Roadha Mihaaru
އައިއޯއެސް 18 ގައި ކޯލް ރެކޯޑް ކުރެވޭނެ

އައިއޯއެސް 18 ގައި ކޯލް ރެކޯޑް ކުރެވޭނެ

14 ޖޫން 2024

އެޕަލްގެ އައިއޯއެސް 18 ގައި ކޯލް ރެކޯޑިން އާއި ޓްރާންސްކްރިޕްޝަން ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

އެޕަލްގެ އައިއޯއެސް 18 ގައި ކޯލް ރެކޯޑިން އާއި ޓްރާންސްކްރިޕްޝަން ތައާރަފްކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެޕަލް އިން ބުނި ގޮތުގައި، މި އަޕްޑޭޓުގެ ސަބަބުން ކޯލް ލިބޭ މީހާ އަށް ވެސް އޭނާގެ ކޯލް ރެކޯޑް ކުރެވެމުންދާކަން އެނގޭނެ އެވެ.

މި ފީޗާގެ ސަބަބުން ކޯލްތައް ސީދާ ފޯން އެޕް އިން ރެކޯޑްކޮށް، ޓްރާންސްކްރިޕްޓް ކުރެވޭނެ އެވެ. މީގެ ކުރިން އައިފޯން އިން ކުރާ ކޯލްތައް ރިކޯޑް ކުރެވެނީ އެކަމަށް ހާއްސަ އެޕްތައް ފޯނަށް އިންސްޓޯލްކޮށްގެންނެވެ. އަދި އެ އެޕްތައް ބޭނުންކުރަން ސަބްސްކްރިޕްޝަން ފީއެއް ވެސް ދައްކަން ޖެހެ އެވެ.

މުޅި ކޯލް ރެކޯޑިން އެއްކޮށް އަލުން އަޑު ނާހައި ކޯލްގެ މުހިންމު ނުކުތާތައް ބަލައިލެވޭނެ ގޮތް ވެސް މި ފީޗާގައި ހިމަނާފައިވެ އެވެ.

ޓްރާންސްކްރިޕްޝަން ފީޗާ އިން އިނގިރޭސި، ސްޕެނިޝް، ފްރެންޗް، ޖާމަން، ޖަޕަނީޒް، މެންޑަރިން، ކެންޓޯނީޒް އަދި ޕޯޗުގީޒް ބަސް ސްޕޯޓުކުރާނެ ކަމަށް އެޕަލް އިން ބުނެފައިވެ އެވެ. އަދި މި ފީޗާގެ ސަބަބުން އެޕަލް ގެންގުޅޭ ގިނަ ބަޔަކަށް އޭގެން ފަސޭހަވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަޕްޑޭޓް ފޯނުތަކަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ މި އަަހަރުގެ ސެޕްޓެމްބަރު މަހުގެ މެދުތެރޭގަ އެވެ.

އެޕަލް އިން ބުނެފައިވާ ގޮތުގައި، އެ ކުންފުނިން ވަނީ އޯޑިއޯ އާއި ޓްރާންސްކްރިޕްޝަން ކެޕޭސިޓީ ނޯޓްސް އެޕް އަށް ފުޅާކުރުމަށް ރާވައިފަ އެވެ. އެއީ އައިފޯން 12 އާއި ފަހުގެ މޮޑެލްތަކުގެ ފޯނުތަކަށެވެ.