާއިލާއާ ހަވާލު ކުރެ އެވެ.
ޖެންޑާގައި ތިބި ކުދިން ފޯސްޓާ ކުރަން ހުޅުވާލައިފި
ހިޔާގެ ކުއްޖަކަށް އައިޝާ ބަންޑުންކޮށްލި ލޯބި!
ފިޔަވަތީގެ ކުދިން ހަމަނުޖެހުން ހިންގީ ކީއްވެ؟
ޑރ. އައިޝަތު ޝިހާމް އެންމެ ޒިންމާ ބޮޑު ގޮނޑީގައި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ
މި ކުދިންނާ މެދު ލޯތްބެއް ކުލުނެއް ނެތް؟
އަނިޔާ ލިބޭ ކުދިން އިތުރު އަނިޔާއަށް ހުށަހަޅަނީ!
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ދައުލަތުގެ ބެލުމުގެ ދަށުގައި ގިނަ ކުދިން ތިބެގެންނުވާނެ
ކުދިންނަށް ފިޔަވަތީގެ ފުރާޅަށް ނޭރޭގޮތަށް ހަދައިފި