Roadha Mihaaru
ސްކޯ ދިމާކޮށްގެން ކާމިޔާބު ކުރި ޕްލޭސްޓޭޝަން ހަވާލުކޮށްފި

ސްކޯ ދިމާކޮށްގެން މޮޅުވި ބައިވެރިޔާއަށް ޕިއްޒާ ބޯނާއިން ޕްލޭސްޓޭޝަން ދީފި

16 ޖެނުއަރީ 2023

ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމުގައި ޕިއްޒާ ބޯނާގެ ގްރޫޕުން އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމުގައި ޕިއްޒާ ބޯނާގެ ގްރޫޕުން އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްފި އެވެ.

އެ ގުރޫޕުގައި އެންމެ ގިނަ މެޗުތަކުގެ ސްކޯ ދިމާކޮށްގެން އެއް ވަނައަށް ދިޔަ ފަރާތަށް ދިނީ ޕީއެސް 5އެކެވެ. ދެ ވަނަ އަށް 3،000ރ. ގެ ފައިސާގެ އިނާމެއް ދީފާ ވާއިރު، ތިން ވަނަ އަށް ދިނީ 1،000ރ. ގެ ފައިސާގެ އިނާމެކެވެ. އަދި ހަތަރު ވަނަ އާއި ފަސް ވަނަ އަށް ދީފައި ވަނީ 200ރ. ގިފްޓު ވައުޗަރެކެވެ.

އިނާމު ލިބުނު ފަރާތަކަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: ވިޝާހް ޒަރީރް | މިހާރު

އިނާމު ލިބުނު ފަރާތަކަށް އިނާމު ހަވާލު ކުރަނީ. -- ފޮޓޯ: ވިޝާހް ޒަރީރް | މިހާރު

އިނާމުތައް ހަވާލުކުރީ ޕިއްޒާ ބޯނާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕިއްޒާ ބޯނާއިން ވޯލްޑް ކަޕަށް އަމާޒުކޮށް ސްކްރެޗް އެންޑް ވިން ޕްރޮމޯޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި ފޭސްބުކުގައި ވެސް ސްކޯ ދިމާކޮށްގެން އިނާމު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ވަނީ ދީފަ އެވެ.

ޕިއްޒާ ބޯނާއިން ބުނި ގޮތުގައި ވޯލްޑް ކަޕް ދުވަސްވަރު ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމާއި، ފޭސްބުކްގައި ގެންދިޔަ ސްކޯ ދިމާކުރުމަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.