އެޕަލްގެ އައިއޯއެސް 18.3 އަށް އަޕްޑޭޓްކުރުމުން އައިފޯނަށް ސްޓާލިންކް ސަޕޯޓް ލިބޭ ގޮތް ހެދުމަށް ސްޕޭސް އެކްސް އާއި ޓީ-މޮބައިލް ޔޫއެސް އާ އެކު އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ބްލޫމްބާގު ނޫހުން ބުނެފި އެވެ.
އެޕަލްގެ އައިއޯއެސް 18.3 އަށް އަޕްޑޭޓްކުރުމުން އައިފޯނަށް ސްޓާލިންކް ސަޕޯޓް ލިބޭ ގޮތް ހެދުމަށް ސްޕޭސް އެކްސް އާއި ޓީ-މޮބައިލް ޔޫއެސް އާ އެކު އެޕަލް އިން މަސައްކަތްކުރަމުން އަންނަ ކަމަށް ބްލޫމްބާގު ނޫހުން ބުނެފި އެވެ.
ޓީ-މޮބައިލް އިން މިދިޔަ އަހަރު ޑިސެމްބަރުުގައި ވަނީ، ސްޕޭސް އެކްސްއާ ގުޅިގެން ސްޓާލިންކް ކަނެކްޓިވިޓީއަށް ބީޓާ ޕްރޮގްރާމެއް ފަށައިފަ އެވެ. ނަމަވެސް އެ ކުންފުނިން ސްޓާލިންކް ސަޕޯޓް އެންމެ ފުރަތަމަ ދިނީ ސެމްސަންގް ފޯނުތަކުގައި އެކަންޏެވެ. މިހާރު އައިފޯނަށް ވެސް މިކަން ވަނީ ފުޅާކުރީ އެވެ.
މި ހިދުމަތް އަދިވެސް ލިބެނީ، ވަރަށް ލިމިޓެޑް، ބީޓާއެއްގެ ގޮތުގަ އެވެ. ބީޓާ ބޭނުންކުރާ އައިފޯންތައް ގެންގުޅޭ ޓީ-މޮބައިލް ނެޓްވޯކްގެ މީހުންނަށް ސްޓާލިންކް ކަނެކްޓިވިޓީ ހޯދަން ބޭނުން ނަމަ އައިއޯއެސް 18.3 އަށް އަޕްޑޭޓް ކުރުމަށް ބުނާ މެސެޖެއް މިހާރު ވަނީ ފޮނުވައިފަ އެވެ.
އެޕަލްގެ އިމަޖެންސީ އެސްއޯއެސް ފީޗާ މެދުވެރިކޮށް ސެޓެލައިޓް ކަނެކްޓިވިޓީ ބޭނުންކުރުމުގެ ފުރުސަތު، އެ ހިދުމަތް ލިބޭ ތަންތަނުގައި، އެޕަލް އައިފޯން ބޭނުންކުރާ މީހުންނަށް މިހާރު ވެސް އޮވެ އެވެ. ނަމަވެސް އެ ފީޗާ އަކީ ހަމައެކަނި އިމަޖެންސީ ޑޭޓާތަކެއް ފޮނުވޭނެ ފީޗާއެކެވެ. އަދި އެ ފީޗާ ބޭނުންކުރަން ފޯނަށް ސާފުކޮށް އުޑުމަތި ފެންނަ ގޮތަށް ހަދަން ޖެހެ އެވެ.
އެކަމަކު މުޅި ދުނިޔެއަށް، ސެޓެލައިޓް މެދުވެރިކޮށް އިންޓަނެޓް ދޭ ސްޓާލިންކް ކަނެކްޓިވިޓީ ތަފާތެވެ. ސްޓާލިންކް ކަނެކްޓިވިޓޯ ހޯދަން ފޯނު މައްޗަށް އުފުލާކަށް ނުޖެހޭނެ އެވެ. ޑިވައިސް ޖީބުގައި އޮތަސް އެހެން މޮބައިލް ނެޓްވޯކްތަކެކޭ އެއްގޮތަށް މަސައްކަތްކުރާނެ އެވެ. ނަމަވެސް މި ހިދުމަތުގެ ފުރަތަމަ ވާޝަންގައި ސްޓާލިންކް މެދުވެރިކޮށް ވެސް ލިބޭނީ ހަމައެކަނި މެސެޖު ކުރުމުގެ ހިދުމަތެވެ.
ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް މި ހިދުމަތާ ގުޅިގެން ބުނެފައިވަނީ "މީޑިއަމް ރިޒޮލިއުޝަން އިމޭޖަސް، މިއުޒިކް އަދި އޯޑިއޯ ޕޮޑްކާސްޓްތައް، ސްޓާލިންކް ޑައިރެކްޓް ޓު ފޯން ކޮންސްޓަލޭޝަންގެ މިހާރުގެ ޖެނެރޭޝަންގައި މަސައްކަތްކުރާނެ" ކަމަށެވެ. އަދި ދެން އަންނަ ޖެނެރޭޝަން ސްޓާލިންކް ކޮންސްޓަލޭޝަންއިން "މީޑިއަމް ރިޒޮލިއުޝަން" ވީޑިއޯ ކޯލް ކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ބްލޫމްބާގްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި ފީޗާ އައިފޯންގެ ފަހުގެ ގިނަ މޮޑެލްތަކަށް ލިބޭނެ ކަމަށެވެ. އަދި މި އަހަރުގެ ފަހުކޮޅު އެޕަލްގެ އަލްޓްރާ ސްމާޓްވޮޗަށް ވެސް މި ހިދުމަތް ދޭނެ ކަމަށް ބުނެފައިވެ އެވެ.
ކޮންމެ 5 އައިފޯނަކުން 1 ފޯނު ހަދަނީ އިންޑިއާގައި
އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
އައިފޯން 16 ބެސްޓްބައި މޯބައިލްގެ ޑިސްޕްލޭއަށް
އައިފޯން 16ގެ ޕްރީ އޯޑަރަށް އުރީދޫން މިރޭ ހުޅުވާލަނީ
އެޕަލް އައިފޯނާއި ގަޑި އަދި އެއާޕޮޑްސް ދައްކާލައިފި
އައިއޯއެސް 18 ގައި ކޯލް ރެކޯޑް ކުރެވޭނެ
އައިފޯން 15 ހޫނުވާ ސަބަބު އެޕަލް އިން ކިޔައިދީފި
އައިފޯން 15: ޓައިޓޭނިއަމް ޑިޒައިނާ އެކު ބަދަލުތަކެއް
އައިފޯން ނެރޭ އިވެންޓް އަންނަ މަހު 12 ގައި
25 މީޓަރު އަޑިން ނެގި ފޯނު، ރާއްޖެއިން ސިންގަޕޫރަށް