23 ނޮވެމްބަރ 2021
ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ ތަންތަނުގެ އޮޑިޓުތައް ހަދާ ނިމުނުއިރު، އޭގެން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ، އެއީ ކުދިންނަށް އެންމެ އެކަށޭނެ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަނަށް ނުވުމެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގާނޫނީ ބޮޑު ޒިންމާއަކާ ހަވާލުވެވަޑައިގެން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ވާހަކަދައްކަވަމުން ކުޑަކުދިންގެ އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވިދާޅުވީ މީގެ އިތުރުން ވެސް އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ފެންމަތިވެފައިވާ ކަމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ ތަންތަނުގެ އޮޑިޓުތައް ހަދާ ނިމުނުއިރު، އޭގެން ފާހަގަވި އެންމެ ބޮޑު މައްސަލައަކީ، އެއީ ކުދިންނަށް އެންމެ އެކަށޭނެ ގޮތަށް އިމާރާތްކޮށްފައިވާ ތަންތަނަށް ނުވުމެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރުކުރުމުގެ ގާނޫނީ ބޮޑު ޒިންމާއަކާ ހަވާލުވެވަޑައިގެން، ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ވާހަކަދައްކަވަމުން ކުޑަކުދިންގެ އޮމްބަޑްސްޕާސަން ނިއުމާތު ޝަފީގް ވިދާޅުވީ މީގެ އިތުރުން ވެސް އިސްލާހު ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ފެންމަތިވެފައިވާ ކަމަށެވެ.
ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން މިހާރު ވަނީ ދައުލަތުގެ ބެލުމުގެ ދަށުން ކުދިން ތިބޭ ހަތް ތަނެއްގެ އޮޑިޓް ހަދައި ނިންމައިފަ އެވެ.
މި އޮޑިޓުތަކުން ފާހަގަކުރެވުނު މައްސަލަތައް ހިއްސާކުރައްވަމުން، "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ނިއުމާތު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންގެ ހިޔާތައް ހެދިފައި ހުރީ އެ ކުދިންނަށް ހާއްސަ އިމާރާތްތަކެއްގައި ނޫން ކަމަށެވެ.
"ޑޮމެސްޓިކް ވައިލެންސް ޝެލްޓާގެ ގޮތުގައި ޖެންޑާ މިނިސްޓްރީން ހަދައިފައި ހުރި އިމާރާތްތަކެއް އެއީ. އެ އިމާރާތްތަކުގެ ސްޓްރަކްޗުރަލް ވަރަށް ބައިވަރު މައްސަލަތައް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވުނު،" ނިއުމާތު ވިދާޅުވި އެވެ.
"މުޅި އިމާރާތުގެ މެއިންޓެނެންސްގެ މައްސަލަތަކާއި ވަރަށް ކުރީގައި ހަދައިފައި ހުރި ތަންތަނަށްވެ، އިމާރާތުގެ މައްސަލަތައް ގިނަ ކަމުން، އެއީ އެ ކުދިންގެ ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ ވަރަށް ކަންބޮޑުވޭ."
ކުޑަކުދިންގެ އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި އޮޑިޓުތަކުގެ އަވަސް ރިޕޯޓުން އެކަނި ވެސް ވަނީ 146 ހުށަހެޅުމެއް ފާހަގަކޮށްފަ އެވެ. އެއީ މިހާރުން މިހާރަށް ވެސް ހައްލުކުރަން ޖެހިފައިވާ މުހިންމު ކަންތައްތަކެކެވެ. މި އޮޑިޓުތަކުގެ ބޮޑު ރިޕޯޓު ނިމުމުން އަދި އިތުރު މައްސަލަތައް ވެސް ފެންމަތި ވާނެ ކަމަށް ބެލެވެ އެވެ. އަވަސް ރިޕޯޓުގައި ހުރި ހުށަހެޅުންތައް މިހާރު ވަނީ ޖެންޑާ މިނިސްޓްރީ އާއި ރައީސް އޮފީހާއި އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޝްވަރާކުރެވި، ފިޔަވަޅު އަޅަން ފެށިފަ އެވެ.
"ބައެއް ކަންކަން ހުންނާނެ އަޅުގަނޑުމެން އެތަނުގައި ތިބެގެން ވެސް ފިޔަވަޅު އަޅައިފައި،" ނިއުމާތު ވިދާޅުވި އެވެ.
ކުޑަކުދިންގެ މައްސަލަތަކުގައި އިހުމާލުވާ އިދާރާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުން ކުޑަކުދިންގެ އޮމްބަޑްސްޕާސަން އަށް ދީފައިވެ އެވެ.
- ކުދިން ބަލަހައްޓާ މުވައްޒަފުން ތަމްރީނުކުރެވިފައި ނެތުން.
- މުވައްޒަފުންގެ ރައްކާތެރި ކަމަށް ކުރަން ޖެހޭ ކަންކަން ކުރެވިފައި ނެތުން.
- ކުދިންނަށް އެކަށީގެންވާ ޕްރޮގުރާމުތަކާއި ނަފުސާނީ އެހީތެރިކަން ފޯރުކޮށް ނުދެވުން.
- ޕްރޮގްރާމްތައް ނުހިންގައި ބޭނުންވާ ފަރުވާ ކުދިންނަށް ފޯރުކޮށް ނުދެވޭތީ އެފަދަ ބައެއް ކުދިންގެ ސަބަބުން އެހެން ކުދިންނަށް އެތަން ރައްކާތެރި ތަނަކަށް ނުވުން.
އިތުރަށް ތަހުގީގު ކުރަން ޖެހޭ ހަތް މައްސަލައެއް ވެސް ފާހަގަވެފައިވުމުން، އޮމްބަޑްސްޕާސަން އޮފީހުގެ ތަހުގީގު ޑިޕާޓްމަންޓުން މިހާރު އަންނަނީ އެ މައްސަލަތައް ބަލަމުންނެވެ.
މި އޮޑިޓްގެ އިތުރުން ވެސް އެ އޮފީހުން އަންނަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާ ގާނޫނުތަކަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ދިރާސާތައް އެބަ ކުރެ އެވެ. ރާއްޖޭގެ ހުރިހާ ގާނޫނެއްގައި ކުޑަކުދިންގެ ހައްގާ ގުޅިގެން ހުރި ބައިތައް ދިރާސާކުރުމުގެ މަސައްކަތާއި ކޯޓުތަކުގައި ހިނގާ އަދި ނިންމާފައިވާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ނިންމުންތައް ދިރާސާ ކުރުމުގެ މަސައްކަތް ވެސް ކުރާއިރު، ކުޑަކުދިންނާ ގުޅޭ ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްތައް ރާވައި ހިންގަ އެވެ.
"ހަގީގަތަށް ބަލަންޏާ އެހާ ބައިވަރު ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެގެން ނުވާނެ. މުޖުތަމައުއެއްގެ ތެރޭގައި ގިނަ ކުދިންތަކެއް ބަންދުވުމަކީ އިންސާފުވެރި ގޮތެއް ނޫން،" ނިއުމާތު
ކުޑަކުދިންގެ އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި އަހަރު އެ އޮފީހަށް ހުށަހެޅި އެކި މައްސަލަތަކާއި ކުޑަކުދިންގެ ހިޔާތަކުގެ އޮޑިޓުން ފާހަގަވި ކަންކަމާ އެކު، އެ އޮފީހުން ވަނީ އެކި އިދާރާތަކަށް އިސްލާހު ކުރަން ޖެހޭ 272 ކަމެއް ހުށަހަޅައިފަ އެވެ. އެއީ؛
- ބޭސްލައިން ސްޓަޑީއާ ގުޅިގެން 66 ހުށަހެޅުމެއް
- ހިނގާފައިވާ ހާދިސާތަކާ ގުޅިގެން 20 ހުށަހެޅުމެއް
- މައްސަލަތަކުގެ ތަހުގީގުތަކާ ގުޅިގެން 9 ހުށަހެޅުމެއް
- ކޮވިޑް-19ގެ ހާލަތާ ގުޅިގެން 19 ހުށަހެޅުމެއް
- ކުޑަކުދިން ލައްވާ މަސައްކަތްކުރުވުމާ ގުޅިގެން 12 ހުށަހެޅުމެއް
މިހާރު އެ އޮފީހަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުންގެ ދަތިކަމެވެ. އެ އޮފީހުގެ އެންމެ މުހިންމު ދެ ޑިޕާޓްމެންޓް ކަމަށްވާ އެޑްވޮކަސީ އާއި ތަމްރީނުގެ ޑިޕާޓްމަންޓާއި އަދި މޮނީޓަރިން އެންޑް އިވެލުއޭޝަންގެ ޑިޕާޓްމަންޓުގައި އެއްވެސް މުވައްޒަފެއް އަދި ނެތެވެ.
އެކަމަކު އަންނަ އަހަރަށް، އެ އޮފީހަށް ދީފައިވާ ބަޖެޓުން މި މައްސަލަ އަށް ކޮންމެ ވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް ނިއުމަތު ވިދާޅުވި އެވެ. އެ އޮފީހަށް ނުވަ މިލިއަން ރުފިޔާގެ ބަޖެޓެއް ދައުލަތުން ކަނޑައަޅާފައިވާއިރު، 11 މުވައްޒަފުން އަންނަ އަހަރު އިތުރުކޮށް، މަދުވެފައި ދެ ޑިޕާޓްމަންޓުގެ މަސައްކަތައް ފެށޭނެ ކަމަށް ނިއުމާތު ވިދާޅުވި އެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ކަންބޮޑުވާ އަދަދަކަށް މިހާރު ކުދިން އެބަ ތިބި ކަމަށާއި އޭގެ ތެރެއިން ގިނަ ކުދިންނަކީ އަނބުރާ މުޖުތަމައު އަށް ގެންދެވޭނެ ނުވަތަ އާއިލާގެ ކައިރި އަށް ގެންދެވޭނެ ކުދިން ކަމަށް ނިއުމާތު ގަބޫލުކުރައްވަ އެވެ. އެހެންވެ، އެކަން ކުރުމަށް ބޭނުންވާ ރީ-އިންޓްރޮގޭޝަންގެ މަސައްކަތް ޖެންޑާ މިނިސްޓްރީއާ ގުޅިގެން ކުރައްވަމުން އަންނަ ކަމަށެވެ.
"ހަގީގަތަށް ބަލަންޏާ އެހާ ބައިވަރު ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެގެން ނުވާނެ. މުޖުތަމައުއެއްގެ ތެރޭގައި ގިނަ ކުދިންތަކެއް ބަންދުވުމަކީ އިންސާފުވެރި ގޮތެއް ނޫން،" ނިއުމާތު ވިދާޅުވި އެވެ.
ކުޑަކުދިންގެ އޮމްބަޑްސްޕާސަން، ނިއުމާތު ޝަފީގް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ކުއްޖަކަށް އިހުމާލުވާ މައްސަލައެއްގައި އެ ކުއްޖާ ވިކްޓިމައިޒްވެފައި ހުއްޓާ ގެންގޮސް ހިޔާ ކަހަލަ މަރުކަޒަކަށް ލުމުން، އެ ކުއްޖާ އަދި އިތުރަށް ވިކްޓިމައިޒް ވާތީ، އޭނާ ގަބޫލުކުރައްވަނީ ކޮންމެ ކުއްޖަކީ ވެސް އާއިލާ ނުވަތަ ފޮސްޓަރިން ކެއާ ގެންގޮސް ވިޔަސް، މަރުކަޒަކަށް ނުލައި، މިނިވަންކަމާ އެކު މުޖުތަމައުގައި ރަނގަޅު ދިރިއުޅުމެއް އުޅެވޭ ކުއްޖަކަށް ހެދުމަށް ކަން ނިއުމާތު ވިދާޅުވި އެވެ.
ނިއުމާތު އުއްމީދުކުރައްވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ތިބޭ ހުރިހާ ތަނަކީ ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ޔުނިސެފްގެ މިނިމަން ސްޓޭންޑާޑާއި ބައިނަލްއަގުވާމީ މުއާހަދާތަކުގެ މިންގަނޑަށް ފެތޭ ތަންތަނަށް ހެދުމެވެ. އޭނާ ވިދާޅުވި ގޮތުގައި ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ ގޮތުގައި އޭނާގެ މި ފަސް އަހަރުގެ ދައުރު ނިމޭއިރު އެންމެ ދެކެން ބޭނުންވަނީ އެ ދުވަހެވެ.
"ހުރިހާ ކުދިންނަކީ ރައްކާތެރި އާއިލާއެއްގެ ތެރޭގައި އުޅޭ ބަޔަކަށް ވުމަކީ އަޅުގަނޑުގެ ޓާގެޓެއް،" އޭނާ ވިދާޅުވި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން މަދެއް ނުވޭ
ހިޔާގެ އިސްވެރިން ޖަވާބުދާރީކުރުވަން ޖިނާއީ ތަހުގީގަކަށް
ފިޔަވަތީގެ މައްސަލަތައް އެބަ ބަލަން: އޮމްބަޑްސްޕާސަން
ހިޔާ، ފިޔަވަތީގެ 17 ކުދިން އޭދަފުއްޓަށް ބަދަލުކޮށްފި
ކުޑަކުދިންގެ ހައްގުތައް ހޯދުމުގައި ކާމިޔާބު އަހަރެއް
ޖިންސީ ގޯނާގެ މައްސަލަތަކުގެ ކަންބޮޑުވުންތައް ރައީސަށް
ނިޒާމު އޮތީ ފެއިލްވެފައި، އުފުލާ އަޑުތައް އިވޭ:އައިޝާ
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި