އޭޑީކޭ ހޮސްޕިޓަލުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައި އޭގެ ފުރަތަމަ ޓްރާންޗް ނުވަތަ ބައިގެ ގޮތުގައި 50 މިލިއަން ރުފިޔާ ވިއްކަން ހުޅުވާލައިފި އެވެ.
16 އެޕްރީލް 2025
އޭޑީކޭ ހޮސްޕިޓަލުން 120 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން ނިންމައި އޭގެ ފުރަތަމަ ޓްރާންޗް ނުވަތަ ބައިގެ ގޮތުގައި 50 މިލިއަން ރުފިޔާ ވިއްކަން ހުޅުވާލައިފި އެވެ.
އޭޑީކޭގެ ބޮންޑުގެ ފުރަތަމަ ޓްރާންޗަށް އިވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ވިޔަނަ ބޯޑުން ފެންނާނެ އެވެ. އޭގައި އެ ބޮންޑު ލިސްޓްކޮށްފައިވަނީ ޕްރައިވެޓް ޕްލޭސްމެންޓެއްގެ ގޮތުގަ އެވެ.
ފަސްޓް ނެޝަނަލް އަކީ އެ ބޮންޑުގެ ލީޑް އެރޭންޖާ އަދި ޕްރިންސިޕަލް އެޑްވައިޒަރެވެ. ފަސްޓް ނެޝަނަލް އިން ވަނީ އެ ބޮންޑު ސްޓްރަކްޗާކޮށްފަ އެވެ. އަދި ބޮންޑާ ގުޅޭ ހުރިހާ ކަމެއް މެނޭޖްކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ އެވެ.
އެ ކުންފުނިން ބުނީ، ބޮންޑު އިޝޫ ކުރާނީ ތިން ޓްރާންޗަކަށް ބަހާލައިގެން ކަމަށެވެ. ބޮންޑުގެ އަހަރީ ކޫޕަން ރޭޓަކީ އަށް ޕަސެންޓެވެ. އެއީ ފަސް އަހަރުގެ މުއްދަތަކަށް ވިއްކާ ބޮންޑެކެވެ.
އޭޑީކޭ ހޮސްޕިޓަލުން އެ ބޮންޑު ވިއްކަނީ، އެ ހޮސްޕިޓަލް ހިދުމަތްތައް އިތުރަށް ޑައިވާސިފައިކޮށް، ސިއްހީ ބައެއް ހިދުމަތްތަކަށް ބޭނުންވާ، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށެވެ. އަދި 15 ބުރީގެ އިތުރު އިމާރާތެއް އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ. އެ ޕްރޮޖެކްޓުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބޮޑު ބަދަލެއް ފެންނާނެ ކަމަށް ވެސް ފަސްޓް ނެޝަނަލް އިން ބުންޏެވެ. އޭޑީކޭގެ އާ ބިލްޑިންހާ އެކު ސިއްހީ ދާއިރާގައި ރާއްޖޭގައި މިވަގުތު ނުލިބޭ އިތުރު ހިދުމަތްތައް ވެސް ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭޑީކޭ ހޮސްޕިޓަލަކީ ރާއްޖޭގައި އެންމެ ފުރަތަމަ ހިންގަން ފެށި ޕްރައިވެޓް ހޮސްޕިޓަލެވެ. އަދި ޓާޝަރީ ހޮސްޕިޓަލެއްގައި އެންމެ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަނީ އެ ހޮސްޕިޓަލުންނެވެ.
އޭޑީކޭ ބޮންޑުގެ ފުރަތަމަ ޓްރާންޗުން 50 މިލިއަން
ހިއްސާ: ރައްކާތެރިކަމާއެކު ފަހަށް ރައްކާކުރުން
ފަހަށް ރައްކާކުރުން: އިންވެސްޓްމަންޓް ފަންޑް
ފަހަށް ރައްކާކުރުން: ބޮންޑް އަދި ސުކޫކު
ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް
އެމްއެޗްއޭ އިން 30 މިލިއަންގެ ސުކޫކެއް ވިއްކަނީ
ދެ ހޮސްޕިޓަލަށް އެންސްޕާއިން މިދިޔަ މަހު 7 މިލިއަން
ރިއަލް އެސްޓޭޓު ފަންޑުގެ ޑިވިޑެންޑް ބަހަނީ
ފަސްޓް ނެޝަނަލްގެ ޗީފް ކޮމާޝަލް އޮފިސަރަކަށް ވިސާމް
ޔޫރޯ މާކެޓިން ބޮންޑު: އިތުރު 7 މިލިއަން ދޫކޮށްފި