19 ސެޕްޓެމްބަރ 2024
އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް އުރީދޫ މެދުވެރިކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިރޭ އެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.
އެފަލްއިން އެންމެ ފަހުން ނެރުނު އައިފޯން 16 ސީރީޒްގެ ފޯނުތައް އުރީދޫ މެދުވެރިކޮށް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިރޭ އެ ފުރުސަތު ހުޅުވާލާނެ ކަމަށް އުރީދޫ އިން ބުނެފި އެވެ.
އުރީދޫ އިން ބުނީ ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލާނީ މިރޭ 12 ޖަހާއިރު ކަމަށެވެ. އެ ކުންފުނިން އެކަމަށް ހާއްސަކޮށް އުރީދޫގެ ވެބްސައިޓުގައި ކައުންޓްޑައުނެއް ވެސް ފަށައިފަ އެވެ. އަދި ޕްރީ އޯޑަރު ނަގަން ފެށުމުން އެ ކުންފުނިން އައިފޯނަށް ހާއްސަކޮށް ހުރި އޮފާތަކުގެ ތަފްސީލު ހިއްސާކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
މި މަހުގެ 9 ވަނަ ދުވަހު ލޯންޗުކުރި އާ އައިފޯން 16 އަކީ އާ އޭ18 ޗިޕް ހިމެނޭ ފޯނެކެވެ. މި ފަހަރު އެންމެ ބޮޑު އެއް އަޕްގްރޭޑްގެ ގޮތުގައި އެޕަލްއިން ފާހަގަ ކުރަނީ ކެމެރާ ކޮންޓްރޯލްގެ އާ ފީޗާއެއްގެ ގޮތުގައި ތައާރަފްކޮށްފައިވާ އެކްޝަން ބަޓަނެވެ. އަދި މި މޮޑެލްތަކަކީ ބެޓެރި ލައިފް ކުރީގެ މޮޑެލްތަކަށް ވުރެ ރަނގަޅު ފޯނުތަކެއްގެ ގޮތުގައި ވެސް އެޕަލްއިން ފާހަގަކުރެ އެވެ.
މި ފަހަރު އައިފޯން 16 އާއި އައިފޯން 16 ޕްލަސްގެ މޮޑެލްތައް ނެރެފައި ވަނީ ކަަޅާއި ހުދާއި ފިޔާތޮށި އަދި ޓީލް އަދި އަލްޓްރާމެރިން ކުލައިންނެވެ. އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސް ފޯނުތައް ނެރެފައި ވަނީ ކަޅާއި ޓައިޓޭނިއަމާއި ވައިޓް ޓައިޓޭނިއަމްގެ އިތުރުން ނެޗުރަލް ޓައިޓޭނިއަމް އަދި ޑެޒާޓް ޓައިޓޭނިއަމް ކުލައިންނެވެ.
އުރީދޫ އަކީ އަލަށް ނެރޭ އެކި ބްރޭންޑުތަކުގެ ފޯނުތައް ދިވެހިންނާ ހަމައަށް ގެނެސްދޭ ކުންފުންޏެކެވެ. އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ދިވެހިންނާ ހަމައަށް ގެނެސް ދިނުމަށެވެ.
އައިފޯނު 16 ޕްރީއޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި
އަގުހެޔޮ އައިފޯން އެސްއީ އުރީދޫ މޫލީން މިހާރު ލިބޭނެ
ދިރާގާއި އުރީދޫގެ އައިފޯން ސްޓޮކް ހުސްވެއްޖެ
އުރީދޫން އައިފޯން 10ގެ ޕްރީ އޯޑަރު ނަގަން ފަށަނީ
އައިފޯން 7 ރާއްޖޭގައި ނެރެފި، ކިއޫ ވެސް ދަމާލައިފި
އައިފޯން 16 ބެސްޓްބައި މޯބައިލްގެ ޑިސްޕްލޭއަށް
އެޕަލް އައިފޯނާއި ގަޑި އަދި އެއާޕޮޑްސް ދައްކާލައިފި
އައިއޯއެސް 18 ގައި ކޯލް ރެކޯޑް ކުރެވޭނެ
އައިފޯން 15 ހޫނުވާ ސަބަބު އެޕަލް އިން ކިޔައިދީފި
މޫލީއިން އައިފޯން އޯޑަރު ކުރި ކަސްޓަމަރުންނަށް ފޯނު ދީފި