19 އޯގަސްޓް 2022
މީގެ އަހަރުތަކެއް ކުރިން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަކީ ކޮންމެހެން ވެސް އޭ ލެވެލް ހަދާފައިވާ ދަރިވަރުންނަށް ވާން ޖެހެ އެވެ. އޯ ލެވެލްއަށް ފަހު ކިޔަވަން ބޭނުންވާ ވަކި ދާއިރާއެއް ހިޔާރު ކޮށްފައި އޮތް ނަމަވެސް، އޭ ލެވެލްއަށް ހޭދަވާ އަހަރުތަކުން "ޝޯޓްކަޓެއް" ނެގޭނެ ގޮތެއް ނޯވެ އެވެ. އެ މަންޒަރު ބަދަލުކޮށް، ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނީ ރާއްޖޭގެ ކޮލެޖުތަކުގައި ތައާރަފުކުރި ސެޓުފިކެޓު ލެވެލް 4 ގެ ކޯސްތަކާއި ފައުންޑޭޝަން ޕްރޮގްރާމުތަކެވެ.
މީގެ އަހަރުތަކެއް ކުރިން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަކީ ކޮންމެހެން ވެސް އޭ ލެވެލް ހަދާފައިވާ ދަރިވަރުންނަށް ވާން ޖެހެ އެވެ. އޯ ލެވެލްއަށް ފަހު ކިޔަވަން ބޭނުންވާ ވަކި ދާއިރާއެއް ހިޔާރު ކޮށްފައި އޮތް ނަމަވެސް، އޭ ލެވެލްއަށް ހޭދަވާ އަހަރުތަކުން "ޝޯޓްކަޓެއް" ނެގޭނެ ގޮތެއް ނޯވެ އެވެ. އެ މަންޒަރު ބަދަލުކޮށް، ދަރިވަރުންނަށް މަތީ ތައުލީމަށް ކިޔެވޭނެ ފުރުސަތު ފަހިކޮށްދިނީ ރާއްޖޭގެ ކޮލެޖުތަކުގައި ތައާރަފުކުރި ސެޓުފިކެޓު ލެވެލް 4 ގެ ކޯސްތަކާއި ފައުންޑޭޝަން ޕްރޮގްރާމުތަކެވެ.
ރާއްޖޭގެ ވާދަވެރި ގިނަ ކޮލެޖުތަކަކުން ފައުންޑޭޝަން ލެވަލްގެ ގިނަ ޕްރޮގްރާމުތަކެއް ހިންގަމުން ދާއިރު، މި ލެވެލްގެ ދަރިވަރުންނަށް އެންމެ ފައިދާހުރި ޕްރޮގުރާމުތައް ފަރުމާކޮށް ހިންގަމުން އަންނަނީ ވިލާ ކޮލެޖުންނެވެ. އެ ކޮލަޖަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ފުރަތަމަ ޑިގްރީ އާއި މާސްޓާސް ޕްރޮގުރާމުތައް ހެދެން ހުރި ކޮލެޖަށް ވާއިރު، އެ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމުތަކަކީ އެ ޑިގްރީތަކާ އެކަށީގެންވާ، ޑިގްރީ ޕްރޮގުރާމްތަކަށް ތައްޔާރު ކޮށްދޭނެ ސެޓްފިކެޓެކެވެ. ކޮންމެ ދާއިރާއަކުންވެސް އެ ދާއިރާއިން ސެޓްފިކެޓް 4 ނުވަތަ ފައުންޑޭޝަން ހެދުމަށްފަހު ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފަރުސަތު ވިލާ ކޮލެޖުގައި ވަނީ ފަހިވެފަވަ އެވެ.
Villa College - Certificate Level Programmes
Certificate programmes at Villa College provide a distinctive learning experience to participants through a combination of knowledge and practical skills that are highly valued and recognized by the particular industry.
ވިލާ ކޮލެޖުގެ ސެޓްފިކެޓު ލެވެލްގެ ޕްރޮގުރާމުތައް މި ވެބްސައިޓުން ބަލާލެވޭނެ. އަދި މި ވެބްސައިޓުން އޮންލައިން ކޮށް އެޕްލައި ވެސް ކުރެވޭނެ.
ވިލާ ކޮލެޖުގެ ކޮންމެ އިންޓޭކެއްގައި ވެސް ފައުންޑޭޝަން ސްޓަޑީޒްއަށް އެތައް އެޕްލިކޭޝަންތަކެއް ދަނީ ލިބެމުންނެވެ. އެ ޕްރޮގުރާމަށް އެޕްލައި ކުރެވޭނީ އޯލެވެލްގެ ތިން މާއްދާއިން ފާސްވާ ދަރިވަރުންނަށެވެ.
އެ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމްތަކާ ގުޅޭ ގޮތުން ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީސްގެ ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ، ފައުންޑޭޝަން ސެޓްފިކެޓު ހަދާ ގިނަ ދަރިވަރުން ހަމަ އެ ކޮލެޖުގެ ޑިގްރީ ޕްރޮގްރާމުގައި ނުވަތަ އެ ކޮލެޖުން ހިންގާ ޔުނިވާސިޓީ އޮފް ދަ ވެސްޓް އިންގެލެންޑް (ޔޫވީ) ގެ ޕްރޮގްރާމުތަކުގައި ބައިވެރިވާ ކަމަށެވެ. އަދި އެ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމްތައް ނިންމާފައިވާ ދަރިވަރުންނަށް ބޭރުގެ ޔުނިވަރސިޓީތަކުގެ ފުރަތަމަ ޑިގްރީއަށް ތަކަށްވެސް ވަދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ފައުންޑޭޝަން ކިޔަވައިގެން ޑިގްރީ ކޯސްތަކަށް ދާ ދަރިވަރުން ތިބެނީ ޔުނިވާސިޓީ ތައުލީމަށް އަހުލުވެރިވެފައި ކަމަށެވެ. އެހެން ކަމުން، ޔުނިވާސިޓީ ތައުލީމަށް ބޭނުންވާ ރިސާޗް ސްކިލްސް ފަދަ މުހިންމު ހުނަރުތައް ދަރިވަރުންނަށް ތިބެނީ ދަސްވެފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ކޮލެޖުގެ ފޭސްކުބްއިން ވެސް ކޯސްތަކުގެ މައުލޫމާތު ލިބޭނެ.
ވިލާ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގްރާމުތަކާއި ގުޅޭ ގޮތުން، އެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ އެކަޑެމިކް އެންޑް ސްޓޫޑަންޓްސް ޑރ. އަބްދުﷲ ސޯދިގު ވިދާޅުވީ، ކޮންމެ ދަރިވަރަކު ވެސް ފައުންޑޭޝަން ޕްރޮގްރާމު ހިޔާރު ކުރަނީ މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދާއިރާއިން ކަމަށެވެ. އަދި ވިލާ ކޮލެޖުގެ ފައުންޑޭޝަން ނިންމާ ބައެއް ދަރިވަރުން މެލޭޝިއާ، އޮސްޓްރޭލިއާ، ޔޫކޭ ފަދަ ގައުމުތަކުގެ ޔުނިވަރސިޓީވެސް ޑިގްރީ ޕްރޮގްރާމުތައް ވެސް ހަދަމުންދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ފައުންޑޭޝަން ޕްރޮގްރާމުތަކުން ޑިގްރީ އަށް ދަރިވަރުން ތަމްރީނު ކޮށްދޭ މިންވަރު އިތުރަށް ހާމަކުރައްވަމުން ޝަރީފް ވިދާޅުވީ، ފައުންޑޭޝަން ޕްރޮގްރާމަތްކުގެ އެސެސްމެންޓުތަކަކީ ވެސް ޔުނިވާސިޓީ ލެވެލްގައި ބޭނުންވާ ހުނަރުތައް ވަޒަން ކޮށް ޔަގީން ކުރެވޭނެ ފަދައިން ފަރުމާ ކޮށްފައިވާ އެއްޗެއް ކަމަށެވެ. އެގޮތުން އެގްޒާމްގެ އިތުރުން ދަރިވަރުންނަށް އެސައިންމެންޓާއި، ޕްރޮޖެކްޓާއި ޕްރެޒެންޓޭޝަން ވެސް ދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއިން ކޮންމެ ކަމަކީ ވެސް ޑިގްރީ ޕްރޮގުރާމުގައި ބޭނުންވާ ހުނަރު ތަރައްގީ ކޮށްދޭނެ ކަންތައްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލާ ކޮލެޖަކީ ވަރަށް ގިނަ ދާއިރާތަކަކުން ފައުންޑޭޝަނަށް ކިޔެވޭ ކޮލެޖެކެވެ. އެގޮތުން، ފައުންޑޭޝަން އިން އިންޖިނައަރިން، ޓީޗިން، ލޯ އަދި ސައިކޮލޮޖީ ވެސް އެ ކޮލެޖުން ކިޔެވެ އެވެ. މީގެ އިތުރުުން ޓުއަރިޒަމް އެންޑް ހޮޓެލް އޮޕަރޭޝަންސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި ހިއުމަން ރިސޯސްގެ ފައުންޑޭޝަން ސެޓްފިކެޓު ވެސް ހެދެއެވެ. އޭގެ އިތުރުން، ފައުންޑޭޝަން އިން އިންފޯމޭޝަން ޓެކްނޮލޮޖީ އާއި މަލްޓިމީޑިއާ ޓެކްނޮލޮޖީ އާއި މެރިން ސައިންސާއި، އެކައުންޓިން، ނާސިން އަދި ފާމަސީ ވެސް ކިޔެވެ އެވެ.
މިދިޔަ އަހަރު ވެސް ވިލާ ކޮލެޖުން މޮޅެތި ގިނަ ކުދިންތަކެއް ވަނީ ގްރެޖުއޭޓުވެފަ. ފޮޓޯ: މިހާރު
ވިލާ ކޮލެޖުގެ ފައުންޑޭޝަން ކޯސްތަކަކީ ކޮލެޖަށް ހާޒިރުވެ، ފޭސްޓު ފޭސްކޮށް ކިޔެވޭ ޕްރޮގްރާމެކެވެ. އަދި އެ ޕްރޮގްރާމު އޮންލައިންކޮށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް އޮންނަނީ ފަހި ކޮށްދީފަ އެވެ. ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަސްގެ އިތުރުން ސ. ހިތަދޫ، ލ. ގަން، އދ. މަހިބަދޫ، ޅ.ނައިވަރު އަދި ހދ. ކުޅުދުއްފުށީގައި ހުންނަ ކެމްޕަހުގައި ވެސް އެ ޕްރޮގްރާމްތައް އަންނަނީ ހިންގަމުންނެވެ.
ވިލާ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގުރާމު ނިންމާ، މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރެއް އޭނާގެ ތަޖުރިބާ ހިއްސާކޮށް ބުނީ ފައުންޑޭޝަން ކޯހުގައި އެކަޑްމިކް ރިފަރެންސިން، ގްރޫޕް އެސައިންމެންޓާއި އިންޑިވިޖުއަލް އެސައިންމަންޓު ހެދުން ފަދަ ގިނަ ކަންތައްތަކެއް ދަސްވިކަމަށެވެ. އެހެންކަމުން ޑިގްރީ ޕްރޮގްރާމުގައި އެ ކަންތައްތަކަކީ ވަރަށް ފަސޭހަކަމަކަށްވި ކަމަށް އޭނާ ބުންޏެވެ. އަދި ކިޔެވުމަށް ވިލާ ކޮލެޖު ހިޔާރު ކުރުމަކީ އެޅުނު ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ވެސް އޭނާ ފާހަގަ ކުރި އެވެ.
ވިލާ ކޮލެޖުގެ ފައުންޑޭޝަން ޕްރޮގުރާމަށް ކަނޑައަޅާފައިވާ ޝަރުތަކީ އޯލެވެލްގެ ތިން ފާސް އޮތުމެވެ. ތިން މާއްދާއިން ފާސްނުވާ ދަރިވަރުންނަށް ސެޓްފިކެޓު ލެވެލް 3 ގެ ސެޓްފިކެޓެއް ހެދުމަށް ފަހު ފައުންޑޭޝަން ޕްރޮގްރާމުގައި ބައިވެރިވެވޭނެ އެވެ. ވިލާ ކޮލެޖުން ހިންގާ ޕްރޮގްރާމްތަކަކީ މަހުން މަހަށް ބަހައިގެން ފީ ދެއްކޭ ކޯސްތަކެވެ.
މާލެ ސެޕްޓެމްބަރު 24، 2021: ވިލާ ކޮލެޖުގައި މިއަދު ބޭއްވި ގްރެޖުއޭޝަން ހަފުލާގެ ތެރެއިން .-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ވިލާ ކޮލެޖަށް ވަނުމުގެ ފުރުސަތު އަހަރަކު 3 ފަހަރު ހުޅުވާލެވެ އެވެ. މީގެން ކޮންމެ އިންޓޭކެއްގައި ވެސް 1000 އާއި 1500 ދެމެދުގެ ދަރިވަރުން އަލަށް އެކޮލެޖަށް ވަދެ އެވެ. މިހާރު އެ ކޮލެޖުން ތައްޔާރުވަމުން އަންނަނީ މިއަހަރުގެ ސެޕްޓެމްބަރ އިންޓޭކް ފެށުމަށެވެ. މި އިންޓޭކްގައި ވިލާ ކޮލެޖާއި ގުޅެން ބޭނުންވާ ދަރިވަރުންނަށް މިމަހުގެ 28 އާއި ހަމައަށް ފޯމް ހުށަހެޅޭނެ އެވެ.
ވިލާ ކޮލެޖުގެ ޕާޓްނާ ޔުނިވާސިޓީ އަކީ އިގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް (ޔޫވީ) އެވެ. އެއީ އެ ގައުމުގައި 21 ވަނައަށް ރޭންކުގައި އޮތް ޔުނިވާސިޓީ އެވެ. އަދި އެއީ އެ ގައުމުގެ ސަރުކާރުން ހަޔާ އެޑިއުކޭޝަން އިންސްޓިޓިއުޓްތައް ވަޒަން ކުރުމަށް ގެންގުޅޭ މިންގަނޑެއް ކަމަށްވާ "ޓީޗިން އެކްސެލެންސް ފްރޭމްވޯކްގެ" ގޯލްޑް ސްޓޭޓަސްގައި ގިންތި ކޮށްފައިވާ ޔުނިވާސިޓީއެކެވެ. ވިލާ ކޮލެޖުން މިހާރު ތައްޔާރުވަމުން އަންނަނީ މެލޭޝިއާގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ޓޭލާސް ޔުނިވާސިޓީގެ ޕްރޮގްރާމްތައް ފެށުމަށެވެ.
އިނގިރޭސި ވިލާތުގެ އެ ފަދަ ޔުނިވަސިޓީއެއްގެ ޕްރޮގުރާމުތައް ރާއްޖޭގައި ތިބެ ފުރިހަމަ ކުރަން ލިބުމަކީ ވިލާ ކޮލެޖުން މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ފަހި ކޮށްދީފައިވާ ރަނުގެ ފުރުސަތެކެވެ.
ނޯޓު: މިއީ ވިލާ ކޮލެޖުގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
ވިލާ ކޮލެޖުން ޝަރުއީ ކޯސްތައް އޮންލައިންކޮށް ކިޔެވޭނެ
އޭ ލެވެލްއާ ނުލައި މަތީތައުލީމަށް ދެވިދާނެތަ؟
ޔޫކޭގެ މާސްޓާސް ޕްރޮގްރާމެއް ނާސިންގެ ދާއިރާއިން
2020 ގައި ވިލާ ކޮލެޖުން ސައިކޮލޮޖީ ޑިގްރީ ފަށަނީ!
ވިލާ ކޮލެޖްގެ ދިރާސާއާ ބެހޭ ކޮންފަރެންސް މާދަމާ ފަށަނީ
ވިލާ ކޮލެޖުގެ ޔޫވީ ކޯސްތަކުގެ ތަރުހީބު ބޮޑު ވަނީ
ވިލާ ކޮލެޖު: ފައުންޑޭޝަން ޕްރޮގްރާމްތަކަށް ވެސް ހާއްސަ
އޭސީސީއޭގެ ދާއިރާއިން ވިލާ ކޮލެޖަށް ބޮޑު ކުރިއެރުމެއް
ވިލާ ކޮލެޖް: ޔުނިވާސިޓީއަކަށް ވުމަށް މިސްރާބު ހިފާފައި
ރިއަލް އެސްޓޭޓްގައި އިންވެސްޓް ކުރުމުގެ ފުރުސަތު