Roadha Mihaaru
ޔޫކޭގެ މާސްޓާސް ޕްރޮގްރާމެއް ނާސިންގެ ދާއިރާއިން

ޔޫކޭގެ ފެންވަރު ރަނގަޅު މާސްޓާސް ޕްރޮގްރާމެއް ނާސިންގެ ދާއިރާއިން ވެސް

18 ޑިސެމްބަރ 2019

ރާއްޖޭގެ ނިސްބަތުން ޕްރޮފެޝަނެއްގައި އެންމެ ގިނަ މީހުން ވަޒީފާ އަދާ ކުރާ އެއް ދާއިރާއަކީ ނަރުސްކަމެވެ. އެ ދާއިރާ އަށް އަންނަ ކުރިއެރުންތަކާއި ތައުލީމް ލިބިގަތުމާއި ތަމްރީން ހޯދުމަށް ލިބޭ ފުރުސަތުތަކަކީ ގައުމީ ފެންވަރުގައި ވެސް ލިބޭ ކުރިއެރުންތަކަށް ވެގެންދާނެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ ނިސްބަތުން ޕްރޮފެޝަނެއްގައި އެންމެ ގިނަ މީހުން ވަޒީފާ އަދާ ކުރާ އެއް ދާއިރާއަކީ ނަރުސްކަމެވެ. އެ ދާއިރާ އަށް އަންނަ ކުރިއެރުންތަކާއި ތައުލީމް ލިބިގަތުމާއި ތަމްރީން ހޯދުމަށް ލިބޭ ފުރުސަތުތަކަކީ ގައުމީ ފެންވަރުގައި ވެސް ލިބޭ ކުރިއެރުންތަކަށް ވެގެންދާނެ އެވެ.

މިހާރު ނަރުސްކަން ކުރަމުން އަންނަ ނަރުހުންނަށް ހަމަގައިމު ވެސް މިކަން ވާނީ އުފާވެރި ހަބަރަކަށެވެ. އިނގިރޭސިވިލާތުގައި ކުރިއަރަމުން އަންނަ ޔުނިވާސިޓީއެއް ކަމަށްވާ، ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގެލޭންޑު (ޔޫވީ) ގެ މާސްޓާ އޮފް ސައިންސް އިން ނާސިން ޕްރޮގްރާމް އަންނަ މަހު ފަށަން ވިލާ ކޮލެޖުން އަންނަނީ ތައްޔާރުވަމުންނެވެ. އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަކީ ނާސިން ދާއިރާއިން ޑިގްރީ ހާސިލްކޮށްފައި ތިބި ނަރުހުންނަށް އިތުރު ހުނަރާއި މައުލޫމާތު ހިމަނައިގެން ފަރުމާ ކޮށްފައިވާ ޕްރޮގްރާމެކެވެ.

ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑަކީ އިނގިރޭސިވިލާތުގެ ސަރުކާރުން ޔުނިވާސިޓީތަކުގެ ފެންވަރު ވަޒަން ކުރަން ބޭނުންކުރާ މިންގަނޑެއްކަމަށްވާ ޓީޗިން އެކްސެލެންސް ފްރޭމްވޯކް (ޓެފް)ގެ ރަން ވަނަ ލިބިފައިވާ ޔުނިވާސިޓީ އެކެވެ. އަދި މި އަހަރުގެ ގާޑިއަން ލީގް ޓޭބަލްގައި މި ޔުނިވާސިޓީ ވަނީ 28 ވަނައަށް ގިންތި ކުރެވިފަ އެވެ.

އޭޑީކޭގައި ނަރުހުންތަކެއް މަސައްކަތްކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޑީކޭގައި ނަރުހުންތަކެއް މަސައްކަތްކުރަނީ--. ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލާ ކޮލެޖުން ބުނިގޮތުގައި އިނގިރޭސިވިލާތުގެ ޔުނިވާސިޓީއެއްގެ ޕްރޮގްރާމެއް ކަމުގައިވިޔަސް ކިޔަވައިދޭނެ މޮޑިއުލްތައް ހޮވާލުމުގައި ރާއްޖޭގެ މާހައުލާ ގުޅޭ އަދި އެ ދާއިރާއިން ރާއްޖެ އަށް އެންމެ މުހިއްމު ކަންކަމަށް އިސްކަން ދީފައިވާނެ ކަމަށެވެ. މިގޮތުން ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ މީހުން ބެލެހެއްޓުމާއި ނަފްސާނީ ދުޅަހެޔޮ ކަމަށާއި ސަބްސްޓޭންސް މިސްޔޫސް އަދި އޮކިއުޕޭޝަން ހެލްތު ފަދަ ދާއިރާތަކަށް ބަލާފައިވާނެ އެވެ. އޭގެ އިތުރުން ހާލު ދެރަ ބަލި މީހުން ދެނެގަތުމާއި އެފަދަ މީހުންނަށް ފަރުވާދިނުމާއި ބެލެހެއްޓުމާ ބެހޭގޮތުން ފަރުމާ ކޮށްފައިވާ މޮޑިއުލެއް ވެސް އެ ޕްރޮގްރާމްގައި ހިމަނާފައި ވެ އެވެ.

ޔޫވީގެ އެ ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ނަރުހުންނަކީ ތަފާތު އެކި ހާލަތްތަކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދަނެގަނެ އެފަދަ ހާލަތްތަކަށް ހޭނުމާއި އަދި ނަރުހުންގެ ކިބައިގައި ހުންނަން ޖެހޭ އެކި ހުނަރުތައް ތަރައްގީކުރުމާއެކު އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާކުރާނެ މީހުން ބިނާކުރުމަށް ސަމާލުކަށް ދީގެންނެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ނަރުހަކު މަަސައްކަތް ކުރަނީ.-- މިހާރު ފޮޓޯ

ދަރުމަވަންތަ ހޮސްޕިޓަލްގައި ނަރުހަކު މަަސައްކަތް ކުރަނީ.-- މިހާރު ފޮޓޯ

އެ ޕްރޮގްރާމްގައި ލީޑަޝިޕް މޮޑިއުލެއްގެ އިތުރަށް ސިއްހީ ދާއިރާއިން ދިރާސާކުރުމާ ބެހޭ މޮޑިއުލެއް ވެސް ވަނީ ހިމަނައިފަ އެވެ. މިއީ ރާއްޖޭގައި ނާސިންގެ ދާއިރާއިން ޑިޒަޓޭޝަނެއް ހިމެނޭގޮތަށް ފަރުމާ ކޮށްފައިވާ ހަމައެކަނި މާސްޓާސް ޕްރޮގްރާމެވެ. މިއީ މި ދާއިރާއިން ޕީއެޗްޑީ ހެދުމުގެ ވިސްނުން ހުރި މީހުންނަށް ވެސް މުހިއްމު ޕްރޮގްރާއްމެއް ކަމަށް ވިލާ ކޮލުޖުން ބުންޏެވެ.

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކެމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ހިންގަން ރާވާފައިވަނީ އަތޮޅުތެރޭގައި މަސައްކަތް ކުރާ ނަރުހުންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ. މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގު ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ވިލާ ކޮލެޖުން އަންނަނީ މިހާރު ވެސް ޔޫވީގެ ބެޗްލާ އޮފް ނާސިންގެ ޓޮޕް އަޕް ޕްރޮގްރާމެއް ވެސް ހިންގަމުންނެވެ. މިހާތަނަށް 300 އަށް ވުރެ ގިނަ ދަރިވަރުން އެންރޯލް ވެފައިވާ އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗް މިހާރު ނިމި މި އަހަރު ވަނީ 22 ދަރިވަރުން ގްރެޖުއޭޓް ވެފައެވެ. މީގެ އިތުރުން ވިލާ ކޮލެޖުގައި ނާސިން ޑިޕްލޮމާ އަދި ފާމަސީ ޕްރޮގްރާމްތައް ވެސް އަންނަނީ ހިންގަމުންނެވެ.