ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ސަރުކާރު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
01 ޖޫން 2025
ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓްގެ ނަމުގައި ސަރުކާރު ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފި އެވެ.
އެ ކުންފުނި އުފެއްދެވީ ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއުކުރި ރައީސްގެ ގަރާރަކުންނެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އެކުލެވޭ މި ކުންފުނި އުފެއްދީ ދިވެހި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި ޑިޖިޓަލް ފައިނޭންޝަލް ސާވިސް އާއި ޑިޖިޓަލް ރިއަލް އެސްޓޭޓާއި ފައިނޭންޝަލް ޓޫރިޒަމާއި ބޭންކިންގެ ހިދުމަތް ހިމެނޭ ގޮތަށް، މާލީ ހިދުމަތްތެރިކަމުގެ ސިނާއަތު ރާއްޖޭގައި ކުރިއަރުވަން ކަމަށް ރައީސް އޮފީހުން ބުންޏެެވެ.
އެ އޮފީހުން ބުނީ ބައިނަލްއަގުވާމީ މާލީ ހިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ވެސް މި ކުންފުނިން ކުރާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ 10ރ. ގެ 100 މިލިއަން ހިއްސާގެ މައްޗަށް ބަހާލެވިފައިވާ އެއް ބިލިއަން ރުފިޔާ ކަމަށެވެ. އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެންވާ ވަކި ސިއްކައެއް އޮންނަ ގާނޫނީ ގޮތުން އަމިއްލަ ޝަހުސެއް ކަމަށް ވެސް ބުންޏެވެ.
ރިފަރެންޑަމް ބިލް ރައީސް ތަސްދީގު ކުރައްވައިފި
އެޗްއާރުސީއެމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ފަލަސްތީނާ ގުޅޭ ގަރާރު ބަލައިގަތުމުން ރައީސްގެ މަރުހަބާ
ގިނަ ދުވަހު ހިދުމަތްކުރެއްވި 94 ބޭފުޅަކަށް އިނާމު
ޓާމިނަލަށް ފައިސާ ހަމަޖައްސައިދިން ފަރާތްތަކަށް ޝުކުރު
"ސަލާމަތަށް ކޮންމެ އިންޗިއެއް ބަލަހައްޓާނީ ދިވެހިން"
ފަރުވާއަށް ދާ މީހުންނަށް ދޭ ޑޮލަރު އިތުރުކޮށްދެނީ
ޔޫކޭގެ ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ސިޔާސީ މުވައްޒަފުންގެ އަދަދަކީ 922: ރައީސް އޮފީސް
ފަރުމުލި، މާފަރު ބައެއް ނޫން ކަމަށް ކަނޑައަޅުއްވައިފި