Roadha Mihaaru

ފިޔަވަތީގެ ކުދިން އެޗްޑީސީ މުވައްޒަފުންނާއެކު "ފަން ޑޭ" އެއް!

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

ފިޔަވަތީގެ ކުދިންނަށް އެޗްޑީސީ ފަރާތުން "ފަން ޑޭ"އެއް
މޫސާ ރަޝީދު
މޫސާ ރަޝީދު

07 ޑިސެމްބަރ 2024

ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފަރާތުން ހާއްސަ އިވެންޓެއް ބާއްވައިފި އެވެ.

އެޗްޑީސީން ވަނީ އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން "ފިޔަވަތި ފަން ޑޭ" ގެ ނަމުގައި ފިޔަވަތީގައި އުޅޭ ކުދިންނަށް މުނިފޫހި ފިލުވުމުގެ ތަފާތު އެކި ހަރަކާތްތަކާއި ހަދިޔާ ދިނުމާއެކު އެ ކުދިންނަށް އުފާވެރި މަޖާ ދުވަހެއް ފާހަގަކޮށްދިނުމަށް ހަރަކާތެއް ކުރިޔަށް ގެންގޮސްފަ އެވެ.

އެޗްޑީސީން ބުނީ ފިޔަވަތި ފަންޑޭ ކުރިޔަށް ގެންގޮސްފައިވަނީ ފަރުކޮޅުފުށީގައި ކަމަށާއި އަދި އެ ހަރަކާތް މި އަހަރު ކުރިޔަށް ގެންގޮސްފައި ވަނީ ކުންފުނީގެ މުވައްޒަފުންނާއެކު ކަމަށެވެ.

އެޗްޑީސީގެ ފަން ޑޭ ގައި މޫދު ކުޅިވަރުތައް ބާއްވަނީ --- ފޮޓޯ/އެޗްޑީސީ

އެޗްޑީސީގެ ފަން ޑޭ ގައި މޫދު ކުޅިވަރުތައް ބާއްވަނީ --- ފޮޓޯ/އެޗްޑީސީ

މުޅި ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ޕިކްނިކާއެކު ބީޗް ގޭމްސްތަކާއި ރޮބޯ މޭންގެ އެންޓަޓެއިންމަންޓާއި ޕޫލް ޕާޓީއެއް ބާއްވާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ހަވީރު ސަޔަކާއެކު ހަރަކާތް ނިންމާލުމުގެ ގޮތުން ބޮޑު ޕާޓީއެއް ބާއްވާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

އެ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދު ބައިވެރިވެ ވަޑައިގަތެވެ.

އެޗްޑީސީން ކުރިއަށް ގެންދިޔަ ފަން ޑޭ ގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކުދިންތަކަކަށް އިނާމު ހަވާލުކޮށް ދެއްވަނީ --- ފޮޓޯ/އެޗްޑީސީ

އެޗްޑީސީން ކުރިއަށް ގެންދިޔަ ފަން ޑޭ ގައި ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ކުދިންތަކަކަށް އިނާމު ހަވާލުކޮށް ދެއްވަނީ --- ފޮޓޯ/އެޗްޑީސީ

އެޗްޑީސީން ބުނީ އެ ހަރަކާތުގެ ތެރެއިން، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ދެ ގޭމިން ރޫމް ހަދިޔާކުރި ކަމަށާއި އެ ރޫމްތައް ތަރައްގީ ކުރުމަށް 240،000ރ. ގެ ފަންޑެއް ވެސް ގާއިމްކޮށް، އެ ޑޮނޭޝަން ފިޔަވަތިއާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީގެ ސީއެސްއާރުގެ ދަށުން މިދިޔަ ދެ އަހަރު ވެސް ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް ހާއްސަކޮށްގެން މިފަދަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެ އެވެ.