Roadha Mihaaru
ޕިއްޒާ ބޯނާގެ އާޓް ކޮންޓެސްޓަށް 500އަށް ވުރެ ގިނަ ކުރެހުން

ޕިއްޒާ ބޯނާގެ އާޓް ކޮންޓެސްޓަށް 500އަށް ވުރެ ގިނަ ކުރެހުން

19 މެއި 2023

މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ޕިއްޒާ ބޯނާއިން ހުޅުވާލި އާޓް ކޮންޓެސްޓަށް 500އަށް ވުރެ ގިނަ ކުދިން ކުރެހުން ހުށަހަޅާފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މި އަހަރުގެ ކުޑަކުދިންގެ ދުވަހަށް ޕިއްޒާ ބޯނާއިން ހުޅުވާލި އާޓް ކޮންޓެސްޓަށް 500އަށް ވުރެ ގިނަ ކުދިން ކުރެހުން ހުށަހަޅާފައިވާ ކަމަށް އެ ތަނުން ބުނެފި އެވެ.

ޕިއްޒާ ބޯނާއިން ބުނި ގޮތުގައި 12 އަހަރުން ދަށުގެ ކުދިންނަށް ހުޅުވާލައިގެން ކުރެހުން ހުށަހަޅަން ދިން ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އުއްމީދުނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި ކްރިއޭޓިވް ރީތި ޑިޒައިންތަކަކާއި ކުރެހުންތަކެއް އެ މުބާރާތުގެ ތެރެއިން ފެނުނު ކަމަށް ވެސް ބުންޏެވެ.

"މައި ޕިއްޒާ ބޮކްސް"ގެ ނަމުގައި ކުޑަކުދިންނަށް އެ ކުދިން ބޭނުންވާ ގޮތަކަށް ޕިއްޒާ ފޮއްޓެއް ޑިޒައިންކުރަން ހުޅުވާލި ފުރުސަތަށް ކުރެހުން ހުށަހެޅި ހުރިހާ ކުދިންނަށް ހަދިޔާއެއްގެ ގޮތުގައި ހިލޭ ޕިއްޒާއެއް ވެސް ވަނީ ދީފަ އެވެ.

ޕިއްޒާ ބޯނާއިން ހުޅުވާލި އާޓް ކޮންޓެސްޓުގެ އެންމެ މޮޅު އާޓްވޯކެއް ހޮވައި އެ އާޓްވޯކް އެ ތަނުގެ ސޯޝަލް މީޑިއާއަށް ޕޯސްޓުކޮށް އެކި އައުޓްލެޓްތަކުގައި އެ އާޓްވޯކުތައް ބޭނުން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތަށް ޑިޖިޓަލް އާޓް ފިޔަވައި ހުރިހާ މީޑިއަމްއެއްގެ އާޓް ވަނީ ބަލައިގެންފަ އެވެ.

ޕިއްޒާ ބޯނާއިން ކުޑަކުދިންގެ ދުވަހަށް ކުރެހުމުގެ ކޮންޓެސްޓެއް ބޭއްވީ ކުޑަކުދިންގެ މެދުގައި ކުރެހުމުގެ ހުނަރު ތަރައްގީކުރަން ބާރުއަޅައި އެ ކުދިންގެ ކްރިއޭޓިވިޓީއަށް ފުރުސަތު ދިނުމަށެވެ.