އޮގްމަންޓެޑް ރިއަލިޓީ ބޭނުން ކޮށްގެން އެޕަލްއިން އުފެއްދި އާ ޕްރޮޑަކްޓާ އެކު ހިއްސާގެ ބާޒާރުގައި ލިބުނު ކުރިއެރުމާ އެކު ކުންފުނީގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.
02 ޖުލައި 2023
އޮގްމަންޓެޑް ރިއަލިޓީ ބޭނުން ކޮށްގެން އެޕަލްއިން އުފެއްދި އާ ޕްރޮޑަކްޓާ އެކު ހިއްސާގެ ބާޒާރުގައި ލިބުނު ކުރިއެރުމާ އެކު ކުންފުނީގެ އަގު ތިން ޓްރިލިއަން ޑޮލަރަށް އަރައިފި އެވެ.
ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ އެންމެ މަގްބޫލު އެޕަލްގެ އަގު ތިން ޓްރިލިއަނަށް އެރީ މިދިޔަ ހުކުރު ދުވަހު އެވެ.
މިދިޔަ ޖޫން މަހު އެޕަލްއިން ވަނީ އެ ކުންފުނީގެ އާ ޕްރޮޑަކްޓު ދައްކާލައިފަ އެވެ. އެޕަލްގެ އާ ޕްރޮޑަކްޓު، "ވިޝަން ޕްރޯ" އަކީ އޭއާރު ހެޑްސެޓެކެވެ. އަންނަ އަހަރުގެ ކުރީކޮޅު މާކެޓަށް ނެރުމަށް ހަމަޖެހިފައިވާ މި ހެޑްސެޓުގެ އަގު ގާތްގަނޑަކަށް 3،500 ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
މި އަހަރުގެ މިހާތަނަށް އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 46 ޕަސެންޓަށް އިތުރުވެފަ އެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް 100 ބިލިއަން ޑޮލަރުގެ ފައިދާ ވަނީ ވެފަ އެވެ. މިއީ ދުނިޔޭގައި މި ވަގުތު އެންމެ ބޮޑު ފައިދާއެއް ލިބޭ ކުންފުންޏެވެ.
އެޕަލް ވެއްޓިއްޖެ، މައިކްރޮސޮފްޓް އެކަކަށް އަރައިފި
އެޕަލްގެ އެންމެ ތުނި އަދި އެންމެ ވަރުގަދަ ފޯނު ނެރެފި
އޮރެންޖާއި އާފަލުގެ ބޮޑުއަގު ޑޮލަރާ ގުޅެނީ ކިހާވަރަކަށް
ފެޑޯއިން 55 މިލިއަން ރުފިޔާގެ ބޮންޑް ވިއްކަނީ
އާފަލެއްގެ އަގު 10ރ. އިން މައްޗަށް
އެޕަލް ގަޑިއަށް އީސިމް ހިދުމަތް ދޭ ލިސްޓަށް ރާއްޖެ
ކޮންމެ 5 އައިފޯނަކުން 1 ފޯނު ހަދަނީ އިންޑިއާގައި
ޓީ-މޮބައިލް ނެޓްވޯކުގައި އައިފޯނަށް ސްޓާލިންކް ހިދުމަތް
އައިފޯނަށް ބީބީސީގެ ނަމުގައި އޭއައިގެ ފޭކް ނިއުސްއެއް
ފަސްޓް ނޭޝަނަލްއަށް ރިއަލް އެސްޓޭޓް ފަންޑް ލައިސެންސް