Roadha Mihaaru
ޔޫރޯ ސްޓޯރުން މޮޅަށް ސްކޯ ދިމާކުރި ބައިވެރިން ހޮވައިފި

ޔޫރޯ ސްޓޯރުން އެންމެ މޮޅަށް ސްކޯ ދިމާކުރި ބައިވެރިން ހޮވައިފި

17 ޖެނުއަރީ 2023

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް "މިހާރު" އިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާގެ ޔޫރޯ ސްޓޯރުގެ ގްރޫޕުގައި އެންމެ މޮޅަށް ސްކޯ ދިމާކުރި ހަތަރު ބައިވެރިން ހޮވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް "މިހާރު" އިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާގެ ޔޫރޯ ސްޓޯރުގެ ގްރޫޕުގައި އެންމެ މޮޅަށް ސްކޯ ދިމާކުރި ހަތަރު ބައިވެރިން ހޮވައިފި އެވެ.

ސްކޯ ދިމާކޮށްގެން އެއް ވަނަ އަށް ހޮވުނު ބައިވެރިޔާ އަށް ލިބުނީ ޖޭބީއެލް ގޯ އެސެންޝަލް ޕޯޓަބަލް ވޯޓާ ޕްރޫފް ސްޕީކަރަކާއި ކޫލްބޮކްސް ވިތް ކިކާ ޓޭބަލްއަކާއި ޔޫރޯ ސްޓޯރުން ވިއްކާ ލަވާޒާ އެލްބީ 1050 ކްލާސީ ކަސްޓަމް މިލްކް ކޮފީ މެޝިނެކެވެ. ދެ ވަނަ ނަސީބުވެރިޔާގެ އިނާމަކީ ހުޑޯރާ ފުޓްބޯލް ރީބައުންޑް ޓްރެއިނާ، ބީޗް ޓަވަލް، ހެމޮކް އަދި ފުޓުބޯޅަ އެއް ހިމެނޭ ގިފްޓް ޕެކެވެ.

ސްކޯ ދިމާކޮށްގެން ދެ ވަނައަށް ދިޔަ ބައިވެރިޔާ. -- ފޮޓޯ: ޔޫރޯ ސްޓޯރު

ސްކޯ ދިމާކޮށްގެން ދެ ވަނައަށް ދިޔަ ބައިވެރިޔާ. -- ފޮޓޯ: ޔޫރޯ ސްޓޯރު

ސްކޯ ދިމާކޮށްގެން ތިން ވަނައަށް ދިޔަ ބައިވެރިޔާއަށް ބީން ބޭގް، ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެއް ދީފައި ވާއިރު ހަތަރު ވަނަ އިނާމަކީ ލޮރެންޒް ބްރޭންޑުގެ ސްނެކް ޕެކަކާއި ބީޗް ޓަވަލް އަދި ފުޓުބޯޅައެއް ހިމެނޭ ގިފްޓް ޕެކެކެވެ.

ސްކޯ ދިމާކޮށްގެން ހަތަރު ވަނައަށް ދިޔަ ބައިވެރިޔާ. -- ފޮޓޯ: ޔޫރޯ ސްޓޯރު

ސްކޯ ދިމާކޮށްގެން ހަތަރު ވަނައަށް ދިޔަ ބައިވެރިޔާ. -- ފޮޓޯ: ޔޫރޯ ސްޓޯރު

ޔޫރޯ ސްޓޯރުން ބުނިގޮތުގައި އިނާމު ލިބުނު ގިނަ ބައިވެރިންނަށް އިނާމުތައް މިހާރު ވަނީ ހަވާލުކޮށްފަ އެވެ.

"މިހާރު"ގެ ސްކޯޕްރިޑިކްޓާގައި ޔޫރޯ ސްޓޯރުން ހިންގި ގުރޫޕުގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފަ އެވެ.