ފަސްޓް ނެޝަނަލްގެ ރިއަލް އެސްޓޭޓް ފަންޑުގެ ފުރަތަމަ ކުއާޓާގެ ޑިވިޑެންޑް ބަހަން ނިންމައިފި އެވެ.
15 އެޕްރީލް 2025
ފަސްޓް ނެޝަނަލްގެ ރިއަލް އެސްޓޭޓް ފަންޑުގެ ފުރަތަމަ ކުއާޓާގެ ޑިވިޑެންޑް ބަހަން ނިންމައިފި އެވެ.
ފަސްޓް ނެޝަނަލްގެ ރިއަލް އެސްޓޭޓް އެންޑް ހޮސްޕިޓާލިޓީ ފަންޑުގެ ފުރަތަމަ ކުއާޓާގެ ގޮތުގައި 226،441ރ. ބަހާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ރިއަލް އެސްޓޭޓް ފަންޑަކީ ސީއެމްޑީއޭ އެޕްރޫވްކޮށްފައިވާ ފަންޑެކެވެ. މިއީ ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓަރީ ކޮށްގެން މިގޮތަށް ހުޅުވާލި ފުރަތަމަ ފަންޑެވެ. އެ ފަންޑު މެނޭޖް ކުރަނީ ފަސްޓް ނެޝަނަލް ފައިނޭންސް ކޯޕަރޭޝަނުންނެވެ.
ޑިވިޑެންޑްގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 22.87ރ. ބަހަން ވަނީ ނިންމައިފަ އެވެ. ހިއްސާދާރުންގެ އިތުރުން ބޮންޑު ގަތް ފަރާތްތަކަށް ވެސް 318،856ރ. ބަހަން ނިންމާފައިވެ އެވެ. އަންނަ ޖުލައި މަހު އަނެއްކާވެސް ދެވަނަ ކުއާޓާގައި ހިއްސާދާރުންނަށް އަދި އިންވެސްޓަރުންނަށް ފައިދާ ބަހާނެ އެވެ.
އެ ފަންޑުގައި ހިއްސާދާރެއްގެ ގޮތުގައި އަދި ބޮންޑު ހޯލްޑަރެއްގެ ގޮތުގައި ވެސް އިންވެސްޓްކޮށްފައިވެ އެވެ. ހިއްސާގެ ގޮތުގައި ވިއްކީ 1،000 ރުފިޔާގެ ރޭޓުން 9،900 ހިއްސާ އެވެ. ބޮންޑުގެ ގޮތުގައި 1،000 ރުފިޔާގެ ރޭޓުން 8،100 ބޮންޑު ދޫކޮށްފައިވެ އެވެ. މިދިޔަ ޑިސެމްބަރު މަހު ހުޅުވާލި އެ ފަންޑު މެދުވެރިކޮށް ޖުމްލަ 18 މިލިއަން ވަނީ ރެއިޒްކޮށްފަ އެވެ.
އެފަދަ ފަންޑެއްގެ ބޭނުމަކީ ރިއަލް އެސްޓޭޓަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދީ، އެ ދާއިރާއިން އާންމުންނަށް އާމްދަނީއެއް ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުން ކަމަށް ފަސްޓް ނެޝަނަލް އިން ބުންޏެވެ.
ރިއަލް އެސްޓޭޓް ފަންޑު ހިންގަނީ އެކަމަށް ހާއްސަ ކުންފުންޏަކުންނެވެ. އެކުންފުނީގެ ބޯޑު ޑިރެކްޓަރުގެ ތެރޭގައި ހިމެނެނީ ޑރ. އިބްރާހިމް މަހްފޫޒާއި އަހުމަދު ހަސަން ދީދީގެ އިތުރުން އަހުމަދު ނާސިރެވެ.
ރިއަލް އެސްޓޭޓް ފަންޑު:18 މިލިއަންގެ ޓާގެޓު ހާސިލުވި
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު
ސިންގަޕޫރު، ދުބާއީހެން އިގުތިސާދު ޑައިވާސިފައިކުރެވޭނެ؟
ހިއްސާ: ރައްކާތެރިކަމާއެކު ފަހަށް ރައްކާކުރުން
ފަހަށް ރައްކާކުރުން: އިންވެސްޓްމަންޓް ފަންޑް
ފަހަށް ރައްކާކުރުން: ބޮންޑް އަދި ސުކޫކު
ރެސްޓޯރެންޓްތަކުގެ އިންފްލޭޝަން 29 ޕަސެންޓް މައްޗަށް
ފަސްޓް ނެޝަނަލްގެ ސޭވިން ފަންޑަށް ލުއިތަކެއް
އެމްއެޗްއޭ އިން 30 މިލިއަންގެ ސުކޫކެއް ވިއްކަނީ
ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި އިތުރު ކުންފުންޏެއް