Roadha Mihaaru

ފެޑޯގެ "ސޭވާ" ޕްރޮޖެކްޓަށް 55 މިލިއަންގެ ބޮންޑެއް ވިއްކަނީ، ލީޑް އެރޭންޖާއަކަށް ދިވެހި އިންވެސްޓްމެންޓް ޕާޓްނާސް

ކޮންސްޓްރަކްޝަން ކުންފުނި ފެޑޯ އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ޕްރީމިއަމް ހޮސްޕިޓަލިޓީ "ސޭވަ" ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް 55 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކުމުގެ ލީޑް އެރޭންޖާއަކަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ހަމަޖައްސައިފި އެވެ.

55 މިލިއަންގެ ބޮންޑެއް ވިއްކުމުގެ ލީޑް އެރޭންޖާއަކަށް ޑީއައިޕީ

ކޮންސްޓްރަކްޝަން ކުންފުނި ފެޑޯ އިން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ ޕްރީމިއަމް ހޮސްޕިޓަލިޓީ "ސޭވަ" ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ހޯދުމަށް 55 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކުމުގެ ލީޑް އެރޭންޖާއަކަށް ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ހަމަޖައްސައިފި އެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް ޕްރައިވެޓް ލިމިޓެޑް (ޑީއައިޕީ) އާއި ފެޑޯ ޕްރައިވެޓް ލިމިޓެޑާ ދެމެދު މިއަދު ވަނީ އޭގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ޑީއައިޕީ އަކީ ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް، ކުންފުނިތަކަށް ފައިސާ ހޯދައި ދިނުމާއި އިންވެސްޓްމަންޓް މެނޭޖްމަންޓް އަދި މާލީ ލަފާދިނުމަށް މަސައްކަތް ކުރާ ކުންފުންޏެކެވެ.

ސޭވާ ޕްރޮޖެކްޓް. އެ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގްވާމީ އަދި ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓްތަކާއި ޖިމް، ޕޫލް  އަދި ކޮންފަރެންސް ރޫމް ފަދަ ތަންތަން ހަދާނެ -- ފޮޓޯ: ޑީއައިޕީ

ސޭވާ ޕްރޮޖެކްޓް. އެ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގްވާމީ އަދި ޒަމާނީ ފެންވަރުގެ ރެސްޓޯރެންޓްތަކާއި ޖިމް، ޕޫލް އަދި ކޮންފަރެންސް ރޫމް ފަދަ ތަންތަން ހަދާނެ -- ފޮޓޯ: ޑީއައިޕީ

ފެޑޯ އަކީ 2011 ވަނަ އަހަރު އުފައްދައި، އިމާރާތްކުރުމުގެ ދާއިރާގައި ފުއްނާބު އުސް އަދި ދިވެހިންގެ މެދުގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ހަދާ ސޭވާ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ރެސްޓޯރަންޓަކާއި، ޖިމާއި ޕޫލާއި ކޮންފަރެންސް އަދި އިވެންޓް ހޯލެއް ހެދުމަށް ހަމަޖެހިފައިވެ އެވެ. އެތަން ފަރުމާ ކުރަނީ އާބަން ރީޓްރީޓް އަދި ލައުންޖެއްގެ ގޮތުގަ އެވެ. ފެޑޯ އިން ބުނީ، އެއީ ސާވިސް އަދި ހޮސްޕިޓައިލިޓީގެ ދާއިރާގައި ވިޔަފާރީ ފުޅާކުރުމަށް އެ ކުންފުނީގައި އޮތް ސްޓްރެޓެޖިކް ރޯޑްމެޕްގެ މުހިންމު ބައެއް ކަމަށެވެ.

ޑީއައިޕީ އިން ބުނީ، އެ ޕްރޮޖެކްޓަށް އިޝޫ ކުރާނީ އަންސެކިއުއާޑް ކޮންވެންޝަނަލް ބޮންޑެއް ކަމަށެވެ. ބޮންޑް ވިއްކުމަށް މަސައްކަތް ކުރާނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ޕޯޓަލް މެދުވެރިކޮށެވެ. މިއީ އިންވެސްޓްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ޑީއައިޕީ އިން ބުންޏެވެ.

އެ ބޮންޑުގެ އިތުރުން ޑީއައިޕީ އިން އަންނަނީ އިތުރު ކުންފުނިތަކަކާ އެކު ރާއްޖޭގެ ކެޕިޓަލް މާކެޓް މެދުވެރިކޮށް އިންވެސްޓްމަންޓްތަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.