Roadha Mihaaru

ހުނަރުވެރި އެކައުންޓަންޓުންނާއި ފައިނޭންސް މާހިރުން: ވިލާ ކޮލެޖުން ބިނާކުރާ މުސްތަގުބަލްގެ ޖީލު

ކޮންމެ ކާމިޔާބު ވިޔަފާރިއެއްގެ ފަހަތުގައި ވަނީ އެ ވިޔަފާރިއެއްގެ މާލީ ހާލަތު ރަނގަޅަށް ދެނެގަނެ، ހަރުދަނާކޮށް ބެލެހެއްޓުމެވެ. އެކައުންޓިން އަކީ ހަމައެކަނި އަދަދުތަކާއި ހިސާބުތަކެއް ނޫނެވެ. އެއީ ވިޔަފާރީގެ ސިއްހަތު ދެނެގަންނަ މިންގަނޑެވެ. އެއީ މުސްތަގުބަލުގެ ނިންމުންތައް ނިންމުމަށް އަލިކޮށްދޭ އަލިގަދަ ބައްތިއެކެވެ. ޒަމާނީ ވިޔަފާރީގެ މާހައުލުގައި ޑިޖިޓަލް ޓެކްނޮލޮޖީ އާއި ދެމެހެއްޓެނިވި ތަރައްގީ އަދި ބަދަލުވަމުން އަންނަ ގަވާއިދުތަކަށް ސަމާލުވެ، އެއާ އެއްގޮތަށް މާލީ ކަންކަން ބެލެހެއްޓުމުގެ ގާބިލު ކަމަކީ ކޮންމެހެން ބޭނުންތެރި ހުނަރެކެވެ.

ވިލާ ކޮލެޖުން ބިނާކުރަނީ ފައިނޭންސް ދާއިރާގެ މާހިރުން

ކޮންމެ ކާމިޔާބު ވިޔަފާރިއެއްގެ ފަހަތުގައި ވަނީ އެ ވިޔަފާރިއެއްގެ މާލީ ހާލަތު ރަނގަޅަށް ދެނެގަނެ، ހަރުދަނާކޮށް ބެލެހެއްޓުމެވެ. އެކައުންޓިން އަކީ ހަމައެކަނި އަދަދުތަކާއި ހިސާބުތަކެއް ނޫނެވެ. އެއީ ވިޔަފާރީގެ ސިއްހަތު ދެނެގަންނަ މިންގަނޑެވެ. އެއީ މުސްތަގުބަލުގެ ނިންމުންތައް ނިންމުމަށް އަލިކޮށްދޭ އަލިގަދަ ބައްތިއެކެވެ. ޒަމާނީ ވިޔަފާރީގެ މާހައުލުގައި ޑިޖިޓަލް ޓެކްނޮލޮޖީ އާއި ދެމެހެއްޓެނިވި ތަރައްގީ އަދި ބަދަލުވަމުން އަންނަ ގަވާއިދުތަކަށް ސަމާލުވެ، އެއާ އެއްގޮތަށް މާލީ ކަންކަން ބެލެހެއްޓުމުގެ ގާބިލު ކަމަކީ ކޮންމެހެން ބޭނުންތެރި ހުނަރެކެވެ.

މި ހުނަރުތަކުން މުއްސަނދި، ފަންނީ ގޮތުން ގާބިލް އަދި ތިއަރީ އާއި އަމަލީ ތަޖުރިބާ ލިބިފައިވާ އެކައުންޓިން ޕްރޮފެޝަނަލުންތަކެއް އުފެއްދުމަށް ވިލާ ކޮލެޖުން ހިންގާ ޔުނިވަސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ ބެޗްލާ އޮފް ސައިންސް (އޮނާސް) އިން އެކައުންޓިން އެންޑް ފައިނޭންސް ޕްރޮގްރާމަކީ، އެ ދާއިރާ އިން ކުރިއަރައި، ހަރުދަނާ ކެރިއާއެއް ބިނާކުރަން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފުރުސަތުތަކެކެވެ.

އެ ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ، ދަރިވަރުންނަށް ފައިނޭންޝަލް އެކައުންޓިން އާއި މެނޭޖްމަންޓް އެކައުންޓިން އަދި ފައިނޭންޝަލް މެނޭޖްމަންޓްގެ އަސާސްތަކާއި އެންމެ ފަހުގެ އުސޫލުތައް ފުރިހަމައަށް އުނގަންނައިދިނުމެވެ. އެއީ ޕްރޮފެޝަނަލް ދާއިރާ އަށް އަމާޒު ކޮށްފައިވާ ޕްރޮގްރާމެއް ކަމަށް ވާތީ ސީއައިއެމްއޭ( ސީމާ) އޭސީސީއޭ ފަދަ ޕްރޮފެޝަނަލް ކޮލިފިކޭޝަންތަކުގެ ނުވަ މޮޑިއުލްއަކުން އެގްޒެންޕްޝަންސް ލިބުމަށް މަގުފަހިވެ އެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ޒަމާނީ ގޮންޖެހުންތަކަށް ދަރިވަރުން ތައްޔާރުކުރުމަށްޓަކައެވެ. ދުނިޔޭގެ ކޮންޓެކްސްޓްގައި އެކައުންޓިން އާއި ފައިނޭންސްގެ އިލްމު ބޭނުންކުރުމަށާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ދެމެހެއްޓެނިވި ތަރައްގީ އަދި ގާނޫނީ ބަދަލުތަކަށް ސަމާލުވުމަށް ބާރު އަޅަ އެވެ. ދަރިވަރުންނަކީ، މުހިއްމު ސްޓްރެޓީޖިކް ނިންމުންތައް ނިންމުމުގެ ގާބިލްކަން ލިބި، ފަންނީ އަދި ތިއަރީގެ މައުލޫމާތު އެއްކޮށް، ވިޔަފާރީގެ ކުރިއެރުމަށް މަސައްކަތްކުރާ، މާލީ މައްސަލަތައް ހައްލުކުރާ، އަދި ތަފާތު ސަގާފަތްތަކުގެ މީހުން އުޅޭ މާހައުލެއްގައި ގުޅިގެން މަސައްކަތް ކުރެވޭނެ ބަޔަކަށް ހެދުމަށް އިސްކަންދީގެން ކިޔަވައިދެވޭ ޕްރޮގްރާމެކެވެ.

ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް ގެ ޑީން، އަބްދުﷲ ނާފިޒް ދެކެވަޑައިގަންނަވާ ގޮތުގައި އެކައުންޓިން އެންޑް ފައިނޭންސަކީ ކޮންމެ ވިޔަފާރިއެއްގެވެސް މައި ނާރު ކަމަށެވެ.

"އަޅުގަނޑުމެން ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް އިން އަމާޒުކުރަނީ، ރާއްޖެ އާއި ބައިނަލްއަގްވާމީ ގޮތުން ވެސް ބަލައިގަނެވޭ ފެންވަރުގައި، ހަމައެކަނި ތިއަރީ ދަސްކޮށްދިނުމުގެ އިތުރުން، ވަޒީފާގެ ބާޒާރަށް ބޭނުންތެރި، އަމަލީ ހުނަރު ލިބިފައިވާ، އަދި ސްޓްރެޓީޖިކްކޮށް ވިސްނަން އެނގޭ ލީޑަރުންތަކެއް އުފެއްދުމަށް. ޕްރޮފެޝަނަލީ ބަލައިގަންނަ، ބްލޫމްބާގް ޓްރޭޑިން ސުއިޓް، ބިޒްނަސް ކްލިނިކް ފަދަ އަމަލީ ތަޖުރިބާތަކަށް އަޅުގަނޑުމެން ދޭ ސަމާލު ކަމަކީ މިކަމުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ވަނީ އިންޑަސްޓްރީއާ ގުޅުން ބަދަހިކޮށް، އެކި ދާއިރާތަކުން އެންމެ މޮޅު ދަރިވަރުން އުފެއްދުމަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީފަ އެވެ. ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރާއި ކޮލެޖުގެ އެފިލިއޭޝަންތަކަކީ މީގެ ހެއްކެކެވެ. އޭސީސީއޭ އަދި ސީމާ ފަދަ ޕްރޮފެޝަނަލް ބޮޑީތަކާ އެކު އޮންނަ ވަރުގަދަ ގުޅުން ފާހަގަކޮށްލެވެ އެވެ.

ހަމައެކަނި އެކައުންޓިންއެއް ނޫން، މެނޭޖްމަންޓް އަދި ފައިނޭންސް ފަދަ ގިނަ ދާއިރާތަކެއް ހިމެނޭ. އެންމެ އުފާވީ އަމަލީ ތަޖުރިބާ ލިބޭނެ ކަމާއި ވަޒީފާ އަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭކަން އެނގުމުން. ބިޒްނަސް ކްލިނިކާއި އިންޓާންޝިޕް ފަދަ ކަންކަމަކީ، ކިޔެވުން ނިމޭއިރު ވަޒީފާއަކަށް ފަސޭހައިން ވަދެވޭނެ ކަމުގެ ޔަގީންކަން ލިބޭ ކަންކަން."--- ދަރިވަރެއް

އޭޕްރީލް 29، 2013 އިން ފެށިގެން ވިލާ ކޮލެޖަކީ އޭސީސީއޭގެ ގޯލްޑް ސްޓޭޓަސް އެޕްލައިޑް ލާނިން ޕާޓްނަރެކެވެ. މިއީ ރާއްޖޭގައި މި ސްޓޭޓަސް ފުރަތަަމަ ހާސިލް ކުރި އަދި މެދުކެނޑުމެއް ނެތި ދަމަހައްޓަމުން އަންނަ ހަމައެކަނި ފަރާތެވެ. އެ ކޮލެޖަކީ ސީމާ އަދި އައިސީއޭއީޑަބްލިއުގެ މެންބަރެއް ވެސް މެ އެވެ.

އެ ޕްރޮގްރާމުން ދަރިވަރުންނަށް އަގު ހުރި އަމަލީ ތަޖުރިބާތަކެއް ލިބިގަތުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. ބްލޫމްބާގް ޓްރޭޑިން ސުއިޓް ބޭނުންކޮށްގެން، އިންޑަސްޓްރީ ސްޓޭންޑަޑް ފައިނޭންޝަލް ޑޭޓާބޭސް އަށް އެކްސެސްވެ، ދިރާސާ ކުރުމާއި އިންވެސްޓްމަންޓް ނިންމުންތައް ނިންމުމަށް ތަމްރީނުވެވެ އެވެ. ބިޒްނަސް ކްލިނިކްތަކުގެ ޒަރިއްޔާއިން އާ ވިޔަފާރިވެރިންނާއި ކުދި ކުންފުނިތަކާއި އަދި ޗެރިޓީތަކަށް، އެކައުންޓިން އާއި ޓެކްސްއާ ގުޅޭ މައުލޫމާތު ދީ، ވިޔަފާރީގެ އެޑްވައިޒަރެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ލިބެ އެވެ.

ހުރިހާ ފެންވަރެއްގައި ވެސް އިންޑަސްޓްރީ ގެސްޓް ލެކްޗާތަކާއި ޕްރޮފެޝަނަލް ބޮޑީތަކާ ގުޅިގެން ހަރަކާތްތައް ހިންގައި، މުސްތަގްބަލުގެ ވަޒީފާ ދޭ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ހުޅުވާލަ އެވެ. ހުރިހާ ދަރިވަރުން ވެސް އިންޓަރންޝިޕް، ވޮލަންޓިއަރިން، ނުވަތަ ފަހު އަހަރުގެ ހާއްސަ މޮޑިއުލްތަކެއްގެ ޒަރިއްޔާއިން، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ތަރައްގީކު ރުން ލާޒިމްވެ އެވެ. މިއީ ދަރިވަރުންގެ ސީވީ މުއްސަނދިކޮށް، ހަގީގީ ދުނިޔެ އަށް ދަރިވަރުން އަހުލުވެރިކުރުވާ ކަންކަމެވެ.

އިންޑަސްޓްރީގެ ތަޖުރިބާކާރަކު ފާހަގަކުރެއްވި ގޮތުގައި އެކައުންޓިންއަކީ އަބަދުވެސް ޑިމާންޑް އޮންނަ ދާއިރާއެކެވެ. އެކަމަކު މިއަދު ކުންފުނިތަކުން ބޭނުންވަނީ ހަމައެކަނި ބޭސިކް ހިސާބު ހަދަން އެނގޭ މީހުންނެއް ނޫނެވެ.

"ސްޓްރެޓީޖިކްކޮށް ވިސްނަން އެނގޭ، ޑޭޓާ އެނަލައިޒްކޮށް، އެ އިން އިންސައިޓްތައް ނެރެ، ނިންމުންތައް ނިންމުމަށް އެހީތެރިވެވޭނެ މީހުން. އަދި، ޑިޖިޓަލް ޓެކްނޮލޮޖީ ފަދަ އައު ދާއިރާތަކަށް ވެސް އަހުލުވެރި ވެފައި ތިބުން މުހިއްމު. މި ޕްރޮގްރާމްގައި ހިމެނޭ އަމަލީ ތަޖުރިބާތަކާއި ޒަމާނީ މޮޑިއުލްތަކުގެ ސަބަބުން، މިތަނުން ދަސްވެނިވާ ދަރިވަރުންނަކީ ވަޒީފާގެ ބާޒާރަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ތިބޭނެ ބައެއް." ތަޖުރިބާކާރަކު ވިދާޅުވި އެވެ. އެ ޕްރޮގްރާމާ ގުޅެން ޝައުގުވެރިވާ ދަރިވަރަކު ބުނީ އެކައުންޓިނ އަށް އަބަދުވެސް ޝައުގުވެރިވާ ކަމަށާއި އެ ޕްރޮގްރާމްގެ ތަފްސީލު ފެނުނީމަ ވަރަށް ހިތްހަމަޖެހުނު ކަމަށެވެ.

"ހަމައެކަނި އެކައުންޓިންއެއް ނޫން، މެނޭޖްމަންޓް އަދި ފައިނޭންސް ފަދަ ގިނަ ދާއިރާތަކެއް ހިމެނޭ. އެންމެ އުފާވީ އަމަލީ ތަޖުރިބާ ލިބޭނެ ކަމާއި ވަޒީފާ އަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭކަން އެނގުމުން. ބިޒްނަސް ކްލިނިކާއި އިންޓާންޝިޕް ފަދަ ކަންކަމަކީ، ކިޔެވުން ނިމޭއިރު ވަޒީފާއަކަށް ފަސޭހައިން ވަދެވޭނެ ކަމުގެ ޔަގީންކަން ލިބޭ ކަންކަން." އެ ދަރިވަރު ބުންޏެވެ.

އެ ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑްގެ މާސްޓަ އޮފް ސައިންސް (އެމްއެސްސީ) އިން އެކައުންޓިން އެންޑް ފައިނޭންސް ޕްރޮގްރާމާ ގުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ނޯޓް: މިއީ ވިލާ ކޮލެޖުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.