12 މާޗް 2024
ޔޫރޯ މާކެޓިންއިން ޕްރައިވެޓް ޕްލޭސްމަންޓުގައި ލިސްޓް ކުރި ބޮންޑުގެ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮންޑުގެ އިންވެސްޓަރުންނަށް ދޫކޮށްފި އެވެ.
ޔޫރޯ މާކެޓިންއިން ޕްރައިވެޓް ޕްލޭސްމަންޓުގައި ލިސްޓް ކުރި ބޮންޑުގެ ފުރަތަމަ ޕޭމަންޓުގެ ގޮތުގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާ ބޮންޑުގެ އިންވެސްޓަރުންނަށް ދޫކޮށްފި އެވެ.
ޔޫރޯ މާކެޓިންގެ ބޮންޑަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރައިވެޓް ޕްލޭސްމަންޓުގައި ލިސްޓު ކުރި ބޮންޑެވެ. ޔޫރޯ މާކެޓިންއިން ލިސްޓު ކުރި ހަތަރު އަހަރުގެ ކޮންވެންޝަނަލް އެމޯޓައިޒްޑް ބޮންޑުގެ ސަބްސްކްރިޕްޝަން ބަންދު ކުރީ މިދިޔަ އަހަރުގެ މާޗު މަހުގެ ފަސް ވަނަ ދުވަހު އެވެ. އަދި މި ބޮންޑުގައި އިންވެސްޓު ކުރި ފަރާތްތަކަށް އިންޓްރެސްޓް އާއި ޕްރިންސިޕަލް ޕޭމަންޓު ހަތަރު އަހަރު ވަންދެން އަހަރަކު އެއް ފަހަރު ލިބޭނެ އެވެ.
ޔޫރޯ މާކެޓިން އިން ވިއްކަން ހުޅުވާލީ ހަތަރު އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް، 25 މިލިއަން ރުފިޔާގެ ބޮންޑެކެވެ. މި ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 7.5 ޕަސެންޓެވެ. މިއީ ރާއްޖޭގެ ގިނަ ބޭންކްތަކުން ލޯނެއް ނެގުމަށް ވުރެ ކުޑަ އިންޓްރެސްޓް ރޭޓެކެވެ. ރާއްޖޭގައި ބޭންކްތަކުގެ އިންޓްރެސްޓް ރޭޓުތައް އެވްރެޖުކޮށް އުޅެނީ 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގަ އެވެ.
ޔޫރޯ މާކެޓިންއިން މާލީ ބާޒާރަށް ނެރުމުގެ މަސައްކަތުގައި ލީޑް އެރޭންޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ މާލީ ބާޒާރުގައި މި ފަދަ ބޮންޑު ސްޓަކްޗާކުރުމުގައި ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށްވާ ފަސްޓު ނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އެވެ. ފަސްޓު ނޭޝަނަލް އިން މިހާރު ވަނީ އައިކެއާ ޕްރައިވެޓް ލިމިޓެޑުގެ ފުރަތަމަ ސުކޫކު މާކެޓަށް ނެރެ ވިޔަނަ ޕްލެޓްފޯމްގައި ސަބްސްކްރިޕްޝަނަށް ހުޅުވާލައިފަ އެވެ.
މި ސުކޫކުގައި އިންވެސްޓު ކުރުމުގެ މައުލޫމާތު އަދި ޕްރޮސްޕެކްޓަސް ވިޔަނަ ވެބްސައިޓުން ލިބޭނެ އެވެ.
ފަސްޓް ނޭޝަނަލްއަށް ރިއަލް އެސްޓޭޓް ފަންޑް ލައިސެންސް
އެޕަލްގެ އަގު ތިން ޓްރިލިއަން ޑޮލަރަށް
ކިޗަންވެއާއަށް ހާއްސަ ފްރޭންކީ އާއި ފެބާގެ ޝޯރޫމެއް
އެފްއެޗްއޭއެމްގައި އެންމެ މޮޅު ބަރިސްތާ ހޮވައިފި
ޔޫރޯ މާކެޓިންގެ ބޮންޑު: އަނެއްކާ ވެސް އާ ރެކޯޑެއް!
ޔޫރޯގެ 25 މިލިއަންގެ ބޮންޑު ދެ މަސްތެރޭ ވިކިއްޖެ
ޔޫރޯ ސްޓޯރުން މޮޅަށް ސްކޯ ދިމާކުރި ބައިވެރިން ހޮވައިފި
އަމިއްލަ ކުންފުންޏަކުން ފުރަތަމަ ބޮންޑު އިޝޫކޮށްފި
އިންޑިއާގެ "ވޮރެން ބަފެޓް" މަރުވެއްޖެ
ލިސްޓެޑް ކުންފުނިތަކުގެ ހިއްސާ ގަނެގެން އިންވެސްޓަރުންނަށް ފައިދާ ވާނެ