08 މާޗް 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ހުޅުވާލި ބޮންޑު، ދެ މަސް ދުވަހުގެ ތެރޭގައި ވިކިއްޖެ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ކުންފުންޏަކުން ހުޅުވާލި ބޮންޑު، ދެ މަސް ދުވަހުގެ ތެރޭގައި ވިކިއްޖެ އެވެ.
މި ބޮންޑު ވިއްކަން ހުޅުވާލި، ޔޫރޯ މާކެޓިންގެ ލީޑް އޭޖެންޑަކީ ފަސްޓް ނޭޝަނަލް އެވެ. ފަސްޓް ނޭޝަނަލް އިން ވަނީ މި ބޮންޑް ސްޓްރަކްޗާ ކުރުމަށާއި ޑިއުޑިލިޖަންސް ހެދުމާއި ޕްރޮސްޕެކްޓަސް ތައްޔާރުކޮށް، ބޮންޑު ލިސްޓްކުރުމަށް ކުރުމުގެ މަސައްކަތްތައް ކޮށްފަ އެވެ. އަދި ބޮންޑު މާކެޓްކޮށް އިންވެސްޓަރުން ހޯދުމުގެ މަސައްކަތް ކޮށްފައި ވަނީ އެ ކުންފުނިންނެވެ.
ބޮންޑަކީ އިންވެސްޓްމަންޓަށް ފައިސާ ހޯދުމަށް ގެންގުޅޭ އިންސްޓުރޫމަންޓެކެވެ. އެއީ ދިގު މުއްދަތުގައި އިންޓަރެސްޓާ އެކު އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާ އެވެ. ބޭންކް ލޯނުތަކާ ހިލާފަށް، ބޮންޑަށް އެއް އިންވެސްޓަރަށް ވުރެ ގިނަ އިންވެސްޓަރުންގެ އަތުން ވެސް ފައިސާ ހޯދޭނެ އެވެ.
ޔޫރޯ މާކެޓިން އިން ވިއްކަން ހުޅުވާލީ ހަތަރު އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް، 25 މިލިއަން ރުފިޔާގެ ބޮންޑެކެވެ. މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 7.5 ޕަސެންޓެވެ. މިއީ ރާއްޖޭގެ ގިނަ ބޭންކްތަކުން ލޯނެއް ނެގުމަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. ރާއްޖޭގައި ބޭންކްތަކުގެ އިންޓްރެސްޓް ރޭޓުތައް އެވްރެޖުކޮށް އުޅެނީ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގަ އެވެ.
ޔޫރޯ މާކެޓިން އިން ބޮންޑު ވިއްކުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައި ވިޔަނަ ޕޯޓަލްގަ އެވެ. އޭގެ ދެ މަސް ފަހުން ބޮންޑު ވިކުމުން އެނގެނީ ރާއްޖޭގެ ކެޕިޓަލް މާކެޓުން ފައިސާ ހޯދުމަށް އަމިއްލަ ކުންފުނިތަކަށް ފަހި ފުރުސަތުތަކެއް އޮތް މިންވަރު ކަމަށް ފަސްޓް ނޭޝަނަލް އިން ބުންޏެވެ.
ފަސްޓް ނޭޝަނަލް އިން ބުނީ، ޔޫރޯ މާކެޓިންގެ ބޮންޑަށް ރާއްޖޭގެ ބޮޑެތި އިންސްޓިޓިއުޝަނަލް އިންވެސްޓަރުންނަށް އަމިއްލަ ކުންފުނިތަކުގައި އިންވެސްޓް ކުރުމުގެ މަގު ފަހިވެ، ރީޓެއިލް އިންވެސްޓަރުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ.
ޔޫރޯ މާކެޓިންގެ ބޮންޑު: އަނެއްކާ ވެސް އާ ރެކޯޑެއް!
އަމިއްލަ ކުންފުންޏަކުން ފުރަތަމަ ބޮންޑު އިޝޫކޮށްފި
އެމްޑަބްލިޔުއެސްސީން 400 މިލިއަންގެ ބޮންޑެއް ވިއްކަނީ
ޒަމީލާއި އިންތިހާބީ އޭޖެންޓްގެ ޖޫރިމަނާ ބާތިލްކޮށްފި
ތިން މަހުން ގެއްލުމުގެ ބަދަލަށް 82 މިލިއަން
ޔޫރޯ މާކެޓިންގެ ކޫޕަން ޕޭމަންޓު ދީފި
ސަރުކާރުން އެސްބީއައިއަށް 1.5 ބިލިއަން ދައްކަންޖެހޭ
50 މިލިއަންގެ ލޯނު ނެގީ އެސްބީއައިއަށް ދެއްކުމަށް
ފިނޭންސުން 8.5 ބިލިއަން ރުފިޔާ ހޯދަން އިއުލާނުކޮށްފި
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 46 މިލިއަން ރުފިޔާ