އޭޑީކޭ ހޮސްޕިޓަލުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައި އޭގެ ފުރަތަމަ ޓްރާންޗް ނުވަތަ ބައިގެ ގޮތުގައި 50 މިލިއަން ރުފިޔާ ކާމިޔާބު ކަމާ އެކު ވިއްކައި ނިންމާލައިފި އެވެ.
09 މެއި 2025
އޭޑީކޭ ހޮސްޕިޓަލުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައި އޭގެ ފުރަތަމަ ޓްރާންޗް ނުވަތަ ބައިގެ ގޮތުގައި 50 މިލިއަން ރުފިޔާ ކާމިޔާބު ކަމާ އެކު ވިއްކައި ނިންމާލައިފި އެވެ.
އޭޑީކޭގެ ފުރަތަމަ ޓްރާންޗަށް ހުޅުވާލީ މިދިޔަ މަހުގެ 15 ގަ އެވެ. އެހެންވެ، ގާތްގަނޑަކަށް 15 ދުވަހުން އެ ބޮންޑުގެ ފުރަތަމަ ބައި ވަނީ ވިކިފަ އެވެ.
ފުރަތަމަ ޓްރާންޗު ކާމިޔާބު ކަމާ އެކު ވިކުނު އިރު އެ ހޮސްޕިޓަލުން ޖުމްލަ 120 މިލިއަން ރުފިޔާގެ ބޮންޑު ވިއްކާނެ އެވެ. އަދި ދެވަނަ ޓްރާންޗަށް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ބޮންޑުގެ ލީޑް އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒާ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުން ބުންޏެވެ.
ފަސްޓް ނެޝަނަލް އިން ވަނީ އެ ބޮންޑު ސްޓްރަކްޗާކޮށްފަ އެވެ. އަދި ބޮންޑާ ގުޅޭ ހުރިހާ ކަމެއް މެނޭޖްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.
އޭޑީކޭގެ އެ ބޮންޑު އިޝޫ ކުރާނީ ތިން ޓްރާންޗަކަށް ބަހާލައިގެންނެވެ. ބޮންޑުގެ އަހަރީ ކޫޕަން ރޭޓަކީ އަށް ޕަސެންޓެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ވިއްކާ ބޮންޑެކެވެ.
އޭޑީކޭ ހޮސްޕިޓަލުން އެ ބޮންޑު ވިއްކަނީ، އެ ހޮސްޕިޓަލް ހިދުމަތްތައް އިތުރަށް ޑައިވާސިފައިކޮށް، ސިއްހީ ބައެއް ހިދުމަތްތަކަށް ބޭނުންވާ، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށެވެ. އަދި 15 ބުރީގެ އިތުރު އިމާރާތެއް އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް ފަސްޓް ނެޝަނަލް އިން ބުންޏެވެ. އޭޑީކޭގެ އާ ބިލްޑިންހާ އެކު ސިއްހީ ދާއިރާގައި ރާއްޖޭގައި މިވަގުތު ނުލިބޭ އިތުރު ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ، އެ ބޮންޑުގެ ފުރަތަމަ ޓްރާންޗު ކާމިޔާބު ކަމާ އެކު ވިއްކާލުމުން އެކުންފުނިން ރާއްޖޭގެ ސިއްހީ ދާއިރާއަށް ގެންނަން ބޭނުންވާ އިންގިލާބީ ބަދަލުތަކަށް އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ހާމަވާ ކަމަށެވެ.
ފަސްޓް ނެޝަނަލްގެ ސީއީއޯ ހަސަން ޒިޔަތު ވިދާޅުވީ، އެ ބޮންޑަށް ލިބުނު ކާމިޔާބީން ރާއްޖޭގެ ކެޕިޓަލް މާކެޓަށް އިންވެސްޓަރުންގެ ޝައުގު އޮތް މިންވަރު ސާފުވާ ކަމަށެވެ.
އޭޑީކޭ ބޮންޑުގެ ދެ ވަނަ ޓްރާންޗަށް ވަރަށް އަވަހަށް ހުޅުވާލަން ވަނީ ނިންމާފަ އެވެ.
55 މިލިއަންގެ ބޮންޑެއް ވިއްކުމުގެ ލީޑް އެރޭންޖާއަކަށް ޑީއައިޕީ
އޭޑީކޭ އިން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަނީ
ޔޫރޯ މާކެޓިން ބޮންޑު: އިތުރު 7 މިލިއަން ދޫކޮށްފި
ރިއަލް އެސްޓޭޓް ފަންޑު:18 މިލިއަންގެ ޓާގެޓު ހާސިލުވި
މާލީ ޒޯން ގާއިމުކުރާ ތަނުގެ ބިންގާ އަޅައިފި
ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން
ރިއަލް އެސްޓޭޓު ފަންޑުގެ ޑިވިޑެންޑް ބަހަނީ
ފަސްޓް ނެޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ވިސާމް
އޭޑީކޭގައި މެޑިކަލް އިންޓާންޝިޕް ފަށައިފި
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު