Roadha Mihaaru
ސްކޯ ދިމާ ކޮށްގެން 160،000ރ. ގެ ސައިކަލެއް

ސްކޯ ދިމާކޮށްގެން މޮޅުވުމުން ކިންގްސްޓަން އިން 160،000ރ. ގެ ސައިކަލް ދީފި

10 ޖެނުއަރީ 2023

ވޯލްޑްކަޕަށް "މިހާރު" އިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމްގެ ކިންގްސްޓަން ގްރޫޕުގެ ޓޮޕް ސްކޯރާ ހޮވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ވޯލްޑްކަޕަށް "މިހާރު" އިން ކުރިއަށް ގެންދިޔަ ސްކޯ ޕްރިޑިކްޓާ ޕްލެޓްފޯމްގެ ކިންގްސްޓަން ގްރޫޕުގެ ޓޮޕް ސްކޯރާ ހޮވައިފި އެވެ.

އެ ގްރޫޕުގެ އެއް ވަނަ އަށް ދެ ބައިވެރިން ދިޔަ އެވެ. އޭގެ ތެރެއިން އެއް ވަނަ ހޮވީ އެ ދެ ބައިވެރިންގެ މެދުގައި ގުރު ނަގައިގެންނެވެ. ގުރުއަތުން ހޮވުނީ އައިހަމް އިބްރާހިމް ރަޝީދެވެ. އޭނާއަށް ލިބޭ އިނާމު ކަމަށްވާ ޖީޕީއެކްސް ޑީމަން 150 ސައިކަލް ކިންގްސްޓަން އިން ވަނީ ހަވާލުކޮށްފަ އެވެ.

ކިންގްސްޓަންއިން ހުށަހެޅި އެ ސައިކަލަކީ 160،000ރ. ގެ ސައިކަލެކެވެ.

އިނާމު ލިބުނު އައިހަމް އިބްރާހިމް ރަޝީދުގެ ފަރާތުން ސައިކަލުގެ ތަޅުދަނޑިއާ ހަވާލު ވަނީ. -- ފޮޓޯ: ކިންގްސްޓަން

އިނާމު ލިބުނު އައިހަމް އިބްރާހިމް ރަޝީދުގެ ފަރާތުން ސައިކަލުގެ ތަޅުދަނޑިއާ ހަވާލު ވަނީ. -- ފޮޓޯ: ކިންގްސްޓަން

ކިންގްސްޓަންގެ އިތުރުން "މިހާރު" ސްކޯ ޕްރިޑިކްޓާގައި ބައިވެރިވި ގިނަ ކުންފުނިތަކުން އެކި ވަނަތައް ހޮވައި އިނާމު ވަނީ ހަވާލުކޮށްފަ އެވެ.

"މިހާރު" ސްކޯ ޕްރިޑިކްޓާ އަކީ ސްކޯ ދިމާ ކުރުމަށް އެކި ކުންފުނިތަކުން ހަދާފައިވާ ގްރޫޕުތަކެއް ހިމެނައިގެން ކުރިއަށް ގެންދިޔަ ޕްލެޓްފޯމެކެވެ. ގްރޫޕުތަކުގައި ކޮންމެ ކުންފުންޏަކުން ވެސް ވަކި އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ.

"މިހާރު"ގެ ސްކޯ ޕްރިޑިކްޓާއަށް ކިޔުންތެރިންގެ ހޫނު ތަރުހީބެއް ލިބުނެވެ.