18 ޖެނުއަރީ 2023
ވޯލްޑް ކަޕަށް "މިހާރު" އިން ތައްޔާރުކުރި ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމުގެ އޭވޮންގެ ގްރޫޕުގައި އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރި ތިން ބައިވެރިން ހޮވައިފި އެވެ.
ވޯލްޑް ކަޕަށް "މިހާރު" އިން ތައްޔާރުކުރި ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމުގެ އޭވޮންގެ ގްރޫޕުގައި އެންމެ ގިނަ މެޗުގެ ސްކޯ ދިމާކުރި ތިން ބައިވެރިން ހޮވައިފި އެވެ.
ފަރުނީޗަރު ވިއްކާ އޭވޮން ފިހާރައިން އެ ތިން ބައިވެރިނަށް ދިނީ އެ ފިހާރައިން ވިއްކާ އަގުހުރި ތަކެއްޗެވެ. އެއް ވަނަ އަށް ދިޔަ ބައިވެރިޔާ އަހުމަދަށް ކުއީން ސައިޒުގެ ބިއުޓީ ސްޓޯރެޖް އެނދަކާއި ފުލް މެމޮރީ ފޯމް ގޮދަޑިއެއް ވަނީ ދީފަ އެވެ.
އޭވޮން ގްރޫޕުގައި ސްކޯ ދިމާކޮށްގެން ދެ ވަނަ އަށް ދިޔަ ބައިވެރިޔާ. -- ފޮޓޯ: އޭވޮން
ދެ ވަނަ އަށް ދިޔަ އައިހަމް އިބްރާހިމް އަށް ދީފައި ވަނީ ހޮލީވުޑް މިރާއެކެވެ. އަދި ތިން ވަނަ އަށް ދިޔަ އިބްރާހިމް ހާފިޒަށް ދިނީ ބިއުޓީ ސްޓޯރެޖް ބެންޗެކެވެ.
އޭވޮން ގްރޫޕުން ތިން ވަނަ އަށް އެންމެ މޮޅަށް ސްކޯ ދިމާކުރި ބައިވެރިޔާ. -- ފޮޓޯ: އޭވޮން
ސްކޯ ޕްރިޑިކްޓާގައި އޭވޮންއިން ހިންގި ގްރޫޕުގައި ގިނަ ބަޔަކު ބައިވެރިވެ ސްކޯ ޕްރިޑިކްޓު ކުރި އެވެ.
އޭވޮން އަކީ އަމިއްލަ ޑިޒައިންތަކަށް ފަރުމާކޮށްފައިވާ ފަރުނީޗަރު ވިއްކާ އަމިއްލަ ދިވެހި ބްރޭންޑެކެވެ.
ސްކޯ ދިމާކޮށްގެން ގިޒްމޯއިން އަގުހުރި އިނާމުތަކެއް ދީފި
ސްކޯ ދިމާކޮށް، ހައި އެންޑުގެ ކިންގް ޕްރިމިއަމް ބެޑެއް
ޔޫރޯ ސްޓޯރުން މޮޅަށް ސްކޯ ދިމާކުރި ބައިވެރިން ހޮވައިފި
އެންމެ ގިނަ މެޗުގެ ސްކޯ ދިމާކޮށްގެން ރިސޯޓު ދަތުރެއް
ސްކޯ ދިމާކޮށްގެން ކާމިޔާބު ކުރި ޕްލޭސްޓޭޝަން ހަވާލުކޮށްފި
ސްކޯ ދިމާ ކޮށްގެން 160،000ރ. ގެ ސައިކަލެއް